އެމެރިކާ އަސްކަރިއްޔާއިން ދިވެހި 36 ސިފައިން ތަމްރީންކޮށްފި

Loading

Facebook
Twitter
WhatsApp

 

އެމެރިކާގެ އަސްކަރިއްޔާއާއި ގުޅިގެން ހިންގި ތަމްރީން ޕްރޮގްރާމެއްގައި 36 ސިފައިން ތަމްރީން ކޮށްފިއެވެ.

“އެކްސަސައިޒް ލެންޓަރން މެޓަލް“ގެ ނަމުގައި އެމްއެންޑީއެފްން ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި އެމެރިކާގެ އަސްކަރިއްޔާގެ 11 އޮފިސަރުންގެ ޓީމަކުންވަނީ ހަރަކާތްތެރިވެފައެވެ.
މި ތަމްރީން ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމަށް ލ.ކައްދޫގައި ހުންނަ އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ ކޮމާންޑުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ މިތަމްރީނަކީ ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް އަދި ވަރުގަދަ އަސްކަރީ ގުޅުމުގެ މައްޗަށް އޮތް ހެއްކެއްކަމަށެވެ. އަދި ދެޤައުމުގެ ދެމެދުގައި މިދިޔަ އަހަރު ސޮއިކުރި ޑިފެންސް ފްރޭމްވާކް އެގްރީމެންޓުގެ ސަބަބުން ދިފާއީ ރޮނގުން ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ފެންނަ ކަމެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދޭކަމަށެވެ. އެގޮތުން އިންސާނީ ހައްގުތަކުގެ ދާއިރާއިން އިލްމާއި ހޭލުންތެރިކަން ސިފައިންނަށް ދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ވާތީ މި ޓްރެއިން ޕްރޮގްރާމްގައި އިންސާނީ ހައްގުތަކާބެހޭ ބައެއް ހިމަނާފައިވާ ކަމަށެވެ.
މިރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަބްދުއްލާ ޝަމާލާއި، ޔޫއެސް އާރމްޑް ފޯރސަސް ކޮންޓިންޖަންޓުގެ ޓީމް ކޮމާންޑަރު ކެޕްޓަން ބެންޖަމިން ޒެއިސް އާއި ސިފައިންގެ ބައެއް އިސް ފަރާތްތަކުން ބައިވެރިވެ ވަޑައުގެންނެވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް