މުވައްޒަފުންނަށް އިތުރަށް ދިން ފައިސާ ހޯދުމުގެ މަސައްކަތް ފަށައިފި

Loading

Facebook
Twitter
WhatsApp

 

ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް މިދިޔަމަހުގެ މުސާރަ ދިންއިރު އިތުރަށް ދީފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ފަށައިފިއެވެ.

އެ މުވައްޒަފުންނަށް އިއްޔެ މުސާރަ ޖަމާވިއިރު ބައެއް ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް 70000 ރުފިޔާއިން މަށްޗަށްވެސް  މުސާރައިގެ ގޮތުގައި ފައިސާ ޖަމާވެފައިވެއެވެ.

ނަމަވެސް އެ ފައިސާ ތަކަކީ އޮޅިގެން ޖަމާކުރެވިފައިވާ ފައިސާ ތަކެއް ކަމަށްވާތީ އެގޮތަށް މުސާރަ ލިބުނު 100 އެއްހާ މުވައްޒަފުންނަށް އެކަން ވަނީ އަންގާފަ އެވެ.

ބައެއް މުވައްޒަފުންނަށް އިތުރަށް ޖަމާވިއިރު ލިބެންޖެހޭ މުސާރަ އަށް ވުރެ ކުޑަކޮށް މުސާރަ ޖަމާވި މުވައްޒަފުން ވެސް ތިއްބެވެ.

މަދުން މުސާރަ ލިބުނު މުވައްޒަފުންނަށް ވެސް އެ މީހުންގެ ހަމަ މުސާރަ ލިބޭނެ ކަމަށް މިހާރު ވަނީ އަންގާފަ އެވެ.

އަދި އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން އެދިގެން ބޭންކްތަކުން ވަނީ މުސާރައިގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ޖަމާވި މުވައްޒަފުންގެ އެކައުންޓްތައް ފްރީޒް ކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން މިކަމާއި ގުޅޭގޮތުން ބުނީ މިދިޔަ މަހުގެ މުސާރަ ޖަމާކުރިއިރު ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާކުރުމުގައި އުނި އިތުރު އައިސްފައިވާކަމަށެވެ.

އެގޮތުން 1796 މުވައްޒަފުންނަށް މުސާރައިގެ އުނި އިތުރު އައިސްފައިވާކަން ފާހަގަކުރެވިފައިކަމަށް ވެސް ފިނޭންސްން ބުނެއެވެ.
މިކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވަނީ ރޭ 7:45 ގައިކަމަށާއި، މިގޮތަށް ދިމާވެފައިވަނީ މުސާރަ ޝީޓްގެ އަދަދުތައް އިސްފަސްވުމުގެ ސަބަބުންކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް