ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ ތަންތަނުގައި 24 ގަޑިއިރު ފުލުހުން ޑީއުޓީ ކުރަން ފަށައިފި

Loading

Facebook
Twitter
WhatsApp

 

ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ ތަންތާގައި 24 ގަޑިއިރު ފުލުހުން ޑިއުޓީ ކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ފާހަގަ ކުރެވިފައިވާ ތަންނަށް މީހުން ވަނަ ނުދީ އެކަން ހުއްޓުވުމަށް މިއަދު ހެނދުނު 7:00 އިން ފެށިގެން ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފައިވާ ކަމަށެވެ.

އެގޮތުން މި އޮޕަރޭޝަނުގެ ދަށުން ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ ތަންތަނުގައި 24 ގަޑިއިރު ފުލުހުން ޑީއުޓީ އަދާ ކުރަމުންދާނެކަމަށް ވެސް ފުލުހުން ބުނެއެވެ.

އަދި ކެޕޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ 25 ތަނެއްގެ ވެރިފަރާތަށް ގާނޫނީ އިންޒާރު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެފަދަ އަށް މައްސައެއް ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވާނެކަމަށެވެ. އަދި އިތުރު ހަތަރު މައްސަލައެއްގެ ތަހުގީގު ނިންމައި ޕީޖީއަށް ފޮނުވުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

އަދި މީގެ އިތުރުން  ކެޕޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ ގެއެއްގެ މައްސަލަ  ޕީޖީން މިހާރު ވަނީ އެގޭގެ ވެރިފަރާތަށް ދައުވާ ކޮށްފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ މީގެ ކުރިން ވެސް މަސްތުވާތަކެތި ބޭނުންކުރުމަށް މަގުފަހިކޮށްދޭ މިފަދަ ތަންތަނުގެ ވެރިން ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް ގާނޫނުގައި އޮންނަ އަދަބުދޭނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް