އިޒްރޭލުގެ ނޫހެއް ކަމަށްވާ ”ހާރެޓްޒް“ އިން ފާހަގަކޮށްފައިވާ އާ ތަހުގީގަކާއެކު، ޣައްޒާގައި ހިނގަމުންދާ ނުރައްކާތެރި ހަނގުރާމައިގެ އަސްލާ މެދު އުފެދިފައިވާ ބަހުސްތައް އަލުން ވަނީ ހޫނުވެފައެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިއަދު ފެންނަމުންދާ ހާދިސާތަކަކީ މީގެ އެތައް އަހަރެއް ކުރިން އެކުލަވާލާފައިވާ ސިޔާސަތުތަކާއި ރޭވުންތަކެއްގެ ނަތީޖާއެވެ.މި ބަހުސް އިތުރަށް ވަރުގަދަވެގެން ދިޔައީ 1967 ވަނަ އަހަރުގެ ހަ ދުވަހުގެ ހަނގުރާމައިގައި ބައިވެރިވި އިޒްރޭލު ސިފައިންގެ ކުރިން ހާމަނުކުރާ ބަޔާންތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އަބްރަހަމް ޝަޕީރާ ލިޔެފައިވާ ”ދަ ސެވަންތް ޑޭ: ސޯލްޖާސް ޓޯކް އެބައުޓް ދަ ސިކްސް-ޑޭ ވޯ“0 ފޮތަށް އެއްކޮށްފައިވާ މި ބަޔާންތަކުގައި، ފަލަސްތީނުގެ އާންމުންނަށް އަމާޒުކޮށް ހަމަލާދިނުމަށާއި، ފަލަސްތީނު މީހުން އެމީހުންގެ ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވާނެ ފަދަ ހާލަތްތައް މެދުވެރިކުރުވުމަށް ސިފައިންނަށް އަމުރު ލިބިފައިވާ ކަމަށް ބުނެފައިވެއެވެ.މި ބަޔާންތަކުގައިވާ ގޮތުން، ބައެއް ސިފައިން ވަނީ ފަހުން އެއީ އިންސާފެއް ނޫން ކަމަށް ގަބޫލުކުރެވޭ ފަދަ އޮޕަރޭޝަންތަކުގައި ބައިވެރިވި ކަމަށް އިއުތިރާފުވެފައެވެ. ކުރީގެ ސިފައިންގެ މީހަކު ކިޔައިދީފައިވާ ގޮތުގައި، ސިފައިންނަށް ފަލަސްތީނު މީހުންނަކީ އިންސާނުންގެ ގޮތުގައި ފެނުން މަޑުމަޑުން ހުއްޓުނެވެ. އަދި އަނެއް ބަޔަކު ވަނީ އަސްކަރީ އަމުރުގެ ދަށުން އާންމުން މެރުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ބުނެފައެވެ.މި ހާމަވުންތަކާ ގުޅޭގޮތުން ނޫސްވެރިޔާ ޖޮނަތަން ކުކް، މިޑްލް އީސްޓް އައިގައި ލިޔެފައިވާ މަޖައްލާއެއްގައި ބުނެފައިވަނީ، 2023 އޮކްޓޯބަރުން ފެށިގެން ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ އަމަލުތަކަކީ ވަކިވަކި ހާދިސާތަކެއް ނޫން ކަމަށާއި، އެއީ މާ ކުރީއްސުރެ ހިނގަމުން އަންނަ ތާރީޚީ ސިލްސިލާއެއްގެ ބައެއް ކަމަށެވެ. ކުކް ވަކާލާތުކުރާ ގޮތުގައި ފަލަސްތީނު މީހުން ބޭރުކޮށްލުމަށް އަމާޒުކޮށްފައިވާ ސިޔާސަތުތަކަކީ އިޒްރޭލު އުފެދުނު ދުވަސްވަރުން ފެށިގެން އައިސް، 1967 ގެ ހަނގުރާމައަށްފަހު އިތުރަށް ތަރައްގީކޮށްފައިވާ ސިޔާސަތުތަކެކެވެ.މި ތަހުގީގުގައި ހަވާލާދީފައިވާ ތާރީޚީ ރެކޯޑުތަކުގެ ތެރޭގައި އޭރުގެ އިޒްރޭލުގެ ބޮޑުވަޒީރު ލެވީ އެޝްކޯލް ދެއްވާފައިވާ ބަޔާންތައް ހިމެނެއެވެ. 1967 ގައި އިޒްރޭލުން ޣައްޒާ، ހުޅަނގު އައްސޭރި އަދި އިރުމަތީ ގުދުސް ހިފުމަށްފަހު، ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ އަދަދު މަދުކުރެވޭނެ ގޮތްތަކާ މެދު އެޝްކޯލް މަޝްވަރާކުރެއްވި ކަމަށް ރިޕޯޓުތައް ބުނެއެވެ. ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އިގްތިސާދީ ދަތިކަމާއި އަސާސީ ވަސީލަތްތައް ހަނިކުރުމުގެ ސަބަބުން އެތަނުގެ ރައްޔިތުން އެތަން ދޫކޮށް ދިއުމަށް ހިތްވަރު ލިބޭނެ ކަމަށް އޭނާ ލަފާދެއްވިއެވެ.ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި ޚިޔާލުތަކަކީ 2007 ވަނަ އަހަރަށްފަހު ޣައްޒާއަށް އަޅާފައިވާ ”ބްލޮކޭޑް“ ފަދަ ފަހުގެ ސިޔާސަތުތަކުގެ ބިންގަލެވެ. ދަތުރުފަތުރު ކުރުމާއި، ވަސީލަތްތަކާއި އިގްތިސާދީ ހަރަކާތްތައް ހަނިކުރުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ދިރިއުޅުން ދަތިކުރުމަށް ކުރެވޭ ފުޅާ މަސައްކަތެއްގެ ބައެއް ކަމަށް އެފަރާތްތަކުން ތުހުމަތު ކުރެއެވެ.މީގެ އިތުރުން، 1967 ގެ ހަނގުރާމައިގެ ތެރޭގައާއި އޭގެ ފަހުން އެތައް ލައްކަ ފަލަސްތީނު މީހުންނެއް ރަށުން ބޭރުކޮށްލެވުނު ކަމަށް ތާރީޚީ ދިރާސާތަކުން ދައްކާ ކަމަށް މި މަޖައްލާގައި ފާހަގަކޮށްފައިވެއެވެ. ”ހާރެޓްޒް“ އިން ހަވާލާދީފައިވާ ދިރާސާވެރިން ބުނާ ގޮތުގައި، މީހުން ބޭރުކުރުމާއި، އަވަށްތައް ސުންނާފަތިކުރުމާއި، ރަށުން ބޭރުކޮށްލެވުނު މީހުން އެނބުރި އައުން ހުއްޓުވުމަށް ކުރި މަސައްކަތްތަކަކީ ކުރިން ގަބޫލުކުރެވުނު ވަރަށް ވުރެ މާ ފުޅާކޮށް ހިންގާފައިވާ ކަންކަމެވެ.އިޒްރޭލަށް ތާއީދުކުރާ ފަރާތްތަކުން މިހާރުގެ އަސްކަރީ އޮޕަރޭޝަންތަކަކީ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ބުނާ ވާހަކަތައް ދޮގުކުރެއެވެ. އެފަރާތްތަކުން ބުނާ ގޮތުގައި ޣައްޒާގައި ހިންގާ ހަރަކާތްތަކަކީ ހަމާސްގެ ހަމަލާތަކާއި ސަލާމަތީ ނުރައްކާތަކަށް ރައްދު ދިނުމުގެ ގޮތުން ކުރާ ކަންކަމެވެ. އިޒްރޭލުގެ އޮފިޝަލުން ގެންދަވަނީ ނަސްލީ ސާފުކުރުމުގެ ނުވަތަ ނަސްލު ނައްތާލުމުގެ ސިޔާސަތެއް ގެންގުޅޭ ކަމަށް ކުރެވޭ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކުރައްވަމުންނެވެ. އެހެންނަމަވެސް، އަލަށް ފެންމަތިވި ހެކިބަސްތަކުގެ ސަބަބުން، ޣައްޒާގެ މައްސަލައިގެ އަސްލަކީ ދާދިފަހުން ހިނގި ކަންތައްތަކަށްވުރެ މާ ކުރީގެ ކަންތައްތަކެއްތޯ އާއި، އަދި މިއީ މީގެ އެތައް އަހަރެއް ކުރިން ރޭވިފައިވާ ސިޔާސަތުތަކެއްތޯ ބެހޭގޮތުން ބައިނަލްއަގުވާމީ މައިދާނުގައި އާ ބަހުސްތަކެއް ވަނީ އުފެދިފައެވެ. އަޅުގަނޑުމެން މުސްލިމުންގެ ނަޒަރުގައި، އިސްރާއިލުގެ ޔަހޫދީން ދޮގުމައްޗަށް ދޮގުހެދިޔަސް، ފަސްއަޅައި ފޮރުވާ ނުލެވޭނެ ހަޤީޤަތެއް އެބައޮތެވެ. އެއީ އިސްރާއީލުގެ ޔަހޫދީންގެ ހަޤީޤީ މަޤުސަދަކީ މުސްލިމުންގެ ނަސްލު ނައްތައިލުމެވެ. އެމީހުންގެ ފޮރުވިފައިވާ އެޖެންޑާތައްވެސް ވަށާޖެހެނީ ހަމަ އެ މަޤުސަދާއެވެ
![]()
