ގެއްލިފައިވާ ފުލައިޓް 370 ފެނުމުގެ އުއްމީދު އާވެއްޖެ

Loading

Facebook
Twitter
WhatsApp

މާރޗް 8، 2014 ގައި ގެއްލުނު މެލޭޝިއާ އެއާލައިންސްގެ ފްލައިޓް 370 އަކީ މެލޭޝިއާގެ ތާރީޚުގައި ހިނގާފައިވާ ދެ ވަނައަށް އެންމެ ބޮޑު އޭވިއޭޝަން ކާރިސާއެވެ.

ފްލައިޓް 370 ޝެޑިއުލްގައިވާ ގޮތުގެ މަތިން ކުއަލަލަމްޕޫރުން ބެއިޖިންގްއަށް ދަތުރު ފެއްޓިތާ 40 ވަރަކަށް މިނެޓު ފަހުންވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ފްލައިޓް 370 ގެއްލުނު އިރު އެ މަތިންދާ ބޯޓުގައި ޖުމުލަ 227 ޕެސެންޖަރުންނާއި 12 ފަޅުވެރިން ތިއްބެވެ.

ފްލައިޓް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު ބޯޓުގެ އެއްވެސް ޚަބަރެއް ނުވުމާގުޅިގެން އެ މަތިންދާ ބޯއްޓުގައި އޭރު ތިބި އެންމެން މަރުވެފައިވާކަމަށްވަނީ ނިންމާފައެވެ.

މި ފްލައޓް ހޯދުމަށް ހިންގާފައިވާ ޕްރޮޖެކްޓަކީ މިހާތަނަށް ހިންގާފައިވާ އެ ޒާތުގެ އެންމެ އަގުބޮޑުއެއް ޕްރޮޖެކްޓެވެ. ފްލައިޓް 370 ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވީނަމަވެސް މަތިންދާ ބޯޓަށް ވީގޮތާބެހޭ މައުލޫމާތު މަދުވުމުގެ ސަބަބުން އެބޯޓު ހޯދުމަށް ކޮށްފައިވާ ގިނަ މަސައްކަތްތައް ވަނީ ނާކާމިޔާބު ވެފައެވެ.

އެ މަތިންދާ ބޯޓު ގެއްލިގެން ހޯދަމުން އަންނަތާ ހަތް އަހަރާއި ބައި ވެފައިވަނިކޮށް ބޯޓު ފެނުމުގެ އުންމީދުވަނީ އަލުން އައުވެފައެވެ. އެއީރޯސްޕޭސް އިންޖިނިއަރެއް ކަމަށްވާ ރިޗާރޑް ގޯޑްފްރީ، ގިނަ އަދަދެއްގެ ދިރާސާތަކުން ހޯދައިފައިވާ ޑާޓާތަކުގެ އެހީގައި ފްލައިޓް 370 އަޑިއަށް ދިޔަކަމަށް ބެލެވޭ ސަރަހައްދު ހޯދާފައިވާކަމަށް ބުނުމާގުޅިގެންނެވެ.

ރިޗާރޑްއަކީ ފްލައިޓް 370 ގެއްލުނު އިރުއްސުރެ އެފްލައިޓް ހޯދުމުގެ މަސައްކަތުގައި އިސްކޮށް ބައިވެރި ވެފައިވާ މީހެކެވެ. އޭނާވަނި ބްރިޓިޝް ސެޓަލައިޓްތަކުން އާއްމުކޮށްފައިވާ މައުލޫމާތާއި، ބޮއިންގްއިން ހާމަ ކޮށްފައިވާ މައުލޫމާތުގެ އިތުރުން މިހާދިސާ ދިރާސާ ކުރުމުގައި ބައިވެރިވި އޮސްޓްރޭލިއަން އޯޝަނޮގްރަފަރުންނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ ދިރާސާތަކުން ނެރެފައިވާ މައުލޫމާތު އެއްކޮށް، އެ މައުލޫމާތުގެ އެހީގައި ފްލައިޓް ވެއްޓުނުކަމަށް ބެލެވޭ ހިސާބު ފާހަގަ ކޮށްފައެވެ.

ރިޗާރޑްގެ ހޯދުންތަކުން ދައްކާފައިވާ ހިސާބަކީ 2018ވަނަ އަހަރު އެމެރިކާގެ ރިސާރޗް ގްރޫޕްއެއް ކަމަށްވާ ”އިންފިނިޓީ“އިން ފްލައިޓް 370 ހޯދުމަށްޓަކައި ދިރާސާކޮށްފައިވާ ސަރަހައްދާ އެންމެ 30 ކިލޯމީޓަރު ދުރުގައިވާ ސަރަހައްދެކެވެ.

އެ މަތިންދާ ބޯޓު ހޯދުމުގައި ބައިވެރިވެފައިވާ ފަރާތްތަކުން ބުނާ ގޮތުގައި ބޯޓު ގެއްލުނުކަމަށް ބެލެވޭ ސަރަހައްދު ބޮޑުވުމުގެ ސަބަބުން ވެއްޓުނު ހިސާބު ހޯދައި، ބޯޓު ހޯދުމަކީ ވަރަށް ދަތި މަސައްކަތެކެވެ.

ރިޗާރޑްގެ ހޯދުމާ ގުޅިގެން ފްލައިޓް 370 ހޯދުމަށް ކުރަމުން އައިސްފައިވާ މަސައްކަތް 2022 ވަނަ އަހަރުގެ ފެށޭ ކޮޅު އަލުން ފެއްޓުމަށް ގޮވާލަމުން އަންނަ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް