އަލިފުށީ އެއާޕޯޓް އަޅަން އެމްޓީސީސީ އަށް

Loading

Facebook
Twitter
WhatsApp

 

ރ.އަލިފުށީގައި ތަރައްގީކުރުމަށް ހަމަޖައްސާފައިވާ އެއާޕޯޓުގެމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އަލިފުށީގެ ބިން ހިއްކާ އެއާޕޯޓު ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރުމުގެ އެއްބަސް ވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

އަލިފުށީގައި އެއަރޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކާ އެއާޕޯޓު ތަރައްގީކުރުމަށް ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

451.6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްގީކުރާ މިމަޝްރޫއުގެ ދަށުން 1200 މީޓަރުގެ ދިގު ރަންވޭއެއް އެޅުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ ދަށުން އަލިފުށިން 50.5 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. ޕްލޭނިން މިނިސްޓްރީން ބުނީ މީގެތެރެއިން 40.5 ހެކްޓަރުގެ ބިމަކީ އެއަރޕޯޓު ހެދުމަށް ހާއްސަކޮށްފައިވާ ބިން ކަމަށާ އަދި އަނެއް 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްގީއަށާއި ގެދޮރުވެރިކަމަށް ބޭނުންކުރުމަށް ހިއްކާ ބިންކަމަށެވެ.

އަދި ހިއްކާ ބިން ހިމާޔަތްކުރުމަށް 2871 މީޓަރުގެ ރިވެޓްމަންޓަކާއި 480 މީޓަރުގެ ފައިކަށި ޖެހުންވެސް މި މަޝްރޫގައި ހިމެނެނެއެވެ.
އަލިފުށީ އެއާޕޯޓް މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮފައިވާއިރު މިހާރުވެސް އެ ކުންފުނިން އަންނަނީ ގދ.ފަރެސްމާތޮޑާ އެއާޕޯޓު ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް