އެލްޖީއޭ ބޯޑަށް އައްޔަންކުރަން ތިން މެންބަރުންނަށް ރުހުން ދީފި

Loading

Facebook
Twitter
WhatsApp

 

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑަށް އައްޔަންކުރަން ލާމަރުކަޒީ ކޮމިޓީން ހުށަހެޅި ތިން ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

އެލްޖީއޭގެ ބޯޑަށް އައްޔަންކުރަން ރައީސް ހުށަހަޅުއްވާފައިވަނީ ދަފްތަރު 2864، އައިމިނަތު އަލީ އާއި މ. ލިލީސް، އަޒްހާ ޒަމީރު އާއި ގ. ހިމާލިޔާގެ، ފާތުމަތު ނިއުމާ އާއި ހ. ރައިޒިން ސަން، ފާތުމަތު ޒީނާ އަލީގެ އިތުރުން ބ. ކެންދޫ، ޝާޒީބިން، އައިޝަތު ޝީޒާއެވެ.

ތިން ދާއިރާއަކުން ކަނޑައެޅުމަށް ހުށަހެޅި ފަސް ބޭފުޅުންގެ ތެރެއިން ކޮމިޓީން އިންޓަވިއު ކުރިއަށް ގެންދިޔުމަށްފަހު މަޖިލީހަށް ފޮނުވީ ނިއުމާ އާއި އަޒްހާ އާއި ޒޫނާގެ ނަމެވެ. އަދި މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ނަންތައް ފާސްކުރަން ވޯޓަށް ވަނީ އަހާފައެވެ.

އެލްޖީއޭގެ ބޯޑަށް ޖެންޑާ އިކުއަލިޓީގެ ދާއިރާއިން އައްޔަންކުރި އަޒްހާ ޒަމީރު، މ. ލިލީޒް އަށް ރުހުން ލިބުނީ 43 މެންބަރުންގެ ވޯޓުންނެވެ.

ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ބޯޑަށް އައްޔަންކުރި ފާތިމަތު ނިއުމާ، ގ. ހީމާލީގެ އައްޔަން ކުރަން ރުހުން ދިނީ މަޖިލީހުގެ 43 މެންބަރުންގެ ވޯޓުންނެވެ.

އަދި މަދަނީ ޖަމިއްޔާތައް ތަމްސީލްކުރާ މެމްބަރެއްގެ ފާތިމަތު ޒީނާ އަލީ، ހ. ރައިޒިން ސަން އައްޔަން ކުރަން ރުހުން ދިނީ މަޖިލީހުގެ 42 މެންބަރުންގެ ވޯޓުންނެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ އެކުލެވިގެން ވަނީ ނުވަ  މެމްބަރުންގެ މައްޗަށެވެ. ބޯޑުގައި މިހާރު މަދުވަނީ ގާނޫނުގައި ކަނޑައަޅާފައިވާ ތިން ދާއިރާއަކުން ކަނޑައަޅަންޖެހޭ މެމްބަރުން ކަނޑައެޅުމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް