ޖީއާން މަރުވި މައްސަލައިގައި ބަދަލެއްގެ ގޮތުން 4.5 މިލިއަން ރުފިޔާ ދޭން އަމުރުކޮށްފި

Loading

Facebook
Twitter
WhatsApp

 

ސިންމެތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވި ބަންގްލަދޭޝްގެ އަންހެން ކުއްޖެއް ކަމަށްވާ ރައުޝާން ޖިއާން މަރުގެ މައްސަލާގައި 4.2 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، 4.5 މިލިއަން ރުފިޔާ ޑަބްލިއު ކޮންސްޓްރަކްޝަން އިން ދެ މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރަން ޖެހޭނެ ކަމަށެވެ.

ހަތް އަހަރުގެ ޖިއާން މަރުވާން މެދުވެރިވި ސިމެންތި ބަސްތާ ވެއްޓުނީ ޑަބްލިއު ކޮންސްޓްރަކްޝަންއިން ހަދަމުންދިޔަ މ.ނަލަހިޔާ މަންޒިލްގެ މަތިންނެވެ. މި ހާދިސާ ހިނގާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހުއެވެ.

މި މައްސަލައިގައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް ޖިއާންގެ މަންމަ ޑރ. ފަރުޒާނާ ހުސައިން އާއި ބައްޕަ މުހައްމަދު ކަމާލުއްދީން ޖާވިދުގެ ފަރާތުން އެދުނީ 17.4 މިލިއަން ރުފިޔާއެވެ. ނަމަވެސް ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ، ބަދަލެއްގެ ގޮތުގައި ނަގައިދެވޭނީ 4.5 މިލިއަން ރުފިޔާ ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ، ޖިއާން ނިޔާވީ ޑަބްލިއު ކޮންސްޓްރަކްޝަންގެ މުވައްޒަފުންތަކެއް، އެ ކުންފުނީގެ ރަސްމީ މަސައްކަތުގެ ތެރެއިން ފަރުވާކުޑަ ކުރުމުގެ ސަބަބުންކަން ޖިނާއީ މިންގަނޑުން ޝރީއަތަށް ސާބިތުވާތީ، އެކަމުގެ ސަބަބުން ޖިއާންގެ މައިންބަފައިންނަށް ލިބިފައިވާ ގެއްލުމުގެ މަދަނީ މަސްއޫލިއްޔަތު ވައިކޭރިއަސް ލައިބިލިޓީގެ ދަށުން ޑަބްލިއު ކޮންސްޓްރަކްޝަން އުފުލަންޖެހޭކަން ސާބިތުވާ ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގާއި ހާދިސާ ހިނގި ސައިޓްގެ ސްޕަވައިޒަރު މޫސާ ހަސަން އަދި އެ ތަނުގައި އެ ވަގުތު މަސައްކަތް ކުރަމުން ދިޔަ ހަތަރު ބިދޭސީންގެ މައްޗަށެވެ.

މައްސަލައިގައި 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި އާދަމް ޝަފީގު ފިޔަވައި އެހެން މީހުންގެ މައްޗަށް ވަނީ ކުށް ސާބިތުވެފަ އެވެ. އެމްޑީ ޝަފީގަށް ކުށް ސާބިތު ނުވާ ކަމަށް ގާޒީ އަލީ ރަޝީދު ނިންމެވީ އެ ހާދިސާއާ ގުޅޭ އަމަލީ އެއްވެސް ކަމެއްގައި އޭނާ ބައިވެރިވެފައިނުވާތީ އެވެ.

މި މައްސަލައިގައި ދެ ބިދޭސީއެއްގެ މައްޗަށް ޖަލު ހުކުމެއް އިއްވިއެވެ. އެގޮތުން އެކެއްގެ މަށްޗަށް ހަ އަހަރުދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު ދެން ހުރި މީހާއަށް އިއްވީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

އަދި އިމާރާތް މަސަކަތް ކުރަން އުޅުނު ސްޕަވައިޒަރު މޫސާ ހަސަން ވަނީ 115،200ރ. އިން ޖޫރިމަނާ ކޮށްފައި ވާއިރު ސިމެންތި ބަސްތާތައް ބަރުކުރުމުގައި އުޅުނު ދެ މީހަކަށް ވަނީ 7،200ރ. އިން ޖޫރިމަނާކޮށްފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް