ގުރޭޑް 1ގެ ދަރިވަރުންގެ އަތުން ގްރުއާން ފޮތްތައް ނަގަނީ

Loading

Facebook
Twitter
WhatsApp

 

ގުރޭޑް 1ގެ ދަރިވަރުންގެ ގުރުއާން ފޮތުން މައްސަލައެއް ފާހަގަވެފައިވާތީ އެކަމާ ގުޅިގެން އެ ގްރޭޑް ދަރިވަރުންގެ އަތުން ފޮތްތައް ނަގަން އެޑިއުކޭޝަނުން އަންގައިފިއެވެ.

ގްރޭޑް އެކެއްގެ ދަރިވަރުންގެ ފޮތްތަކުގައި މައްސަލަ އެއް ހުރިކަން ފާހަގަކުރެވުނީ މިދިޔަ ހަފްތާގައެވެ. އެޑިއުކޭޝަނުން ބުނީ އެއީ ފޮތްތައް ޕްރިންޓް ކުރި އިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާކަމަށެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތަކަށް ސާކިއުލާއެއް ފޮނުވާ، އެ ސާކިއުލާއާ އެއްގޮތަށް އަމަލުކުރުމަށް އަންގާފައިވެއެވެ.

އެޑިއުކޭޝަނުން އަންގާފައިވަނީ ކުދިންގެ ފޮތްތައް ސްކޫލުން ނެގުމަށެވެ. އަދި ފޮތްތަކުގައި ދިމާވެފައިވާ އެ މައްސަލަ އިސްލާހު ކުރުމަށް ފަހުގައި ފޮތްތައް ދަރިވަރުންނަށް ދިނުމަށް ވެސް ވަނީ ސްކޫލުތަކަށް އަންގާފައެވެ.

ދަރިވަރުންގެ އަތުން ފޮތްތައް ނަގަން އަންގާފައިވާއިރު އެ މައްސަލަ ހައްލު ކުރެވެންދެން ކުދިންގެ ކިޔެވުމަށް ބުރުނާރާނެ ގޮތަށް ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް ވެސް އެޑިއުކޭޝަނުން ސްކޫލުތަކަށް ވަނީ އަންގާފައެވެ.

ގްރޭޑް1ގެ ދަރިވަރުންގެ ފޮތްތަކުގައި މައްސަހުރިކަން ފާހަގަވެ އެކަން ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު ގްރޭޑް 2އަދި ގްރޭޑް 10ގެ އިތުރުން ގްރޭޑް 12ގެ އިސްލާމް ފޮތްތަކުގައި ވެސް އެފަދަ މައްސަލަތަކެއް ހުރި ކަމަށް ބައެއް އިލްމުވެރިން ސޯޝަލް މީޑިއާގައިވަނީ ވަނީ ފާހަގަކޮށްފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީއ އެ ފޮތްތައް ޕްރިންޓް ކުރުމުގެ ކުރިން އެންއައިއީ އަދި އިސްލާމިކް މިނިސްޓްރީން ޗެކްކުރި ކަމަށާއި އެ މައްސަލަ ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި  ފޮތްތަކުގައި ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް