މީހެއްގެ އެކައުންޓުން 180000 ރުފިޔާ ނެގި އަންހެނަކު ހޯދަން ވީޑިއޯއެއް އާންމުކޮށްފި

Loading

Facebook
Twitter
WhatsApp

 

 

މީހެއްގެ އެކައުންޓުން 180000 ރުފިޔާ ނެގި މައްސަލައިގައި ތުހުމަތުވާ އަންހެނަކު ހޯދަން ފުލުހުން އެ މީހާގެ ވީޑިއޯއެއް އާއްމުކޮށްފިއެވެ.

ފުލުހުން ބުނީ އެ މީހަކީ އެކައުންޓުގެ ވެރިފަރާތަށް ނޭނގި އެކައުންޓުން 180000ރުފިޔާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

ފުލުހުން އާންމު ކުރި ވީޑިއޯއިން ފެންނަނީ ގަދަ ނޫކުލައިގެ ބުރުގާއެއް އަޅައިގެން ކަޅު ދިގު ހެދުމެއް ލައިގެން ހުރި އަންހެނަކު ރެސްޓޯރަންޓެއްގެ ތެރޭގައި ހިނގާފައިދާ މަންޒަރެވެ.

މާ މިމީހާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ 9790048 އަށް ގުޅައި އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް