ދަނޑުވެރިން ހައްދާތަކެތި ފިނިކޮށް ބެހެއްޓޭނެ ނިޒާމެއް ނުވަ ރަށެއްގައި ގާއިމުކުރަނީ

Loading

Facebook
Twitter
WhatsApp

 

 

ދަނޑުވެރިން އުފައްދާ ތަކެތި ފިނިކޮށް ބެހެއްޓުމަށް ރައްކާކުރެވޭނެ ގޮތްތަކެއް ނުވަ ރަށެއްގައި ގާއިމުގެ ކުރުމުގެ މަސައްކަތް މަސައްކަތް އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ފަށައިފިއެވެ.

ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ބުނީ މިއީ ތާޒާކަމާއެކު ކަސްޓަމަރުންނާއި ހަމައަށް ދަނޑުވެރިން ހައްދާ ތަކެތި ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއަކީ ޔޫއެންޑީޕީގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށާ، މި މަޝްރޫއުގެ ދަށުން ނުވަ ރަށެއްގައި ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުންއަންނަ ކަމަށެވެ.

އެގްރޯނެޓުން ކޯލްޑް ސްޓޯރޭޖް ގާއިއިމްކުރާ ނުވަރަށަކީ ނ.މަނަދޫ، ރ.ކިނޮޅަސް، ފ.މަގޫދޫ، ލ.ގަން، ލ.އިސްދޫ، ލ.ކަލައިދޫ، ގއ.ނިލަންދޫ، ޏ.ފުވައްމުލައް އަދި އައްޑޫސިޓީ ހުޅުމީދޫއެވެ.

އެގްރޯއިން ބުނީ ދަނޑުވެރިން ހައްދާ ތަކެތި ފިނިކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ ބިންތައް އެރަށްތަކުން ލިބިފައިވާ ކަމަށާ ވީހާވެސް އަވަހަކަށް އަމަލީ މަސައްކަތް ފެށުމަތް ތައްޔާރުވާއިރު އަންނަ އަހަރުގެ މެދުތެރޭގައި އަމަލީ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭކަމަށެވެ.

މިދިޔަ އަހަރު އޭޕްރީލްގައި މަސައްކަތްފެށި އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަގްސަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް