ބިގް ބޮސް 13 ކާމިޔާބުކުރި އެކްޓަރު ސިއްދާތު ޝުކުލާ މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ބިގް ބޮސް 13 ކާމިޔާބުކުރި އެކްޓަރު ސިއްދާތު ޝުކުލާ މަރުވެއްޖެއެވެ.

އާންމުންގެ މެދުގައި މަޝްހޫރު ގިނަ ޓީވީ ޑްރާމާ ތަކުގައި މަސައްކަތްކޮށް ބެލުންތެރިންގެ ހިތްތައް އަތުލާފައިވާ ސިއްދާތު މަރުވީ ހާޓް އެޓޭކެއްޖެހިގެންނެވެ.

ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރު ޑްރާމާ ބަލިކާ  ވަދޫ ފަދަ މަޝްހޫރު ޑްރާމާތަކުގެ ލީޑް ރޯލް ކުޅެފައިވާ ސިއްދާތު  މިއަދު މަރުވި އިރު އޭނާގެ އުމުރަކީ 40 އަހަރެވެ.

އިންޑިއާ ނޫސްތަކުން ބުނާގޮތުގައި އޭނާ މަރުވީ މިއަދު 11 ޖެހި އިރު ކުއްލި ގޮތަކަށް ހާޓް އެޓޭކެއް ޖެހިގެންނެވެ. މިހާރު އޭނާ ވީ މުމްބާއީގެ ކޫޕާ ހޮސްޕިޓަލުގައެވެ.

ސިއްދާތު ކުޅެފައިވާ މަޝްހޫރު ޑްރާމާތަކުގެ ތެރޭގައި ބަލިކާ ވަދޫ، ބަބުލްކާ އާގަން، ޗޯޓޭ ނަންބަރު ވަން ހިމެނެއެވެ. އދި އޭނާ އަކީ ބައެއް ފިލްމު ތަކުގައި ވެސް ސަޕޯޓިވް ރޯލްގެކުޅެފައިވާ އަދި ވީޑިއޯ ލަވަތައް ކުޅެފައިވާ މީހެކެވެ. އަދި މީގެ އިތުރުން އިންޑިއާގެ އެންމެ މަޝްހޫރު ރިއަލިޓީ ޝޯ ބިގްބޮސް 13 އާއީ ކަތުރޯކީ ކިލާޅީ 7 އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް