ކައުންސިލްތަކަށް ލޯން ނެގޭގޮތަށް ގެނައި އިސްލާހު ތަސްދީގުކުރައްވައިފި

ލޯކަލް ކައުންސިލްތަކުން ޒިންމާވާ ގޮތަށް ލޯން ނެގޭނެހެން މާލިއްޔަތުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ. މި ބިލަކީ، މި އަހަރުގެ ނޮވެންބަރު 29 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ޤާނޫނަށް ގެނައި އިސްްލާހްތަކުގެ ތެރޭގައި ހުއްދައޮތް ލޯނަކަށް މެނުވީ ދައުލަތުގެ ފައިސާ ދޫނުކުރުމުގައި އަަމަލުކުރަންވީ އުސާލަށް […]
ނަޒާކީ ޒަކީ ޕީޕީއެމްއަށް: ޒަކީ ވިދާޅުވީ ގައުމު ހަލާކުކޮށް ނުލާށޭ!

”ދޮގާއި މަކާރާއި ހީލަތް ހަދައިގެން ރައްޔިތުންނަށް އޮޅުވާ ނުލާ! ގައުމު ހަލާކުކޮށް ނުލާ!“ އާދީއްތަ ދުވަހުގެ ރޭ ޕީޕީއެމްއާ ގުޅިވަޑައިގަތުމުގެ ކުރިން ސިޔާސީ ގޮތުންވެސް އެންމެން ދެނެފަރިތަ މަޝްހޫރު ވިޔަފާރިވެރިޔާ ނަޒާކީ ޒަކީ ވިދާޅުވިއެވެ. ”މިއީ ރައީސް ޔާމީނާ ގުޅިގެން މި ގައުމު ސަލާމަތް ކުރަންވީ ވަގުތު. ގައުމަށް ޓަކައި އެބޭފުޅަކަށް ކުރެއްވުނު ހެއު ކަމެއް ކުރައްވާ! އަޅުގަނޑުމެންގެ ގައުމު ހަލާކުކޮށްނުލައްވާ!“ ޒަކީ އަކީ ރާއްޖޭގައި ޑިމޮކްރެސީ ގެނެވުމަށް ކުރި ދަތުރުގައި ޢުމުރުގެ ޖަލު ޙުކުމެއް ލިބި […]
ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް މުއްދަތު އިތުރު ކުރުމަށް މަޝްވަރާކުރަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްތައް ނިންމުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް މަޝްވަރާ ކުރަމުންދާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ. އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ދީފައިވާ މުއްދަތު މި މަހުގެ ނިޔަލަށް ހަމާވާނެ ކަމަށާ ނަމަވެސް ތަކެތި ލިބުން ދަތިވުމާއި އަދި އެކި ކަހަލަ ސަބަބުތަކާހެދި ފްލެޓްތައް ލިބުނު ގިނަ އަދެއްދެއްގެ ބަޔަކަށް ފްލެޓްގެ ފިނިޝިން ނިމިފައި ނުވާކަމަށެވެ . އަދި ފްލެޓްތަކުގެ ފިނިޝިން ނިންމުމަށް އިތުރު […]
ރިޔާސީ އިންތިހާބާ ގުޅިގެން އާންމު ވެފައިވާ ރިޕޯޓަކީ ސައްހަ ރިޕޯޓެއްނޫން: ފުލުހުން

2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކާއި އެ މައްސަލަތަކުގެ ތަހުގީގު ނިމިފައިވާ ކަމަށްބުނެ އާންމުކޮށްގެން އުޅޭ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ނޫންކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ފުލުހުންގެ ތަހުގީގީ ރިޕޯޓެއް ކަމަށް ބުނެ އާންމުކޮށްފައިވާ ލިޔުންތަކަކީ ފުލުހުންގެ ހިދުމަތުގެ ލިޔުމެއް ކަމަށް ދެއްކުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ސައްހަ ނޫން ލިޔުމެއް ކަމަށެވެ. މި ލިޔުންތަކުގައި ބޭނުންކޮށްފައިވާ ފޯމެޓާއި […]
އިނގިރޭސި ވިލާތަށް ނުރައްކާ: އޮމިކްރޯންގެ ސުނާމީއެއް

އިނގިރޭސިވިލާތުގައި ކޮރޯނާ ވައިރަސްގެ އާ ވައްތަރެއްކަމަށްވާ އޮމިކްރޯން ފުޅާ ދާއިރާއެއްގައި ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ސައިންސްވެރިން މަކާބެހޭ އިދާރާތަކުގައި އެދެމުން އެބަގެންދެއެވެ. ސައިންސްވެރިން ބުނާ ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިނގިރޭސިވިލާތުގައި ވަރުގަދަ ނުކުރެވިއްޖެނަމަ ޖެނުއަރީ މަހުގެ ތެރޭގައި އެގައުމުގައި ކޮރޯނާ ވައިރަހުގެ އައު ރާޅެއް އުފެދިގެން ދާނެއެވެ. އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓްރީގެ އިސްބޭފުޅަކު ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ 30 ޕަސެންޓަކީ އޮމިކްރޯންގެ ވައްތަރެވެ. ސިއްހީ ދާއިރާއިން ހާމަކުރާ ގޮތުގައި […]
2018 އިންތިހާބު އޮޅުވާލައިފައި ނުވާނެ ކަމަށް ވިދާޅުވެ ހުވާކުރައްވައިފި

2018ވަނަ އަހަރުގައި ބޭއްވި ރިޔާސީ އިންތިހާބު އޮޅުވައި ލައިފައި ނުވާނެކަމަށް ވިދާޅުވެ އިލެކްޝަން ކޮމިޝަނުގެ ކުރީގެ ނާއިބުރައީސް އަހުމަދު އަކްރަމް މިއަދު ﷲގަންދީ ހުވާކުރައްވައިފިއެވެ. ރިޔާސީ އިންތިހާބު އޮޅުވައި ނުލާކަމަށް ﷲގަންދީ ހުވާކުރައްވައި އަކްރަމް ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބުގެ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށްދިނީ ރައްޔިތުން ވޯޓުލާފައިވާ ގޮތަށް އެއްވެސް ބަދަލުކުރުމަކާ ނުލައި ކަމަށެވެ. ”އަނެއްކާވެސް 2018 ގެ ރިޔާސީ އިންތިހާބުގެ ވާހަކަތަކެވެ. ﷲ ގަންދީ ބުނަމެވެ. އެ އިންތިހާބުގެ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށްދިނީ ބަދަލުކުރުމަކާއިނުލާ، ރައްޔިތުން […]
މައްޗަންގޯޅި އަވަށު އޮފީސް ފަޅާލައި ވައްކަން ކޮށްފި

މައްޗަން ގޯޅި އަވަށު އޮފީސް ފަޅާލައި އެ އޮފީހުން ވައްކަން ކޮށްފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އޮފީސް ފަޅާލައި ރޭގެ ވަގުތެއްގައި ބަޔަކު ވަދެ ވަނީ އެ އޮފީހުން ފައިސާ ވަގަށް ގެންގޮސްފައެވެ. ނަމވެސް މި ފައިސާ އާއި ބެހޭ ތަފްސީލެއް އަދި ލިބިފައި ނުވެއެވެ. ފުލުހުން ބުނީ މައްޗަންގޯޅީ އަވަށު އޮފީސް ފަޅައި ލުމާއި ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި ވައްކަމާއި ގުޅިގެން ފުލުހުން […]
އިނގިރޭސިވިލާތުން މަސްތުވާތަކެއްޗާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފި

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު، ބޮރިސް ޖޯންސަންގެ އިސްނެންގެވުމުގެ ދަށުން އެ ގައުމުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި މަސްތުވާތަކެތި ވިއްކުމުގެ މަސައްކަތް ކުރާ މީހުން ހުއްޓުވުމަށް ދާދިފަހުން ވަނީ ވަރުގަދަ ކެމްޕޭނެއް ފަށާފައެވެ. މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރުމުގެ މަގުސަދުގައި ކުރެވޭ ހަނގުރާމައެއްގެ ގޮތުގައި ބޮޑުވަޒީރު ބޮރިސް ވަނީ މި މަޝްރޫޢު ސިފަކުރައްވާފައެވެ. މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 400 މިލިއަން ޔޫއެސް ޑޮލަރު ހަރަދު ކުރަން ސަރުކާރުން ވަނީ ނިންމަވާފައެވެ. މި މަޝްރޫޢު ދަށުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ […]
”އިންޑިއާ އައުޓް“: ނަތީޖާ ފެންނަން ދުވަސްތަކެއް ނަގާނެ

ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިޔާގެ ނުފޫޒު ވައްދަން ކުރާ މަސައްކަތްތައް އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. މިވާހަކަތައް ދިވެހި މުޖުތަމަޢުގައި އަންނަނީ ގުގުމަމުންނެވެ. އެ އަޑުތަކުން ކޯލިޝަން ސަރުކާރަށް ވެސް ދަނީ ގުޑުން އަރަމުންނެވެ. މިކަމާގުޅިގެން ގައުމުގެ ހަލަބޮލިކަން އަންނަނީ އިތުރުވަމުންނެވެ. މި އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިވެހިންވަނީ އިންޑިޔާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލައި ބޮޑެތި މުޒާހަރާތަކެއް ބާއްވާފައެވެ. މާލޭ ސިޓީގެ އިތުރުން ފުވަމުލަކު […]
ހުވާކުރުމަށްފަހު އެމީހުން ކަންތައް ކުރަނީ ގައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލިގެންދާގޮތަށް: ލަންދޫ އިބްރާހިމް

ތިރީގައި އެވަނީ، ކްލަބް ހައުސްގައި ”ލަންދޫ އިބްރާހީމް“ ދައްކަވާފައިވާ ވާހަކަފުޅުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިއުމެކެވެ. އޭނާގެ ވާހަކަފުޅު ބިނާވެފައި ވަނީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ކުރެވިފައިވާ ޢަސްކަރީ އެއްބަސްވުމުގެ މައްޗަށެވެ. ”އަޅުގަނޑުމެން މިއުޅެނީ ޒާތީ ސަޢައްޞުބުން އެއްކިބާވެ ތިބެ މި ގައުމުގައި ގައުމެއްގެ ސިފަ ޖެއްސޭތޯ. އާދެ! އަޅުގަނޑުމެން މި ކުރި މަސައްކަތުން އަޅުގަނޑުމެންނަށް މި ވަނީ ވަރަށް ބޮޑު ކުރިއެރުމެއް މިހިސާބަށް އައިއިރު ހޯދިފައި. އަޅުގަނޑުމެން މަސައްކަތް ކުރީ އެކަކުގެ ކިބައިން އަނެކަކު […]
