މައްޗަން ގޯޅި އަވަށު އޮފީސް ފަޅާލައި އެ އޮފީހުން ވައްކަން ކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އޮފީސް ފަޅާލައި ރޭގެ ވަގުތެއްގައި ބަޔަކު ވަދެ ވަނީ އެ އޮފީހުން ފައިސާ ވަގަށް ގެންގޮސްފައެވެ. ނަމވެސް މި ފައިސާ އާއި ބެހޭ ތަފްސީލެއް އަދި ލިބިފައި ނުވެއެވެ.
ފުލުހުން ބުނީ މައްޗަންގޯޅީ އަވަށު އޮފީސް ފަޅައި ލުމާއި ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި ވައްކަމާއި ގުޅިގެން ފުލުހުން ޓީމެއް މިއަދު ހެނދުނު އެ އޮފީހަށް ގޮސް ހަރަކާތްތެރިވި ނަމަެސް އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.