އެމްޑީޕީގެ ލީޑަޝިޕަށް ބައްދަލުތަކެއް ގެންނަންޖެހޭ: ނަޝީދު

Loading

Facebook
Twitter
WhatsApp

ނިމިދިިޔަ ޗެއާޕާސަން އިތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގަބޫލުފުޅު ކުރައްވަނީ އެ ޕާޓީގެ ލީޑާޝިޕަށް ބަދަލެއް ގެންނަން ޖެހޭކަމަށައި އެގޮތުން ލަސްކުރުމެއްނެތި މިއަދު އެބަދަލުތައް ގެނަންވާނެ ކަމަށެﷲވެ.އެގޮތުގައި އެންމެ ފުރަތަމަ ބައްދަލު ކުރައްވާނީ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާ އެކު ކަމަށާއި އަދި މިއަދު މެންދުރު ފަހު ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަޙުމަދު ނަސީމްއާ ވެސް ބައްދަލު ކުރައްވަން ހަމަޖެހިފައިވެ އެވެ.

މީކާއީލަކީ އިންތިހާބުގައި ނަޝީދާ ވާދަކުރެއްވި ރައީސް އިބޫ ފަރާތުގެ ކެންޑިޑޭޓެވެ.އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލްއާ ވެސް ނަޝީދު މިއަދުގެ ވަގުތެއްގައި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. ނަޝީދު ވިދާޅުވަނީ އެމްޑީޕީ އަކީ ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ހަކަތަ ކުރިހާގޮތަކުންވެސް ހުރި ޕާޓީއެއްގެ ގޮތުގައި އޮންނަންޖެހޭނޭ ކަމަށެވެ. އެގޮތުން މަގުމަތީ ސީދާ ޙަރަކާތަށް ދާންޖެހޭ ޙާލަތެއްގައިވެސް ބިރުފަހަނަޅައި އެކަންވެސް ކުރިއެކޭ އެއްގޮތަށް ކުރެވެން ޖެހޭނޭކަމަށެވެ.އެމްޑީޕީގެ ކަރަޕްޝަނާއި، އޭރުގެ ފަސާދަތަކާއި ދެކޮޅަށް ޕާޓީ ދޫކުރަށްވައި ވަޑައިގެން އަމިއްލަ ޕާޓީ ދަ ޑިމޮކްރެޓްސް އުފަށްދަވައި މާބޮޑު ކާމިޔާބީއެއް ނުކުރެވުނު ނަމަވެސް އަބަދުވެސް ޕާޓީގެ އާންމު މެމްބަރުން ދެކޭގޮތުގައި އެ ޕާޓީ ހިތާ ހިތުގެ ގުޅުމަކީ ސީދާ ރައީސް ނަޝީދެވެ. ކުރިއަށްއޮތް ދުވަސްތަކުގައި އެކަން ފެނިގެންދާނެކަމަށް ގްރާސްރޫޓް މެމެބަރުން ޔަގީންކަން ދެއެވެ. ޕާޓީގެ ސެކްރެޓޭރިއެޓްގެ ބޭފުޅުންނާވެސް އިއްޔެ ވަނީ ބަައްދަލު ކުރައްވާފައެވެ.

8

Loading

Leave a Reply

ފަހުގެ އަޕްޑޭޓް