ޒުވާނުންގެ ކުރިމަގަށް ހުރަސް އަޅާ ގައުމީ ހިދުމަތަށް އަންހެނުން ނުކުތުމުން ނުރުހުންވާ ބަޔަކު އުޅޭ : ރައީސް

Loading

Facebook
Twitter
WhatsApp

 

ޒުވާން އަންހެނުންގެ ކުރިމަގަށް ހުރަސް އަޅާ އިޖުތިމާއީ އަދި ގަައުމީ ހިދުމަތަށް އަންހެނުން ނުކުތުމުން އެކަމަށް ނުރުހުންވާ ބަޔަކު އުޅޭ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރެހެންދި އެވޯޑް ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މިހާރުވެސް މަތީ މަގާމުތައް ފުރުއްވާ، ވަރަށް ހިދުމަތްތެރި ވަރަށް ގާބިލް އަންހެން ބޭފުޅުން އެބަތިއްބެވިކަމަށެވެ.

އަދި  ސަރުކާރުގެ މަގާމެއްގައި ނޫނަސް، މުޖުތަމައަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާ ވަރަށް ހުނަރުވެރި އަންހެން ބޭފުޅުން އެބަތިއްބެވިކަމަށާ އަދި މިހާރު ފޯދެމުން އަންނަ ޒުވާން ޖީލުގައިވެސް، އެފަދަ އުންމީދީ ޒުވާން އަންހެން ބޭފުޅުންތަކެއް ތިއްބަވާނެކަން އެމނިކްފާނު ޔަގީން ކުރައްވާ ކަމަށެވެ. ނަމަވެސް އެފަދަ ޒުވާނުންގެ ކުރިމަގަށް ހުރަސްއަޅާބަޔަކު އުޅޭކަމަށެވެ.

“ އެފަދަ ޒުވާނުންގެ ކުރިމަގަށް ހުރަސްއަޅާ، ކަސިޔާރު ފިކުރުތަކެއް އަޅުގަނޑުމެންގެ ތެރޭގައި އެބަ ދައުރުވޭ. އިޖުތިމާއީ އަދި ގައުމީ ހިދުމަތަށް އަންހެނުން ނުކުތުމުން، އެކަމަށް ނުރުހުންވާ މަދު ބަޔަކު ނަމަވެސް އެބައުޅޭ.“ ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މި މިއިން ކޮންމެ ކަމަކީ ގާނޫނުން ހައްލުކުރެވޭނެ ކަންކަމެއް ނޫންކަމަށާ މިފަދަ ކަންކަން ހައްލުކުރެވޭނީ ވިސްނުން ބަދަލުކޮށްގެންކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ކަންކަން ނިންމާ ފެންވަރުގައި ގޮތް ކިޔައި ބަސްބުނުމުގައި އަންހެނުންނަށް އަދިވެސް ގޮންޖެހުންތަކެއް އެބަހުރި ކަމަށާ އެއީ ޒަމާނުއްސުރެ މުޖުތަމައުގައި ހުރި ވިސްނުންތަކާއި ގަބޫލުކުރުންތަކުގެ ސަބަބުން ހުރި ގޮންޖެހުންތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

 

އަންހެނުން ބާރުވެރިކުރުމުގަޔާއި ކަންކަމުގައި އަންހެނުން ބައިވެރިވުމުގައި އަދިވެސް ދަތިތަކެއް ނުވަތަ ހުރަސްތަކެއް ހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭގެ ނަތީޖާއަކަށް ވީ ގައުމީ ތަރައގީގެ މުހިންމު ކަންކަމުގައި އަދިވެސް އެކަށީގެންވާ މިންވަރަށް އަންހެނުންނަށް ފުރުސަތު ނުލިބުން ކަމަށެވެ.

އެގޮތުން ސިޔާސީ ދާއިރާއިންވެސް އަދި އިޖުތިމާއީ ދާއިރާއިންވެސް، އަންހެނުންނަށް ހުރަސްތަކެއް ހުރަސްތައް ހުރިކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ސާލިހު ވިދާޅުވީ މި ހުރަސްތަައް ކުޑަކޮށް އަންހެނުންނަށް ފުރުސަތު ހޯދައި ދިނުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

“ ސިޔާސީ މައިދާނުން އަންހެނުންނަށް ފުރުސަތު ހޯދައިދިނުމަށް އަޅުގަނޑުމެންނަށް ކުރެވުނު އެންމެ މުހިންމު އެއް ކަމަކީ، ގާނޫނުގެ އަތުން އަންހެނުންގެ އަތުގައި ހިފައިގެން، މަގާމުތަކަށް ގެންގޮސްދިނުން. މި ދެންނެވީ ލާމަރުކަޒީ ގާނޫނަށް އަޅުގަނޑުމެން ގެނައި އިސްލާހް ބަދަލުގެ ވާހަކަ“ ރައީސް ވިދާޅުވިއެވެ.

އަދި އޭގެ ނަތީޖާއަކަށް ވީ  އެއްވެސް ރަށެއް އެއްވެސް ސިޓީއެއް އިސްތިސްނާ ނުވެ ކޮންމެ ކައުންސިލެއްގައިވެސް މެންބަރުންގެ 33 އިންސައްތައަކީ، އަންހެނުން ކަމުގައި ވެގެންދިޔުން ކަމަށާ އަދި ލޯކަލް ކައުންސިލް އިންތިހާބުގައި 39.5 އިންސައްތަ ގޮނޑި އަންހެނުން ކާމިޔާބު ކޮށްފައިވާ ކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި އޭގެ އިތުރުން އަންހެނުން ބާރުވެރިކުރުމަށް އަންހެނުންތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތައް އެކުަލަވައިލުމާއި ތަރައްގީގެ ޕްލޭންތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

 

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ މިއަދު ސަރުކާރުގެ އަމާޒަކީ އަންހެނުންގެ ތަރައްގީއާއި އަންހެނުން ބާރުވެރިކުރުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، ހައްގު މަގާމު އަންހެނުންނަށް ހޯދައިދިނުން ކަމަށާ ސަރުކާރު އަބަދުވެސް އޮންނާނީ ދިވެހި އަންހެނުންނަށް ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދީ، ދިވެހި އަންހެނުން ބާރުވެރިކުރުމުގައި އެހީތެރިވެދޭން ކަމަށެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް