ވެރިކަންކުރާ ނިޒާމް ބަދަލުކުރުމަށް ވޯޓެއްނަގަން އެއްބަސް ވެފައި ނުވާނެ: އެމްއާރްއެމް

ރާއްޖޭގައި ވެރިކަން ކުރާ ނިޒާމް ބަދަލުކުރުމަށް ވޯޓެއްނަގަން އެއްބަސްފައި ނުވާނެ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފިއެވެ. ރައީސް ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދި ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީ ނޫން އެހެން ޕާޓީތަކުން، ބަރުލަމާނީ ނިޒާމު ގެނައުމަށް ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ތާއީދުކުރި ކަމަށެވެ. މިކަމާގުޅިގެން އެމްއާރްއެމް އިން ބުނީ ވެރިކަމުގެ ނިޒާމު […]
ނިޒާމް ބަދަލުކުރަން ވޯޓެއްނަގަން ސަރުކާރު ކޯލިޝަން ޕާޓީތަކުން އެއްބަސްވި: ނަޝީދު

ރާއްޖޭގައި ވެރިކަންކުރާ ނިޒާމް ބަރުލަމާނީ ނިޒާމްގެނައުމަށް ވޯޓެއްނަގަން ސަރުކާރު ކޯލިޝަން ޕާޓީތަކުން އެއްބަސްވިކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދަށް އަމާޒުކޮށްގެން މެއި 6 ގައި ދިން ބޮމުގެ ހަމަލާއަށްފަހު، ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި އެމަނިކްފާނު ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށް އެމްޑީޕީން އެކުލަވައިލި މެނިފެސްޓޯގައި ވެސް ނިޒާމު ބަދަލުކުރުމުގެ ވާހަކަ ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި އެމްޑީޕީން ނުކުތް ކެނޑިޑޭޓަށް […]
ގުރޭޑް 1ގެ ދަރިވަރުންގެ އަތުން ގްރުއާން ފޮތްތައް ނަގަނީ

ގުރޭޑް 1ގެ ދަރިވަރުންގެ ގުރުއާން ފޮތުން މައްސަލައެއް ފާހަގަވެފައިވާތީ އެކަމާ ގުޅިގެން އެ ގްރޭޑް ދަރިވަރުންގެ އަތުން ފޮތްތައް ނަގަން އެޑިއުކޭޝަނުން އަންގައިފިއެވެ. ގްރޭޑް އެކެއްގެ ދަރިވަރުންގެ ފޮތްތަކުގައި މައްސަލަ އެއް ހުރިކަން ފާހަގަކުރެވުނީ މިދިޔަ ހަފްތާގައެވެ. އެޑިއުކޭޝަނުން ބުނީ އެއީ ފޮތްތައް ޕްރިންޓް ކުރި އިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާކަމަށެވެ. މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތަކަށް ސާކިއުލާއެއް ފޮނުވާ، އެ ސާކިއުލާއާ އެއްގޮތަށް އަމަލުކުރުމަށް އަންގާފައިވެއެވެ. އެޑިއުކޭޝަނުން އަންގާފައިވަނީ ކުދިންގެ […]
އިސްލާމް ފޮތްތަކުގައި ކުށް ހުރީ ކޮމިޓީން ބަލަންވާ ވަރަށް ނުބެލީމަ: އިސްލާމިކް މިނިސްޓަރު

ރާއްޖޭގެ ސުކޫލުތަކުގައި ދަރިވަރުން ކިޔަވުމަށް ބޭނުންކުރަމުން އަންނަ އިސްލާމާއި ޤުރުއާން ފޮތްތަކުގެ ގިނަ ސޫރަތްތަކެއް ނުބައިކޮށް ލިޔެވިފައިވަނީ އިސްލާމިކް މިނިސްޓްރީ ތެރޭގައި އޮންނަ ފޮތް ފާސް ކުރާ ކޮމިޓީން އެންމެ އެކަށީގެންވާ ވަރަށް ބެލިފައިނުވާތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެއެވެ. މިފަހަކަށް އައިސް ދަރިވަރުންނަށް ކިޔަވައިދޭން ބޭނުން ކުރާ އިސްލާމް ފޮތްތަކުގައި ގިނަ އާޔަތް ތަކެއް ނުބައިކޮށް ހުރި މައްސަލަތަކެއް ވަނީ މީސްމީޑިޔާގައި އާންމު ވާން ފަށާފައެވެ. ޢެންމެ ފުރަތަމަ […]
އަންހެނުންނަށް އިސް ވަޒީފާތައް ދިނުމަށް އެދި އަފުޣާނިސްތާނުގައި މުޒާހަރާކޮށްފި

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި މިދިޔަ ހޮނިހިރު ދުވަހު އެތައް ބަޔަކު ވަނީ މުޒާހަރާކޮށްފައެވެ. މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މުޒާހަރާގެ ބައިވެރިވެރިން ވަނީ ރިޔާސީ ގަޑުވަރު ކުރިމަތީގައި އެއްވެ ތިބެ ސަރުކާރު ހިންގުމުގެ އިސް މަގާމުތަކުގައި އަންހެނުންނަށްވެސް ވަޒީފާ އަދާ ކުރެވެން ޖެހޭނެ ކަމަށްބުނެ އަޑު އުފުލާފައެވެ. މުޒާހަރާގެ ބައިވެރިއެއް ކަމުގައިވާ އުމުރުން 26 އަހަރުގެ ރާޒިޔާ ބަރަކާޒީ، ބުނިގޮތުގައި މުޒާހަރާގެ ބައިވެރިން އެއްވެ އަޑުއުފުލުމުގެ ތެރޭގައި އެއްވެސް ވަރަކަށް ބާރުގެ ބެނުންކޮށްފައެއް ނުވެއެވެ. ނަމަވެސް […]
މުޣަލް އެމްޕަޔަރ- 11

https://sandhaanu.today/14431/ އާއި ގުޅޭ… އައުރެންގްޒޭބްގެ މި އަމަލުފުޅުތަކުގެ ސަބަބުން އެމަނިކުފާނުގެ މުޅިރަސްކަމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަން ފެށިތަން ފެނިގެންދިޔައެވެ. ރަސްކަމުގެ އެތެރޭންނާއި ބޭރުން އުފެދިގެން އަންނަންފެށި ދެކޮޅުވެރިކަމުގައި ގަނޑުވަރުތެރޭގެ ބައެއް އިއްޒަތްތެރިންވެސް ބައިވެރިވަމުންދިޔައެވެ. ރަސްކަމުގެ އަމުރުފުޅުތައް ބޮލާލައި ޖެހުމާއި އަދި ގަނޑުވަރުތެރޭގެ ބައެއް ޚާއްސުން ސިއްރިޔާތުގައި އިދިކޮޅު ޙަރަކާތްތަކަށް ތާއީދުކުރަމުން ގެންދިޔައެވެ. ރަސްގެފާނާ އިދިކޮޅު ހަރަކާތްތައް އިތުރުވާން ފެށުމުން އެކަންތައް ޙައްލުކުރެއްވުމަށްޓަކައި ގިނަދުވަސްތަކެއް ވަންދެން ރަސްކަމުގެ ކޮއިލުން ބޭރުގައި ހުންނަވަން ޖެހިވަޑައިގަތުމުގެ ސަބަބުން އިދިކޮޅުހަރާކާތްތައް ހިންގަމުންގެންދިޔަ ފަރާތްތަކަށް […]
ކުޅުދުއްފުށީ ސިޓީގެ ލޯކަލް މާރުކޭޓް ކޮވިޑް ފެސިލިޓީއަށް ބަދަލުކުރަނީ

ކުޅުދުއްފުށީސިޓީގެ ލޯކަލް މާރުކޭޓް ކޮވިޑަށް ފަރުވާ ދޭ ފެސިލިޓީއަށް އަކަށް ބަދަލުކުރުމަށް ނިންމައިފިއެވެ. މިކަމާ ގުޅޭގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު(ކޭއާރުއެޗު)ން ވަނީ އިއުލާނެއްކޮށްފައެވެ. ކޭއާރުއެޗުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުން ފުލޫ ކުލިނިކެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ލޯކަލް މާރުކޭޓު ކޮވިޑް ފެސިލިޓީއެއް ގާއިމްކުރުމަށް ބޭނުންވާކަމަށެވެ. އަދި މި ކޮވިޑް ފެސިލިޓީ ގާއިމުކުރުމަށް ތަނަށް ގެންނަށްޖެހޭ ބަދަލުތައް ގެނެސްދޭނެ ފަރާތެއް ހޯދުމަށް އެ ހޮސްޕިޓަލުން ވަނީ އިއުލާންކޮށްފައެވެ. މި މަސައްކަތް ކޮށްދިނުމަށް […]
މާލޭގެ ގެއަކުން ހަރުފައެއް ފެނިއްޖެ

މާލޭގެ ގެއަކުން ހަރުފައެއް ފެނިއްޖެއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ މި ހަރުފަ ފެނިފައިވަނީ މ. މަރުދާނުގެއިން ކަމަށެވެ. ސިފައިން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުނީ 15:33ގައި ކަމަށާ އެމައުލޫމާތާ ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުސާވިސް އިން އެގެއަށް ގޮސް އެހަރުފަ ސިފައިގެން ބެލުމުގެ ދަށަށް ގެންދިޔަކަމަށެވެ. ސިފައިންވަނީ އެ ހަރުފައާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް އާންމުކޮށްފައެވެ. ނަމަވެސް އެހަރުފަ އަކީ ކިހިނެތް ފެނުނު އެއްޗެއް ކަމެއް […]
ތަރައްގީގެ ކޮންމެ މަޝްރޫޢަކުން ވެސް ކުރަނީ ވައްކަން….؟

ގައުމު ތަރައްގީ ކުރުމުގެ ނަމުގައި ހިންގާ މަޝްރޫޢުތައް ހަވާލުކުރެވޭ ފަރާތަކީ ބޭރު ބަޔަކަށް ވިޔަސް އަދި އެތެރޭގެ ބަޔަކަށް ވިއަސް ކޮންމެ މަޝްރޫޢަކުން ވެސް ސަރުކާރުގެ ބޮޑުންނަށް ބައިއެޅިގެން ބޮޑެތި ވައްކަން ކުރަމުންދާ ވާހަކަ ސޯޝަލް މީޑިޔާގައި ވަރަށް ބާރަށް އެބަ ދެކެވެއެވެ. މިވާހަކަތައް ކުށްވެރިކޮށް ހުކުރު ދުވަހުގެ ހުކުރު ޚުތުބާގައި ވަނީ އަލިއަޅުވާލައްވާފައެވެ. ދައުލަތުގެ އެންމެހައި ބާރުތަކާ މަޖިލީހުގެ މެންބަރުން ގަތުމަށް ފައިސާ ހޯދުމަށް ދައުލަތުން ވައްކަން އެބަ ކުރެއެވެ. މިސަރުކާރުން އެކަން އެކުރަނީ ތަރައްގީގެ […]
އެމެރިކާ އަސްކަރިއްޔާއިން ދިވެހި 36 ސިފައިން ތަމްރީންކޮށްފި

އެމެރިކާގެ އަސްކަރިއްޔާއާއި ގުޅިގެން ހިންގި ތަމްރީން ޕްރޮގްރާމެއްގައި 36 ސިފައިން ތަމްރީން ކޮށްފިއެވެ. “އެކްސަސައިޒް ލެންޓަރން މެޓަލް“ގެ ނަމުގައި އެމްއެންޑީއެފްން ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި އެމެރިކާގެ އަސްކަރިއްޔާގެ 11 އޮފިސަރުންގެ ޓީމަކުންވަނީ ހަރަކާތްތެރިވެފައެވެ. މި ތަމްރީން ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމަށް ލ.ކައްދޫގައި ހުންނަ އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ ކޮމާންޑުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ މިތަމްރީނަކީ ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު […]