ބާރްތީ ސިންގް ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑު

  އިންޑިޔާގެ މަޝްހޫރު ކޮމޭޑިއަން އަދި ޓީވީ ހޯސްޓް، ބާރްތީ ސިންގް ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑުވެފައި އިންކަން އިއުލާންކޮށްފި އެވެ. އާންމުކޮށް ވަރަށް ފަލަކޮށް ހުންނަ ބާރްތީ ހީވެސް ނުކުރާ ވަރުގެ ބޮޑު ބަދަލެއް ހަށި ގަނޑަށް ގެނެސް ސަޕޯޓަރުން ސިއްސުލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭ އޭނާ ބަލިވެ އިންކަމުގެ އުފާވެރި ހަބަރު  އޭނާގެ ފިރިމީހާ ހާޝް ލިމްބަޗިޔާ ދެ މީހުން އިއްޔެ ވަނީ ރަސްމީކޮށް އިއުލާން ކޮށްފައެވެ. ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑުވިކަން އިއުލާންކޮށް ބާރްތީ ވަނީ […]

ގާފަރުގައި ފުލުހުންގެ ހިދުމަށް ފަށައިފި

  ކ. ގާފަރުގައި ޕޮލިސް ޕޯސްޓް ހުޅުވައި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ. ގާފަރުގައި ފުލުހުންގެ ޕޯސްޓެއް ހުޅުއްވައި އެތަނުގެ ހިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ހޯމް މިނިސްޓަރ އިމްރާން އަބްދުއްލާ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. ފުލުހުންގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ، ގައުމުގެ އިގްތިސާދާއި ގުޅިފައިވަނީ އަމާންކަމާއި ރައްކާތެރިކަން ކަމަށް ވާތީ މުޅި ރާއްޖެއަކީ އަމާން ސުލްހަވެރި ގައުމެއްގެ ގޮތުގައި ދެމި އޮތުމަށް ފުލުހުންގެ […]

ފެރިދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

  އއ.ފެރިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމު ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެރަށުގައި ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫއު މަސައްކަތް އިފްތިތާހްކޮށްދެއްވީ އެރަށުގައި ބޭއްވީ ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހާއި ބޯޑު މެމްބަރު އިބްރާހީމް އަންވަރާއި މަތިވެރީ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޒަރީރުގެ އިތުރަށް ފެރިދޫ ކައުންސިލްގެ ރައީސް އިސްމާއީލް ޝާހްއެވެ. މި މަސައްކަތް ކުރަމުން އަންނަ އެމްޑަބްލިއުއެސްސީން ބުނީ މިމަޝްރޫއުގެ ދަށުން ގޭގޭގައި ފެން މީޓަރު ބެހެއްޓުމާއި ގުޅައިދީ ގެތަކަށް […]

ރައީސް ޔާމިނަށް، ޝަރީފް ދެއްވި ރައްދުން އިންތިހާބު ފޭރިގެންފައިވާކަން ޝައްކެއްނެތްމިންވަރަށް ޔަގީން ވެއްޖެ: ޝިޔާމް

    އިދިކޮޅުން ރޭ ބޭއްވި “ ކޮތަރުކޮށި“ ޖަލްސާގައި އިލެކްޝަން ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފަކީ ޚާއިނެއްކަމަށް ވިދާޅުވެ ރައީސް ޔާމިން ދެއްކެވި ވާހަކަފުޅަށް ޝަރީފް ދެއްވި ރައްދުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރާވައިގެން  ފޭރިގެންފައިވާ ކަން ޝައްކެތް ނެތް މިންވަރަށް ޔަގީން ވެއްޖެ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ޝަރީފަކީ އަރާހުރި ހާއިނެއް ކަމަށެވެ. […]

ޝަރީފްގެ ރައްދު ރައީސް ޔާމިނަށް: ތަންދޮރު ނުދަންނަ ޖާހިލެއްހެން ހިތަށް އެރިހާ އެއްޗެއް ކިޔުމަކީ ރައީސެއް ކުރަން ރީތި ކަމެއްނޫން

    ތަންދޮރު ނުދަންނަ ޖާހިލެއްހެން ހިތަށް އެރިހާ އެއްޗެއް ކިއުމަކީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ކުރަން މާރީތި ކަމެއް ނޫން ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ކުރިން ހުންނެވި އަހުމަދު ޝަރީފް އާދަމު ރައީސް އަބްދުއްލާ ޔާމިނަށް ވަރުގަ ރައްދެއް ދެއްވައިފިއެވެ. ރައީސް  ޔާމިނަށް ރައްދު ދެއްވައި ޝަރީފް މިއަދު ވަނީ ވަރުގަދަ ޓްވީޓްތަކެއް ކުރައްވާފައެވެ. “ ރައްޔިތުން އެންމެން ކުރިމަތީ ވޯޓްލައި ވޯޓް ގުނާ ސާފް ވޯޓަކުން ބަލިވީމާ ބަލި ގަބޫލުނުކޮށް ޕޯޑިއަމަށް […]

ރައީސް ޔާމީން މިނިވަން ވުމާއެކު ސަރުކާރު ވަނީ ނިމިފައި: ޓޮމް

ރައީސް ޔާމީން މިނިވަން ވުމާއެކު މިސަރުކާރު ވަނީ ނިމިފައި ކަމަށް މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ. ޕީޕީއެމް-ޕީއެންސީން އިންތިޒާމުކޮށްގެން ކާނިވާ ސަރަހައްދުގައި ”ކޮތަރު ކޮށި“ ނަމުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޠާރިޤް ތަކުރާރުކޮށް ވިދާޅުވިއެވެ. ”މި ސަރުކާރު މިވަނީ ނިމިފައި.“ ”އެބޭފުޅުންނަށް ސާފުކޮށް އެނގޭނެ 2023 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން.“ އޭނާ އިތުރަށް ވިދާޅުވިއެވެ. ”އަދި ސަރުކާރަށް އެކަންޏެއް ނޫނޭ، އިންޑިއާއަށް […]

ލޯބީގެ މަންޒިލު-14

https://sandhaanu.today/17199/ އާ ގުޅޭ ސަރޫޕުގެ ދެ ލޯ ހީވަނީ ރަތް އަނގުރު އަލިފާންގަނޑެއް ހެންނެވެ. އޭނާ އުއްޑުން އެނދުގައި އޮށޯވެ އޮތެވެ. އޭނާގެ މޭމަތީގައި ކަރުދާސް ގަނޑެއް އޮތެވެ. ކަރުދާސްގަނޑު ފުރެންދެން ވަނީ ހިސާބުގެ އަދަދުތަކެވެ. އާދައިގެ މަތިން މިއަދު ވެސް އެންމެ ފުރަތަމަ ހޭލީ ރާމްއެވެ. އޭނާ އެނދުން ތެދުވި ވަގުތު ސަރޫޕު ހޭލާ އޮތްތަން ފެނުމުން ނުތަނަވަސްވެފައިވާ އަޑަކުން ސުއާލުކުރިއެވެ. ”ދަރިފުޅު ކީއްވެފައި ތިއޮތީ؟“ ސަރޫޕު ސިއްސައިގެން ދިޔައެވެ. އަދި ތެދުވެ އެނދުގައި އިށީދެއްޖެއެވެ. ދެން […]

ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ޚާއްޞަކޮށް އެޅި ވަގުތީ މިސްކިތް ހުޅުވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްޞަކޮށް އެޅި ވަގުތީ މިސްކިތް ހުޅުވައިފިއެވެ. މަސްޖިދުލް އަބޫ ބަކްރިއްސިއްދީޤް ނަމަކަށް ކިޔާ މި މިސްކިތް އިމާރާތް ކުރަން ހަވާލުކޮށްފައިވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން އަޅާފައިވާ މި މިސްކިތަކީ 600 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް ހުޅުވައިދެއްވާފައިވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒާހިރު އަލީއެވެ. މިނިސްޓްރީއިން ބުނި ގޮތުގައި މި މިސްކިތުގައި އަންހެނުންނަށް […]

ރައީސް އެމެރިކާގެ ރައީސް އިމްތިޒާމްކުރެއްވި ސަމިޓެއްގައި ބައިވެރިވެވަޑައިގަންނަވައިފި

    ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން ވަރޗުއަލްކޮށް ކުރިޔަށްގެންދެވި ”ސަމިޓް ފޮރ ޑިމޮކްރަސީ“ ގައި ބައިވެރިވެވަޑައިގެންފިއެވެ. ވައިޓްހައުސް އިން ވަރޗުއަލްކޮށް ބާއްވަވާ މި ހަރަކާތުގައި ގައުމުތަކުގެ ވެރިންނާ، އެންމެ އިސް ލީޑަރުންގެ އިތުރުން މަދަނީ ޖަމުއިއްޔާ ޖަމާއަތްތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ސަމިޓުން ހާސިލުކުރަން ބޭނުންވާ އަމާޒުތަކަކީ ޑިމޮކްރަސީ ހަރުދަނާކުރުމާއި، އަނިޔާވެރިކަން ހުއްޓުވުމާއި، ކޮރަޕްޝަން ނައްތާލުމާއި އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމަށް ބާރުއެޅުމާއި، ދުނިޔޭގައި ޑިމޮކްރަސީ ކުރިއެރުވުމަށް […]

ގެއްލިފައިވާ ފުލައިޓް 370 ފެނުމުގެ އުއްމީދު އާވެއްޖެ

މާރޗް 8، 2014 ގައި ގެއްލުނު މެލޭޝިއާ އެއާލައިންސްގެ ފްލައިޓް 370 އަކީ މެލޭޝިއާގެ ތާރީޚުގައި ހިނގާފައިވާ ދެ ވަނައަށް އެންމެ ބޮޑު އޭވިއޭޝަން ކާރިސާއެވެ. ފްލައިޓް 370 ޝެޑިއުލްގައިވާ ގޮތުގެ މަތިން ކުއަލަލަމްޕޫރުން ބެއިޖިންގްއަށް ދަތުރު ފެއްޓިތާ 40 ވަރަކަށް މިނެޓު ފަހުންވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ފްލައިޓް 370 ގެއްލުނު އިރު އެ މަތިންދާ ބޯޓުގައި ޖުމުލަ 227 ޕެސެންޖަރުންނާއި 12 ފަޅުވެރިން ތިއްބެވެ. ފްލައިޓް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު ބޯޓުގެ އެއްވެސް […]