ގްރޭޑް 11ގެ ދަރިވަރުން ހަދާ އެޑެކްސެލް އޭ އެސް އިމްތިހާން ފަސްކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ގްރޭޑް 11 ގެ ދަރިވަރުން ފުރަތަމަ ހަދާ އެޑެކްސެލް އޭއެސް އިމްތިހާން ފަސްކޮށްފި އެވެ.

މި އިމްތިހާނަކީ އަންނަ  އަހަރުގެ މެއި / ޖޫން ގައި ބޭއްވުމަށް ކުރިން ހަމަޖައްސާފައިވާ އިމްތިހާނެކެވެ. ނަމަވެސް މި އިމްތިހާން ބާއްވަން މިހާރު ނިންމާފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރު / ނޮވެމްބަރުގައެވެ.

އެޑިއުކޭޝަނުން މިނިސްޓްރީން ބުނީ މި އިމްތިހާން ފަސްކުރީ ގްރޭޑް 11 ގެ ދަރިވަރުންގެ ކިޔެވުން ފެށެނީ އަންނަ މަހުގެ 26 ވަނަ ދުވަހުކަމަށް ވުމުން މެއި މަހު އިމްތިހާން ހަދަން ދަރިވަރުން ފުރިހަމައަށް ތައްޔާރު ނުވެދާނެ ތީކަމަށެވެ.

އަދި މި އިމްތިހާނު ބޭއްވުން ލަސްކުރީ ޕްރިންސްޕަލުންނާ އެކު ބޭއްވި ބައްދަލުވުމުގައި ސްކޫލްތަކުން ހުށައަޅާފައިވާ ހުށަހެޅުންތަކަށް ރިއާޔަތްކޮށް ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް