ފްލައިޓެއް ހައިޖެކް ކުރާނެކަމަށް ބުނެގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp

މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެކަމަށް ބުނެ އިންޒާރުދިނުމާ ގުޅިގެން ހައްޔަރުކުރި  މީހާ ދޫކޮށްލައިފިއެވެ.

އެ މީހާ ހައްޔަރުކުރީ ފުވައްމުލަކުން މާލެ އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހުއެވެ.

މި  މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

އެމީހާގެ ބަންދާމެދު ގޮތެއް ނިންމަން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ޝަރުތުތަކަކާއި އެކު އޭނާ ވަނީ ދޫކޮށްލާފައެވެ.

ފްލައިޓެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދިނުމަކީ ވަރަށް ސީރިއަށް މައްސަލަތަކެއްގެ ގޮތުގައި ހުރިހާ ގައުމަކުންވެސް ބަލާ މައްސަލަތަކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް