އެސްޓީއޯ އިން ޑިޖިޓަލް ބޭންކް ހިދުމަތް ފަށަން ލައިސަންސަށް ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

 

 

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ޑިޖިޓަލް ބޭންކުގެ ހިދުމަތް ފަށަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލައިސަންސް ހޯދުމަށް މިއަދު ހުށަހަޅައިފި އެވެ.

ޑިޖިޓަލް ބޭންކް ހެދުމުގެ ހުއްދައަށް އެދުމަށްފަހު އެމްއެމްއޭ ކުރިމަތީގައި އެސްޓީއޯއިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ އެކުންފުނިން  ފަށާ ބޭންކިންގް ހިދުމަތަކީ މުޅިން ޑިޖިޓަލްކޮށް ކުރިއަށް ގެންދާނެ ބޭންކެއް ކަމަށާ އެ ބޭންކުގެ  ހިދުމަތްތައް އަވަސް ކަމާއެކު ފޯރުކޮށް ދެވޭނެ ކަމަށެވެ.

އެގޮތުން  އެކައުންޓު ހުޅުވުމާ އެހެނިހެން މުއާމަލާތްތައް ވެސް ތަނަކަށް ނުގޮސް އޮންލައިންކޮށް ކޮށްލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“ އެކައުންޓު ހުޅުވާކަށް މީހެއް ކައިރިއަށް ދާކަށް ނުޖެހޭ. އޮންލައިންކޮށް ފަސް މިނިޓުތެރޭގައި އެކައުންޓު ވެސް ހުޅުވާލެވޭނެ،“ އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ މި ބޭންކިން ހިދުމަތުގެ ދަށުން އޮންލައިންކޮށް ފަސް މިނިޓުތެރޭގައި އެކައުންޓު ވެސް ހުޅުވާލުމުގެ އިތުރުން ޑިޖިޓަލް ބޭންކިންގް މެދުވެރިކޮށް ލޯނަށް އެޕްލައިކޮށް އެކައުންޓަށް އެ ފައިސާ 60 ސިކުންތު ތެރޭގައި ޖަމާ ވާނެ ކަމަށެވެ.

 

އޭނާ ވިދާޅުވީ އެ ކުންފުނިން ފަށަން އުޅޭ ޑިޖިޓަލް ބޭންކިން ހިދުމަތް ދޭން ފަށަން ދުވަސްކޮޅެއް އަދި ނަގާނެކަމަށެވެ. އެގޮތުން  ބޭންކްގެ ހިދުމަތްފަށަން ލައިސަންސަށް ހުށަހެޅުމަށްފަހު މި މަރުހަލާގައި ތިން މަސް ނަގާނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވާ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ. އަދި ހިދުމަތް ފެށުމަށް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށް ޑިޖިޓަލް ބޭންކިންގެ ލައިސެންސް ހޯދަން ޖެހުމާއެކު މި ހިދުމަތް ފަށަން ހަ މަސް ވަރު އަދި ނަގާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ ނަގަންޖެހޭ ހުއްދަތައް ނެގުމަފަހު މި ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމި އަންނަ އަހަރުތެރޭ ހިދުމަތްދިނުމަށް ފެށޭވަރުވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް