އެސްޓީއޯ އިން ޑިޖިޓަލް ބޭންކް ހިދުމަތް ފަށަން ލައިސަންސަށް ހުށަހަޅައިފި

    ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ޑިޖިޓަލް ބޭންކުގެ ހިދުމަތް ފަށަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލައިސަންސް ހޯދުމަށް މިއަދު ހުށަހަޅައިފި އެވެ. ޑިޖިޓަލް ބޭންކް ހެދުމުގެ ހުއްދައަށް އެދުމަށްފަހު އެމްއެމްއޭ ކުރިމަތީގައި އެސްޓީއޯއިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ އެކުންފުނިން  ފަށާ ބޭންކިންގް ހިދުމަތަކީ މުޅިން ޑިޖިޓަލްކޮށް ކުރިއަށް ގެންދާނެ ބޭންކެއް ކަމަށާ އެ ބޭންކުގެ  ހިދުމަތްތައް އަވަސް ކަމާއެކު ފޯރުކޮށް ދެވޭނެ ކަމަށެވެ. އެގޮތުން […]

އަލިފުށީ ފަޅުގައި ރިސޯޓެއް ހަދަން އަންނަ މަހުތެރޭ ހުޅުވާލާނެ: މައުސޫމް

  ރ. އަލިފުށީ ފަޅު ހިއްކައިގެން ރިސޯޓު ހަދާނެ ބަޔަކު ހޯދަން އަންނަ މަހުގެ ތެރޭގައި ބީލަމަށް ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުއްލާ މައުސޫމް ވިދާޅުވެއްޖެއެވެ. އަލިފުށި ފަޅު ހިއްކައިގެން އެޅުމަށް ހަމަޖެހިފައިވާ ޓޫރިސްޓު ރިޒޯޓުގެ މަސައްކަތް ފެށޭނެ ތާރީހެއް ހޯދުމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވަނީ ލިޔުމުން ޖަވާބު ހޯއްދަވަން ސުވާލުކުރައްވާފައެވެ. އެއާ ގުޅިގެން މިނިސްޓަރު ލިޔުމުން ފޮނުއްވި ޖަވާބު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ އިއްވާފަ […]

ކޮވިޑް-19އާ އެކު އުޅެން ދަސްކުރުމަކީ ކުރަން ޖެހިފައިވާ ކަމެއް: މެލޭޝިޔާގެ ހެލްތު މިނިސްޓަރ

މެލޭޝިއާގެ ސަރުކާރު ބަދަލުވިތާ މާގިނަ ދުވަސްތަކެއް ނުވެ ކޮވިޑް-19 އާ މެދު އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނާނެކަން ވަނީ ޔަގީން ކުރެވިފައެވެ. މެލޭޝިއާގެ ބޮޑުވަޒީރާއި ހެލްތު މިނިސްޓަރ ބަދަލުވުމާ ގުޅިގެން ރައްޔިތުން ކޮވިޑް-19 އާއެކު އުޅެން ”އެންޑެމިކް“ އަކަށް ރައްޔިތުން ތައްޔާރުކުރަން ވަނީ ނިންމާފައެވެ. ވެކުސިން ޖަހާ ރޭޓް މަތިވިނަމަވެސް ކޮވިޑު ވޭރިއަންޓުތަކުގެ ސަބަބުން، ކޮވިޑް-19 ފިލައި ނުދާނެކަމަށް އޭނާ ޤަބޫލު ކުރައްވާކަން ވަރަށް ބޮޑަށް ހާމަ ކުރައްވާފައެވެ. ފާއިތުވެދިޔަ ބުދަ ދުވަހު އަލަށް މަގާމަށް […]

ޒުވާނުންގެ ކުރިމަގަށް ހުރަސް އަޅާ ގައުމީ ހިދުމަތަށް އަންހެނުން ނުކުތުމުން ނުރުހުންވާ ބަޔަކު އުޅޭ : ރައީސް

  ޒުވާން އަންހެނުންގެ ކުރިމަގަށް ހުރަސް އަޅާ އިޖުތިމާއީ އަދި ގަައުމީ ހިދުމަތަށް އަންހެނުން ނުކުތުމުން އެކަމަށް ނުރުހުންވާ ބަޔަކު އުޅޭ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރެހެންދި އެވޯޑް ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މިހާރުވެސް މަތީ މަގާމުތައް ފުރުއްވާ، ވަރަށް ހިދުމަތްތެރި ވަރަށް ގާބިލް އަންހެން ބޭފުޅުން އެބަތިއްބެވިކަމަށެވެ. އަދި  ސަރުކާރުގެ މަގާމެއްގައި ނޫނަސް، މުޖުތަމައަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާ ވަރަށް […]

ރެހެންދި އެވޯޑް 14 ފަރާތަކަށް ދީފި

    ތަފާތު އެކި ދާއިރާތަކުން މުޖުތަމައުއަށް އަގުހުރި ހިދުމަތްތަކެއް ކުރަމުން އަންނަ އަންހެނުންނަށް ދެމުން އަންނަ ރެހެންދި އެވޯޑް 14 ފަރާތަކަށް ދީފި އެވެ.   ރެހެންދި އެވޯޑް ދިނުމަށް ރޭ އޮތް ރަސްމިއްޔާތުގައި މިދިޔަ އަހަރާއި މިއަހަރު އެވޯޑް ލިބުނު ފަރާތްތަކަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ. މި އަހަރު އެވޯޑް ލިބިފައިވަނީ އަހުމީމާ ލުތުފީ އާއި އައިމިނަތު ޝާހާ ހާޝިމް އާއި ޒީނިއާ އަހުމަދު ހަމީދު އާއި ނާދިޔާ އަބްދުލްޣަފޫރު އާއި ހައްވާ ރާމިޒާ […]

އެމެރިކާގެ ރައީސްގެ އަނބިކަނބަލުން ކޮލެޖުގައި ކިޔަވާދެއްވަމުން ގެންދަވާނެ

ތައުލީމީ ދާއިރާއިން ޕީއެޗްޑީ ހައްދަވާފައިވާ އެމެރިކާގެ މަހާރެހެންދި، ޖިލް ބައިޑެން އަންނަ ހަފުތާއިން ފެށިގެން ކޮލެޖުގައި ކިޔަވައިދެއްވަން ފައްޓަވާނޭކަމުގައި އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ބުނެފިއެވެ. ވޮޝިންޓަން ޕޯސްޓުން މައުލޫމާތު ދިންގޮތުގައި ކޮރޯނާ ވައިރަހާ ހެދި ފާއިތުވި އަހަރެއްހާ ދުވަހު މަހާރެހެންދި ޖިލް ކިޔަވާދެއްވަމުން ގެންދެވީ އޮންލައިންކޮށެވެ. ޖިލްގެ ތަރުޖަމާނު އީމެއިލްއަކުން ހާމަކުރެއްވިގޮތުގައި އަންނަ ހަފުތާގައި ފެށޭ އައު ސެމިސްޓާރގައި ޖިލް ކިޔަވައިދެއްވަން ކޮލެޖަށް ވަޑައިގަންނަވާނެއެވެ. ވޮޝިންޓަން ޕޯސްޓުގައި ވާގޮތުން މަހާރެހެންދި އުތުރު ވާޖީނިއާ ކޮމިއުނިޓީ […]

މީހެއްގެ އެކައުންޓުން 180000 ރުފިޔާ ނެގި އަންހެނަކު ހޯދަން ވީޑިއޯއެއް އާންމުކޮށްފި

    މީހެއްގެ އެކައުންޓުން 180000 ރުފިޔާ ނެގި މައްސަލައިގައި ތުހުމަތުވާ އަންހެނަކު ހޯދަން ފުލުހުން އެ މީހާގެ ވީޑިއޯއެއް އާއްމުކޮށްފިއެވެ. ފުލުހުން ބުނީ އެ މީހަކީ އެކައުންޓުގެ ވެރިފަރާތަށް ނޭނގި އެކައުންޓުން 180000ރުފިޔާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ. ފުލުހުން އާންމު ކުރި ވީޑިއޯއިން ފެންނަނީ ގަދަ ނޫކުލައިގެ ބުރުގާއެއް އަޅައިގެން ކަޅު ދިގު ހެދުމެއް ލައިގެން ހުރި އަންހެނަކު […]

އެލްޖީއޭ ބޯޑަށް އައްޔަންކުރަން ތިން މެންބަރުންނަށް ރުހުން ދީފި

  ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑަށް އައްޔަންކުރަން ލާމަރުކަޒީ ކޮމިޓީން ހުށަހެޅި ތިން ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. އެލްޖީއޭގެ ބޯޑަށް އައްޔަންކުރަން ރައީސް ހުށަހަޅުއްވާފައިވަނީ ދަފްތަރު 2864، އައިމިނަތު އަލީ އާއި މ. ލިލީސް، އަޒްހާ ޒަމީރު އާއި ގ. ހިމާލިޔާގެ، ފާތުމަތު ނިއުމާ އާއި ހ. ރައިޒިން ސަން، ފާތުމަތު ޒީނާ އަލީގެ އިތުރުން ބ. ކެންދޫ، ޝާޒީބިން، އައިޝަތު ޝީޒާއެވެ. ތިން ދާއިރާއަކުން ކަނޑައެޅުމަށް ހުށަހެޅި ފަސް ބޭފުޅުންގެ ތެރެއިން […]

ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ ތަންތަނުގައި 24 ގަޑިއިރު ފުލުހުން ޑީއުޓީ ކުރަން ފަށައިފި

  ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ ތަންތާގައި 24 ގަޑިއިރު ފުލުހުން ޑިއުޓީ ކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ފާހަގަ ކުރެވިފައިވާ ތަންނަށް މީހުން ވަނަ ނުދީ އެކަން ހުއްޓުވުމަށް މިއަދު ހެނދުނު 7:00 އިން ފެށިގެން ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފައިވާ ކަމަށެވެ. އެގޮތުން މި އޮޕަރޭޝަނުގެ ދަށުން ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ ތަންތަނުގައި 24 ގަޑިއިރު ފުލުހުން ޑީއުޓީ އަދާ […]

ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

  ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ އެވެ. މި ފަތުރުވެރިޔާ މަރުވެފައިވަނީ ޅ. ކުރެއްދޫ ރިސޯޓުގެ މޫދަށް އެރިގެން އުޅެނިކޮށް ގެނބިގެންނެވެ. ފުލުހުން ބުނީ ފަތުރުވެރިޔަކު ގެނބިގެން މަރުވެފައިވާ ހާދިސާގެ ރިޕޯޓް މިއަދު 11:40 ހާއިރު ލިބުނުކަމަށެވެ. މިހާދިސާގައި މަރުވެފައިވަނީ އުމުރުން 40 އަހަރުގެ އިންޑިއާގެ ރައްޔިތެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ އަދި މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. މި ފަތުރުވެރިޔާ ގެނބުނީ ކިހިނެތްކަމެއް ސާފެއް ނުވެއެވެ. ނަމަވެސް […]