ނަޒާކީ ޒަކީ ޕީޕީއެމްއަށް: ޒަކީ ވިދާޅުވީ ގައުމު ހަލާކުކޮށް ނުލާށޭ!

Loading

Facebook
Twitter
WhatsApp
Maldives Dhivehi News

”ދޮގާއި މަކާރާއި ހީލަތް ހަދައިގެން ރައްޔިތުންނަށް އޮޅުވާ ނުލާ! ގައުމު ހަލާކުކޮށް ނުލާ!“ އާދީއްތަ ދުވަހުގެ ރޭ ޕީޕީއެމްއާ ގުޅިވަޑައިގަތުމުގެ ކުރިން ސިޔާސީ ގޮތުންވެސް އެންމެން ދެނެފަރިތަ މަޝްހޫރު ވިޔަފާރިވެރިޔާ ނަޒާކީ ޒަކީ ވިދާޅުވިއެވެ. ”މިއީ ރައީސް ޔާމީނާ ގުޅިގެން މި ގައުމު ސަލާމަތް ކުރަންވީ ވަގުތު. ގައުމަށް ޓަކައި އެބޭފުޅަކަށް ކުރެއްވުނު ހެއު ކަމެއް ކުރައްވާ! އަޅުގަނޑުމެންގެ ގައުމު ހަލާކުކޮށްނުލައްވާ!“

ޒަކީ އަކީ ރާއްޖޭގައި ޑިމޮކްރެސީ ގެނެވުމަށް ކުރި ދަތުރުގައި ޢުމުރުގެ ޖަލު ޙުކުމެއް ލިބި އެތަކެއް އަނިޔާތަކެއް ލިބި ނަމަވެސް ގައުމުގައި ތާހިރުދިރުއުޅުމެއްގެ ތެރެއިން ހެޔޮވެރިކަމެއް ކުރުމަށް އެމްޑީޕީ އާއި ބައިޢަތުހިފާ 2008 ގެ އިލެކްޝަން އެމްޑީޕީއަށް ކާމިޔާބުކޮށް ދިނުމަށް ޖާނާއި މާލުން ގުރުބާންވެފައިވާ ބޭފުޅެކެވެ. އެމްޑީޕީގެ ވެރިކަމުގައާއި ރައީސް ވަޙީދުގެ ވެރިކަމުގައި ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައެޅުއްވި އެމްބެސެޑަރު މެއެވެ. މީގެއިތުރަށް ވިޔަފާރީގެ ދާއިރާއާއި ސިޔާސީ ދާއިރާގައި ގިނަދުވަސްތަކެއް ވާނދެން ޚިދުމަތް ކުރައްވަމުން ގެންދަވާ ނަޒާކީ މުޙައްމަދު ޒަކީ އާދީއްތަ ދުވަހުގެ ރޭ ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.

ޒަކީ ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ފޯމު ފުރުއްވައި ފޯމުގައި އިނގިލީގެ ނިޝާން ޖެއްސެވީ ރައީސް ޢަބްދުﷲ ޔާމީނުގެ ކުރިފުޅުމަތީގައި އިންނަވައިގެންނެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ޒަކީ އެ ފޯމު ރައީސް ޔާމީނުގެ އަތްޕުޅަށް އެރުވީ ޕާޓީ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

ރާއްޖޭގެ ސިޔާސީ އިސްލާހީ މަސައްކަތްތަކުގައި ޒަކީއަކީ ވަރަށް ވަރުގަދަ ޝަޚުޞިއްޔަތެކެވެ. މިނިވަން ނޫސްވެރިކަމެއް ނެތް ދުވަސްވަރު ޚިޔާލުފާޅު ކުރުމަށާއި ސަރުކާރަށް އިސްލާހީ ޚިޔާލުތައް ދެއްވަން ޒަކީ އާއި އެކުވެރިންތަކެއް ”ސަންދާނު“ގެ ނަމުގައި ކުރެއްވި މިނިވަން ނޫސްވެރިކަމުގެ އަދަބަކަށް ރައީސް މައުމޫންގެ ”ސަރުކާރުން“ ޒަކީ އޭނާގެ ބައިވެރީންނަށް އުމުރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރިއެވެ. ޖަލުގައި ހޭދަ ކުރެއްވި 6 އަހަރަށް ފަހު މިނިވަންވީ މައުމޫނުގެ ވެރިކަން ހިތި ގޮތަކަށް ނިމުމުގެ މަގުމަތީގައެވެ. މެލޭސިއާ ރަސްގެފާނުގެ މެޑެލް ދަތޯގެ ލަގަބުވެސް ޒަކީ އަށް ވަނީ އެރުވިފައެވެ. އެގޮތުން ޒަކީ އަކީ މެލޭސިއާގައިވެސް ގަދަރުވެރި މީހުން ރުހުން ލިބިފައިވާ ބޭފުޅެކެވެ.

ޒަކީ އެދުވަސްވަރެކޭ ހަމަ އެއްގޮތަށް މިހާރުވެސް އަދި މިއަދުވެސް ހުންނެވީ އިސްލާހީ މަސައްކަތުގައެވެ. އަޅުގަނޑު ވަކިމީހަކަށް ބައިޢަތުހިފާ އެމީހާގެ އެޖެންޑާ ގައުމާއި ރައްޔަތުންނަށްވެރެ އިސްނުކުރާނަން: އެޖަލްސާގައި ޒަކީ ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކޯލިޝަން ސަރުކާރުން ޒަކީއަށް އެމްޕީއެލްގެ ޗެއާރމަން ކަން ދެއްވިއެވެ. އެކަމަކު އެތަނުގައި ހިނގަމުން އައި ވައްކަމާއި ޚިޔާނާތުގެ މައްސަލަތައް އިންސާފުވެރި ގޮތެއްގައި ބަލާނެ މަގެއް ނެތުމުން އެޚިޔާނާތްތަކުގެ ޒިއްމާ ނުނަންގަވަން ޒަކީ މަގާމުން އިސްތިއުފާ ދެއްވިއެވެ.

”ކިހިނެއްތޯ އިންސާފު ގާއިމުކުރުމަށާއި ވަގުންނާ ދެކޮޅަށް މަސައްކަތް ކުރަން އައި ބަޔަކު ވައްކަންކޮށް ޚިޔާނާތްތެރިވާން ފެށުމުން އެ މީހުންނާއެކު މަސައްކަތް ކުރާނީ؟ އެމްޕީއެލް ތެރޭގައި ހިނގަމުން އައި ވައްކަމާއި ޚިޔާނާތުގެ މައްސަލަތައް ނުބެލުނު. އެކަންތައް ދިޔައީ މޫލައި ވަރުގަދަވަމުން. އަޅުގަނޑަށް ދުރައްޖެހިލުން މާދަތިކަމަކަށް ނުވި“.

ޒަކީ ވިދާޅުވި ގޮތުގައި އިސްލާހަށް މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން އިސްލާހީ އެޖެންޑާ ކުރިއަށް ނުދާނަމަ އަބަދުވެސް އޭނާއަށް ދަތިފުޅުވެއެވެ. ”އަދި އިސްލާހަށް މަސައްކަތް ކުރާ ކަމަށް ބުނާ ބަޔަކު ކުރާ ކަމެއްގައި ދޮގާއި މަކަރާއި ޙީލަތް އެކުލެވުމުން އަޅުގަނޑަށް އެނގޭ އެބަޔަކާއި ދުރަށް ޖެހިލަން. ޔެސް ސާރ ކިޔައިގެން ހުރުމަށް ވުރެ ދުރަށް ޖެހިލަން އަޅުގަނޑަށް އެނގޭ. ނަމަވެސް އަޅުގަނޑަކީ އެއްވެސް ބޭފުޅަކަށް ހަޔާތްގޮވާނެ މީހެއްނޫން“ އޭނާ ވިދާޅުވިއެވެ.

ޒަކީ ވިދާޅުވިގޮތުގައި އޭނާ ޕީޕީއެމް އާއި ގުޅުނު އެންމެ ބޮޑު ސަބަބަކީ އިންޑިއާގެ މިލިޓެރީ ނުފޫޒުން ރާއްޖެ ސަލާމަތް ކުރުމުގައި ބައިވެރިވެވަޑައި ގަތުމަށެވެ.

ޒަކީ ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ އަމަންއަމާންކަމާއި ސިޔާދަތަށް އިންޑިއާ އިން އަތްގަދަކުރާ އަތްގަދަ ކުރާކުރުމާ ދެކޮޅަށް އޭނާ އަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ގަދަ ލީޑަރެއްގެ ފަހަތުގައި މަސައްކަތް ކުރަން އެންމެ މުނާސަބު ވަގުތު ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އިރުތަށް ވިދާޅުވީ ހަމަ ކޮންމެމީހަކަށް އޮޑީގެ ކެޕްޓަން ކަމެއް ނުކުރެވޭނެކަމަށެވެ.“އަޅުގަނޑަކީ އާގުބޯޓްފަހަރު ދުއްވި މީހެއް: ސަރަނގުބެއަށް ކުރެވޭނީ ސަރަނގު ކަން: ބަރުސޮރަށް ކުރެވޭނީ ބަރުސޮރުކަން“. މިޙަގީގަތް ރައްޔަތުން ގަބޫލުކުރަން ޖެހޭކަމަށެވެ.

”އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ކުދިކުދި ޕާޓީ ހަދައިގެން ވައުދުތަކެއް ވެގެން އަދި ފައިސާގެ އެހީތެރިކަން ފޯރުކޮށްގެން މެންބަރުން ކޮޅެއް ހޯދައިގެން އިންޑިއާ މިލިޓެރީ އައުޓް ޖެއްސޭނެ ކަމަކަށް. އަދި އެގޮތަށް އިންޑިއާގެ ނުފޫޒުން މިގައުމު ސަލާމަތް ކޮށްދެވިދާނެ ކަމަކަށް ނުވިސްނޭ.“ ޒަކީ ވިދާޅުވިއެވެ. ”އެކަން ކުރެވޭނީ އެކަމުގެ ތަޖުރިބާ ހުރި، އޮޑިއެއް ދުއްވަން އެނގޭ މާލިމީއެއްގެ މާލިމީކަމުގެ ދަށުގައި.“ ޒަކީ ވިދާޅުވިގޮތުގައި މިއީ ކޮންމެ ދެމީހަކު ޕާޓީއެއް ހަދައިގެން މަސައްކަތް ކުރުމުގެ ބަދަލުގައި ރައީސް ޔާމީނާ ގުޅިގެން އެމަނިކުފާނުގެ ފަހައްޕުޅުގައި ގައުމު ސަލާމަތް ކުރަންވީ ވަގުތެވެ.

”ގައުމު ސަލާމަތް ކުރުމަށް ޓަކައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް މަސައްކަތް ކުރަން ޖެހޭ.“ ޒަކީ ވިދާޅުވިއެވެ. ”އެބޭފުޅަކަށް ކުރެވުނުކަމެއް ކުރައްވާ! އަޅުގަނޑުމެންގެ ގައުމު ހަލާކުކޮށްލިޔަ ނުދެއްވާ“

 

 

Loading

One Response

  1. ގަދަ ނިންމުމެއް. ޔާމީނު ކުށުން ބަރީޢަކޮށް ސުޕްރީމް ކޯޓުން ދޫކޮށްލުމަކީ އިންޑިއާއިން މިގައުމު އަޅުވެރިކުރުން ހުށްޓުވުމަށް ލިބުނު ވަރަށްބޮޑު ބާރެއް. މިހާރު ދެން ޚިޔާނާތޭ ކިޔައިގެން މިގައުމުގައި ގޮވޭކަށް ނެތެވެ. އެ ލަފުޒުވެސް ކުށަކަށް ހަދަން މަޖިލީހަށް ހުށަހަޅަން އިމްތިޔާޒް ފަހުމީއަށް ދަންނަވާށެވެ. ވަގު މިލަފުޒަކީ ޙަޔާތެއްކަމާއި އަދި އެ ލަފުޒު ބޭނުންކޮށްފިނަމަ ލާދީނީ. ކާފަރު ނުކިޔޭ ގާނޫނުގެ ދަށުން މަނާކުރަންވީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް