ބަނގްލަދޭޝްގެ 20 ކިޔަވާ ކުދިންނަށް މަރުގެ ޙުކުމް އިއްވައިފި

ބަނގްލަދޭޝްގެ މަޝްހޫރު ޔުނިވާސިޓީއެއް ކަމުގައިވާ ބަންގްލަދޭޝް ޔުނިވާސިޓީ އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ (ބީޔޫއީޓީ)ގައި ކިޔަވަމުންދިޔަ އުމުރުން 21 އަހަރުގެ އަބްރާރް ފަހާދް ވަރަށް އަނިޔާވެރި ގޮތަކަށް ވަނީ މަރާލާފައެވެ. އޭނާ މަރުވެފައި ވަނީ އެ ޔުނިވާސިޓީގައި ކިޔަވަމުންދާ އެހެން ކުދިންތަކެއްގެ ގޭންގު ހަމަލާއެއްގެ ޝިކާރައަކަށް ވެގެންނެވެ. އަބްރާރްގެ މަރުގެ ދެތިން ގަޑިއިރު ކުރިން އޭނާ ވަނީ ފޭސްބުކްގައި ޕޯސްޓެއް ޝެއާކޮށްފައެވެ. މި ޕޯސްޓުގައި އޭނާ ވަނީ އެ ގައުމުގެ ސަރުކާރުގެ ނިންމެވުމަކަށް ފާޑުކިޔާފައެވެ. އެއީ އިންޑިޔާއާއި […]
”ކޮތަރުކޮށި“ ޖަލްސާ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބާއްވާގޮތަށް ހަމަޖައްސައިފި

އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމި ”ކޮތަރު ކޮށި“ ޖަލްސާ މާލޭގައި ބާއްވާ ގޮތަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ހަމަޖައްސައިފިއެވެ. ކުރިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާއްވަން ނިންމާފައި ވީ ނަމަވެސް ޖަލްސާ ބޭއްވުމުގެ ހުއްދައަށް އެދިފައި ނުވާކަމަށް ބުނެ އެޗްޑީސީން ޖަލްސާއަށް ހުރަސް އެޅުމުން މާދަމާ ރޭގެ ޖަލްސާ މިހާރު ވަނީ މާލޭގެ ކާނިވާ ސަރަހައްދަށް ބަދަލުކޮށްފައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖަލްސާ ބާއްވަން ނިންމުމާ ގުޅިގެން އިއްޔެއިން ފެށިގެން ފުލުހުން ދިޔައީ އެ […]
ސަރުކާރުގެ ހުރިހާ އިދާރާއެއްގައި ފަތުރުވެރިކަމުގެ ލޯގޯ ބޭނުންކުރަން އަންގައިފި

ސަރުކާރުގެ ހުރިހާ އިދާރާއެއްގައި ”2022: ފަތުރުވެރިކަމުގެ ރަން އަހަރު“ގެ ލޯގޯ ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން ބުނީ ސަރުކާރު އިދާރާތަކުގައި ފަތުރުވެރިކަމުގެ ލޯގޯ ބޭނުން ކުރަން ނިންމީ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް އަހަރު ފާހަގަކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން އަންނަ އަހަރު 1 ޖަނަވަރީ ”2022: ފަތުރުވެރިކަމުގެ ރަން އަހަރު“ ގެ ލޯގޯ ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ރަސްމީ ލެޓަރ ހެޑާއި އީމެއިލް ފުޓަރގައި ބޭނުންކުރުމަށް […]
އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފި

އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފިއެވެ. އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވަނީ ސ.ހުޅުދޫ/ ރަސްގެދަރު މުހައްމަދު ޔާސީނަށް ”ނެޝަނަލް އިންޓެގްރޭޝަން ޕާޓީ“ ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށެވެ. ރާއްޖޭގައި މިހާރުވެސް 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައި އެބައޮތެވެ. އޭގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގައެވެ. އެގޮތުން އެ ޕާޓީގައި 51720 މެންބަރުން ތިބި އިރު ދެ ވަނަ އަށް އެންމެ […]
ވައްކަންކުރިކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި

މާލޭ ގެއަކުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހޯދަން އެ މީހުންގެ ވީޑިއޯ ފުލުހުން އާންމުކޮށްފި އެވެ. ފުލުހުން އާންމު ކުރި ވީޑިއޯއިން ފެންނަނީ ދެ ފިރިހެނަކު މާލޭ މަގުތަމަތިން ހިނގާފައިދާ މަންޒަރެވެ. ފުލުހުން ބުނީ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ މިދިޔަ މަހު 18 ވަނަ ދުވަހުގެ ވަގުތެއްގައި މާފަންނު ގެއަކުން ވައްކަންކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާފަންނު ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް […]
“ ކޮތަރުކޮށި“ ޖަލްސާ މާލެއަށް ބަދަލުކޮށްފި

އިދިކޮޅު ޕީޕީއެމް / ޕީއެންސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި “ ކޮތަރުކޮށި“ ނަމުގައި ބާއްވަން އުޅުނު ޖަލްސާ މާލޭގައި ބާއްވަން ނިންމައިފިއެވެ. އިދިކޮޅުން ބުނީ މި ޖަލްސާ މާލޭގައި ބާއްވަން ނިންމީ ހުޅުމާލޭގައި ޖަލްސާ ބާއްވަން އެޗްޑީސީއާއި ފުލުހުން އެއްބާރުލުން ނުދިނުމުންކަމަށެވެ. މި ޖަލްސާ މިހާރު ބޭއްވުމަށް ނިންމާފައިވަނީ ކާނިވާ ސަރަހައްދުގައި މާދަމާ ރޭކަމަށް ވެސް އިދިކޮޅުން ބުނެއެވެ. މި ޖަލްސާ ބާއްވަން އިދިކޮޅުން ފުރަތަމަ މަސައްކަތްކުރީ ހުޅުމާލޭ ގައެވެ. ރައީސް ޔާމިން ދައުރުގައި […]
ހުޅުމާލެ އަކީ އިހުތިސާސްތެރޭގައި ހިމެނޭ ބިމެއް، ކުޑަކަކޫ ނުޖަހާނަން: މާލޭސިޓީ މޭޔަރު

މާލެ ސިޓީގެ އިހުތިސާސްތެރޭގައި ހުރި ބިންތަކަށް ބޭނުންހާ ގޮތެއް ނުހެދޭނެ ކަމަށާ ސަރުކާރުގެ ކުރުމަތީ ކުޑކަކޫ ނުޖަހާނެ ކަމަށް މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކައުންސިލުން ހިންގާ މަޝްރޫއުތައް ހިންގުމަށް ސަރުކާރުގެ އެއްބާރުލުނ ނުލިބޭ ކަމަށާ ކައުންސިލަށް އެއްބާރުލުން ނުދޭ މުއައްސަސާތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ. ”ކައުންސިލްގެ މަސައްކަތައް ހުރަސްއަޅާ އިދާރާތައް ޖަވާބުދާރީ ކުރާނަން. […]
އޭސީސީގެ މެންބަރުން ވަކިކުރަން ނިންމައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފި އެވެ. އޭސީސީގެ މެންބަރުން ވަކިކުރަން ހުށަހެޅުއްވީ މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު އެވެ. ހަސަންގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބިލަތްދޫ ދާއިރާގެ މެންބަރުން އަހްމަދު ހަލީމް އެވެ. ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި ހަތް މެންބަރުންގެ އިއްތިފާގުން ވަނީ އެ ހުށަހެޅުން ފާސްކޮށްފައެވެ. އޭސީސީގެ […]
ސިޔާސީ ލީޑަރުންގެ އަޑު ކެނޑިއްޖެ

ރައްޔިތުން ދެކެން ބޭނުންވާ މަންޒަރުތަކާއި ދެކެން ބޭނުން ނުވާ އެތަކަމެއް މިގައުމުގައި ހިނގަމުން ދާއިރު ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އެކަންކަން ހުއްޓުވަން އެބަޔަކާ ގުޅިފައިވާ ސިޔާސީ ލީޑަރުންގެ އަޑެއް ބަޑެއް ނީވި މިދަނީ ކީއްވެބާއޭ އެތައް ބަޔަކު ސުވާލު އުފައްދައެވެ. މިހާރު ހިނގަމުން މިދާ ކޯލިޝަން ވެރިކަން ހިންގަނީ ރާއްޖޭގެ އެންމެހާ ސިޔާސީ ލީޑަރުންނެވެ. ދައުލަތުގެ ތަރިކައިގެ ތެރެއިން ސަރުކާރާއެކު އެއްބަސް ވެވުނު ޕަސެންޓާއެކު ސިޔާސީ ލީޑަރުން އަންނަނީ ސަރުކާރާއެކު މަސައްކަތް ކުރައްވަމުންނެވެ. އަނެއްކޮޅުން 2023 ވަނަ […]
ހުޅުމާލެ ފޭސް ދޭއް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފި

ހުޅުމާލެ ފޭސް ދޭއް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ހުޅުމާލެ ފޭސް ދޭއްގައި ފުލުހުން ހަރަކާތްތެރި ވަމުން ދަނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން، އެޗްޑީސީގެ ހުއްދައާ ނުލައި ޖަލްސާއެއް ބާއްވަން ނިންމާފައި ވާތީ، އެކަމަށް ފިޔަވަޅު އަޅައިދޭން އެ ކޯޕަރޭޝަނުން އެދިފައި ވުމުންނެވެ. މިކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުން ހުރަސް އަޅަމުން އެދަނީ ކައުންސިލުން ހުއްދަ ދީފައިވާ ސިޔާސީ […]