ކުޅުދުއްފުށީ ސިޓީގެ ލޯކަލް މާރުކޭޓް ކޮވިޑް ފެސިލިޓީއަށް ބަދަލުކުރަނީ

Loading

Facebook
Twitter
WhatsApp

 

 

ކުޅުދުއްފުށީސިޓީގެ ލޯކަލް މާރުކޭޓް ކޮވިޑަށް ފަރުވާ ދޭ ފެސިލިޓީއަށް އަކަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން  ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު(ކޭއާރުއެޗު)ން ވަނީ އިއުލާނެއްކޮށްފައެވެ.

ކޭއާރުއެޗުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުން ފުލޫ ކުލިނިކެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ލޯކަލް މާރުކޭޓު ކޮވިޑް ފެސިލިޓީއެއް ގާއިމްކުރުމަށް ބޭނުންވާކަމަށެވެ.

އަދި މި ކޮވިޑް ފެސިލިޓީ ގާއިމުކުރުމަށް ތަނަށް ގެންނަށްޖެހޭ ބަދަލުތައް ގެނެސްދޭނެ ފަރާތެއް ހޯދުމަށް އެ ހޮސްޕިޓަލުން ވަނީ އިއުލާންކޮށްފައެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު މިމަހު 13 ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް ވެސް އިއުލާނުގައި ވެއެވެ.

މި މަސައްކަތުގެ މައުލޫމާތު ސާފުކުރުން މިމަހު 14 ވަނަ ދުވަހު 10:30 ގައި އަދި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުން މިމަހު 22 ވަނަ ދުވަހު 10:30 ގައި އޮންނާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
ކުޅުދުއްފުށި ސިޓީގައި މިހާރު ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަނީ ވަގުތީ އިމާރާތެ ކެވެ. އެ ސިޓީގައި ކޮވިޑަށް ފަރުވާ ދެވޭނެ ރަނގަޅު ފެސިލިޓީއެއް ނެތުމުގެ ކަންބޮޑުވުން ރައީސް އިބްރާހިމް މުހައްމަދު ސާލިހާވެސް ވަނީ ހިއްސާކޮށްފަ އެވެ.

ކުޅުދުއްފުއްޓަކީ އާބާދީ ބޮޑު ސިޓީ އަށް ވެފަ އަދި އެ ސަރަހައްދުގެ ރީޖަނަލް ހޮސްޕިޓަލް ހުންނަނީ ކުޅުދުއްފުށީގައި ކަމުން އުތުރުގެ ދިނަ އަދަދެއްގެ ބަޔެއްގެ ސިއްހީ ހިދުމަތަށް ބަރޯސާވަނީ ކުޅުދުއްފުއްޓަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް