މޯލްޑިވިއަނުން ބަންގްލަދޭޝް އަށް ހާއްސަ ދަތުރުތަކެއް

  މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ހާއްސަ ދަތުރުތަކެއް ކުރުމަށް ނިންމައިފިއެވެ. މޯލްޑިވިއަނުން މިއަދު ބުނީ މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 22 އަދި 29 ވަނަ ދުވަހު ކަމަށެވެ. އަދި  ހާއްސަ ދަތުރުތަކެއް ބާއްވަން ނިންމާފައިވަނީ މި ދުވަސްވަރު ޑާކާއަށް އޮތް ޑިމާންޑް އިތުރުވުމުން ކަމަށް މޯލްޑިވިއަން އިން ބުނެއެވެ. މޯލްޑިވިއަނުން މިހާރުވަނީ މި ދަތުރު ތަކަށް ރިޒަވޭޝަން ހެދުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. އަވަށްޓެރި އިންޑިއާ ހިމެނޭގޮތުން ސައުތު […]

ކަނދުފަތިތަކަށް ބަދަލުގެންނަ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

  ދޮށީގެ މަސްވެރިކަމަށް އަމާޒުކޮށްގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ އޮއިވާލި ކަނދުފަތިތަކަށް ބަދަލު ގެނެސް ހަދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފިޝަރީޒް މިނިސްޓްރީން ދީފިއެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ ކަނދުފަތިތަކަށް ބަދަލުގެނެސް އަމިއްލައަށް ފަރުމާކުރާ މައްސަލަތައް ދިމާވަމުން އަންނަ ކަމަށާ އެކަން އެގޮތަށް ކުރާ ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ފަރާތްތަކުން އަމިއްލަ ތަކެތީގައި ކަނދުފަތި ހަރުކުރަމުން ދާކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބެމުންދާ ކަމަށް ވެސް […]

ފްލައިޓެއް ހައިޖެކް ކުރާނެކަމަށް ބުނެގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެކަމަށް ބުނެ އިންޒާރުދިނުމާ ގުޅިގެން ހައްޔަރުކުރި  މީހާ ދޫކޮށްލައިފިއެވެ. އެ މީހާ ހައްޔަރުކުރީ ފުވައްމުލަކުން މާލެ އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހުއެވެ. މި  މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. އެމީހާގެ ބަންދާމެދު ގޮތެއް ނިންމަން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ޝަރުތުތަކަކާއި އެކު […]

ބިގް ބޮސް 13 ކާމިޔާބުކުރި އެކްޓަރު ސިއްދާތު ޝުކުލާ މަރުވެއްޖެ

ބިގް ބޮސް 13 ކާމިޔާބުކުރި އެކްޓަރު ސިއްދާތު ޝުކުލާ މަރުވެއްޖެއެވެ. އާންމުންގެ މެދުގައި މަޝްހޫރު ގިނަ ޓީވީ ޑްރާމާ ތަކުގައި މަސައްކަތްކޮށް ބެލުންތެރިންގެ ހިތްތައް އަތުލާފައިވާ ސިއްދާތު މަރުވީ ހާޓް އެޓޭކެއްޖެހިގެންނެވެ. ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރު ޑްރާމާ ބަލިކާ  ވަދޫ ފަދަ މަޝްހޫރު ޑްރާމާތަކުގެ ލީޑް ރޯލް ކުޅެފައިވާ ސިއްދާތު  މިއަދު މަރުވި އިރު އޭނާގެ އުމުރަކީ 40 އަހަރެވެ. އިންޑިއާ ނޫސްތަކުން ބުނާގޮތުގައި އޭނާ މަރުވީ މިއަދު 11 ޖެހި އިރު ކުއްލި ގޮތަކަށް […]

ޠާލިބާނުން އަފުޣާނިސްތާން ހިފުމުން އިންޑިޔާގައި މުސްލިމުންނަށްކުރާ ފުރައްސަރަ އިތުރުވެއްޖެ

އިންޑިޔާގެ ހިނދޫން އެ ގައުމުގެ މުސްލިމުންނަށް އެތަކެއް އަނިޔާތަކެއް ދެމުންދާ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. ސަރުކާރުގެ އިސްފަރާތްތަކާ ގުޅިގެން، ހައްދުފަހަނަޅާފައިވާ ހިންދޫން ދަނީ މުސްލިމުންނަށް މަލާމާތް ކުރުމާއި ފުރައްސާރަކުރުމުގެ އިތުރުން އެކި ވަރުވަރުގެ އަނިޔާތައް ދެމުންނެވެ. ޠާލިބާނުން، އަފްޣާނިސްތާން ހިފުމާއެކު އިންޑިޔާގެ މީސްމީޑިޔާ ޕްލެޓްފޯމްތަކުގައި އައު ހޭޝްޓެގެއް އާންމުވިއެވެ. އަފްޣާނިސްތާނަށް ދިޔުމަށް ގޮވާލައި މީސްމީޑިޔާގައި މި ހޭޝްޓެގް ބޭނުންކޮށްފައި ވަނީ އިންޑިޔާގެ މުސްލިމުންނަށް މަލާމާތްކުރުމުގެ ގޮތުންނެވެ. ދާދި އިހަކަށް ދުވަހު ޕާކިސްތާނަށް ދިޔުމަށް ގޮވާލައި ހޭޝްޓެގެއް […]

ގްރޭޑް 11ގެ ދަރިވަރުން ހަދާ އެޑެކްސެލް އޭ އެސް އިމްތިހާން ފަސްކޮށްފި

    ގްރޭޑް 11 ގެ ދަރިވަރުން ފުރަތަމަ ހަދާ އެޑެކްސެލް އޭއެސް އިމްތިހާން ފަސްކޮށްފި އެވެ. މި އިމްތިހާނަކީ އަންނަ  އަހަރުގެ މެއި / ޖޫން ގައި ބޭއްވުމަށް ކުރިން ހަމަޖައްސާފައިވާ އިމްތިހާނެކެވެ. ނަމަވެސް މި އިމްތިހާން ބާއްވަން މިހާރު ނިންމާފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރު / ނޮވެމްބަރުގައެވެ. އެޑިއުކޭޝަނުން މިނިސްޓްރީން ބުނީ މި އިމްތިހާން ފަސްކުރީ ގްރޭޑް 11 ގެ ދަރިވަރުންގެ ކިޔެވުން ފެށެނީ އަންނަ މަހުގެ 26 ވަނަ ދުވަހުކަމަށް ވުމުން މެއި […]

މުވައްޒަފުންނަށް އިތުރަށް ދިން ފައިސާ ހޯދުމުގެ މަސައްކަތް ފަށައިފި

  ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް މިދިޔަމަހުގެ މުސާރަ ދިންއިރު އިތުރަށް ދީފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ފަށައިފިއެވެ. އެ މުވައްޒަފުންނަށް އިއްޔެ މުސާރަ ޖަމާވިއިރު ބައެއް ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް 70000 ރުފިޔާއިން މަށްޗަށްވެސް  މުސާރައިގެ ގޮތުގައި ފައިސާ ޖަމާވެފައިވެއެވެ. ނަމަވެސް އެ ފައިސާ ތަކަކީ އޮޅިގެން ޖަމާކުރެވިފައިވާ ފައިސާ ތަކެއް ކަމަށްވާތީ އެގޮތަށް މުސާރަ ލިބުނު 100 އެއްހާ މުވައްޒަފުންނަށް އެކަން ވަނީ އަންގާފަ އެވެ. […]

އަލިފުށީ އެއާޕޯޓް އަޅަން އެމްޓީސީސީ އަށް

  ރ.އަލިފުށީގައި ތަރައްގީކުރުމަށް ހަމަޖައްސާފައިވާ އެއާޕޯޓުގެމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. އަލިފުށީގެ ބިން ހިއްކާ އެއާޕޯޓު ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރުމުގެ އެއްބަސް ވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އަލިފުށީގައި އެއަރޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކާ އެއާޕޯޓު ތަރައްގީކުރުމަށް ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. 451.6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ޑިޒައިން […]

ދަނޑުވެރިން ހައްދާތަކެތި ފިނިކޮށް ބެހެއްޓޭނެ ނިޒާމެއް ނުވަ ރަށެއްގައި ގާއިމުކުރަނީ

    ދަނޑުވެރިން އުފައްދާ ތަކެތި ފިނިކޮށް ބެހެއްޓުމަށް ރައްކާކުރެވޭނެ ގޮތްތަކެއް ނުވަ ރަށެއްގައި ގާއިމުގެ ކުރުމުގެ މަސައްކަތް މަސައްކަތް އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ފަށައިފިއެވެ. ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ބުނީ މިއީ ތާޒާކަމާއެކު ކަސްޓަމަރުންނާއި ހަމައަށް ދަނޑުވެރިން ހައްދާ ތަކެތި ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއަކީ ޔޫއެންޑީޕީގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ މަޝްރޫއެއް […]

ޖީއާން މަރުވި މައްސަލައިގައި ބަދަލެއްގެ ގޮތުން 4.5 މިލިއަން ރުފިޔާ ދޭން އަމުރުކޮށްފި

  ސިންމެތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވި ބަންގްލަދޭޝްގެ އަންހެން ކުއްޖެއް ކަމަށްވާ ރައުޝާން ޖިއާން މަރުގެ މައްސަލާގައި 4.2 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ. އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، 4.5 މިލިއަން ރުފިޔާ ޑަބްލިއު ކޮންސްޓްރަކްޝަން އިން ދެ މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރަން ޖެހޭނެ ކަމަށެވެ. ހަތް އަހަރުގެ ޖިއާން މަރުވާން […]