ފެރިދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

Loading

Facebook
Twitter
WhatsApp

 

އއ.ފެރިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމު ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެރަށުގައި ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫއު މަސައްކަތް އިފްތިތާހްކޮށްދެއްވީ އެރަށުގައި ބޭއްވީ ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހާއި ބޯޑު މެމްބަރު އިބްރާހީމް އަންވަރާއި މަތިވެރީ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޒަރީރުގެ އިތުރަށް ފެރިދޫ ކައުންސިލްގެ ރައީސް އިސްމާއީލް ޝާހްއެވެ.

މި މަސައްކަތް ކުރަމުން އަންނަ އެމްޑަބްލިއުއެސްސީން ބުނީ މިމަޝްރޫއުގެ ދަށުން ގޭގޭގައި ފެން މީޓަރު ބެހެއްޓުމާއި ގުޅައިދީ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެކަމަށެވެ.

މި މަޝްރޫއު ރަސްމީކޮށް ފަށާފައިވާއިރު މި މަޝްރޫއުގެ ދަށުން ފެރިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިގެން ތަކެތި އެރަށަށް ފޮނުވައި ފެނާއި ނަރުދަމާ ނިޒާމްގެ ހޮޅި ވަޅުލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ޢިމާރާތުގެ %35 މަސައްކަތް ވަނީ ނިންމާލާފައެވެ.

ފެރިދޫގައި ކުރިއަށް ގެންދާ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން އެ ރަށުގައި 5.5 ކިލޯމީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކެއް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ.

އެގޮތުން  ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް