ވެރިކަންކުރާ ނިޒާމް ބަދަލުކުރުމަށް ވޯޓެއްނަގަން އެއްބަސް ވެފައި ނުވާނެ: އެމްއާރްއެމް

Loading

Facebook
Twitter
WhatsApp

 

ރާއްޖޭގައި ވެރިކަން ކުރާ ނިޒާމް ބަދަލުކުރުމަށް ވޯޓެއްނަގަން އެއްބަސްފައި ނުވާނެ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

ރައީސް ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދި ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީ ނޫން އެހެން ޕާޓީތަކުން، ބަރުލަމާނީ ނިޒާމު ގެނައުމަށް ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ތާއީދުކުރި ކަމަށެވެ.

މިކަމާގުޅިގެން އެމްއާރްއެމް އިން ބުނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓަކަށް އެމްއާރްއެމްއިން އެއްވެސް އިރެއްގައި އެއްބަސްވެފައި ނުވާނެ ކަމަށާއި ރައީސް ނަޝީދުގެ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ.

އެޕާޓީން ބުނީ އެޕާޓީން އަބަދުވެސް ތާއީދު ކުރަނީ ދިވެހި ރައްޔިތުންގެ ނިންމުން ކަމަށްވާ ރިއާސީ ނިޒާމަށްކަމަށާ ކޯލިޝަން ހެދުމުގެ މަޝްވަރާގައި ނިޒާމު ބަދަލުކުރުމުގެ ވޯޓަކަށް ދިޔުމުގެ މަޝްވަރާ ކުރި ނަމަވެސް އެމްއާރްއެމުން އެފަދަ ވޯޓަކަށް އެއްބަސްވެފައިނުވާނެކަމަށެވެ.

ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ވޯޓަކަށް ދިއުމަށް އަދާލަތުޕާޓީން އެއްބަސްވެފައިވާ ކަމަށް ނަޝީދުގެ ވިދާޅުވި ވިދާޅުވުމާގުޅޭގޮތުން އެޕާޓީން އަދި ވަކިއެއްޗެއް ހާމަނުކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް