މާދަމާއިން ފެށިގެން ކޫއްޑޫއިން އައިސް ވިއްކާނެ
ދެކުނުގެ މަސްވެރިން އެރަށަކަށް އެންމެ ބޮޑަށް ބަރޯސާވާ ގއ ކޫއްޑޫއިން އައިސް ވިއްކުން ހުއްޓާލައިފައި އޮތުމަށްފަހު މާދަމައިން ފެށިގެން އައިސް ވިއްކުމަށް ހަމަޖައްސައިފިއެވެ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މިއަދު ބުނީ މާދަމާއިން ފެށިގެން ކޫއްޑޫ އަދި ދެކުނު އައިސް ޕްލާންޓް ތަކުން އައިސް ވިއްކާނެކަމަށެވެ. ހުކުރު ދުވަހު ކޫއްޑޫއިން އައިސް ވިއްކާނީ މެންދުރު ފަހު 2:30 އިން ފެށިގެން ރޭގަނޑު 8:00 ހަމައަށް ކަމަށްވެސް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ހާމަކުރެއެވެ. އެ މަސްފެކްޓްރީގެ ޖެޓީއާއި ކޯސްޓްރޭޖް އަދި […]
މަސްވެރިން ސިޔާސީ ޕާޓީއެއް އުފައްދަނީ
މަސްވެރިންތަކެއް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ. މި ސިޔާސީ ޕާޓީ އުފެއްދުމުގެ އިސްކޮށް ހަރަކާތްތެރިވަނީ މާލެއަށް ނިސްބަތްވާ ކެޔޮޅު އަބްދުﷲ ރަޝީދެވެ. ”ހަމްދު-6“ ދޯނީގެ ކައްޕި އަބްދުﷲ ރަޝީދު ހާމަކުރާ ގޮތުގައި މި ސިޔާސީ ޕާޓީ ރަޖިސްޓަރކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި ޕާޓީއަށް ކިޔާނެ ނަމެއް އަދި ހާމަކޮށްފައި ނުވެއެވެ. އަންނަ ސެޕްޓެމްބަރު ހިސާބު މި ޕާޓީ އުފެއްދުމަށް އަމާޒުކޮށްގެން މަސައްކަތްކުރަމުން އަންނަ އަބްދުﷲ ރަޝީދު […]
މަސްވެރިން ސިޔާސީ ޕާޓީއެއް އުފައްދަނީ
މަސްވެރިންތަކެއް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ. މި ސިޔާސީ ޕާޓީ އުފެއްދުމުގެ އިސްކޮށް ހަރަކާތްތެރިވަނީ މާލެއަށް ނިސްބަތްވާ ކެޔޮޅު އަބްދުއްލާ ރަޝީދެވެ. ”ހަމްދު-6“ ދޯނީގެ ކައްޕި އަބްދުއްލާ ރަޝީދު ހާމަކުރާ ގޮތުގައި މި ސިޔާސީ ޕާޓީ ރަޖިސްޓަރކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ކުކުޅު ކަތިލި ކަމަށް ފުލުހުންނަށް ކުރާ ތުހުމަތު ދޮގުކޮށްފި
ކުޑަ ހެންވޭރު ސަރަހައްދުގައި ފުލުހުން ކުކުޅުތަކެއް ކަތިލާފައިވާ ކަމަށް ކުރާ ތުހުމަތުތައް އެ އިދާރާއިން ދޮގުކޮށްފި އެވެ. ފުލުހުން މިއަދު ބުނީ ކުޑަހެންވޭރު ސަރަހައްދުގައި ދޫކޮށްފައިތި ކުކުޅުތަކެއް ހިފައި ކަތިލާފައިވާ ކަމުގެ މައްސަލައެއް އިއްޔެ ހެނދުނު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މިހާތަނަށް ބެލިބެލުމުން ފުލުހުންގެ އެއްވެސް ބައިވެރިވުމެއް މިކުކުޅުތައް ކަތިލުމުގައި އޮތް ކަމަށް އެނގިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. ކުޑަހެންވޭރު ސަރަހައްދުގައި […]
ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަތުރާ މީހުން ތިބީ ސަރުކާރުގައި: އާދަމް ޝަރީފް
ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަތުރާ ފަރާތްތައް ތިބީ ސަރުކާރުގައި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނާއިބް ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އާދަމް ޝަރީފް މިހެން ވިދާޅުވީ، ގައުމުގައި މިއަދު ކަންކަންވަމުންދާ ގޮތް ގާތުން ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އިދިކޮޅު ޕީޕީއެމް، ޕީއެންސީއަށް ގޮވާލައްވައިފައިވާ ހަބަރަކާއެކު ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވީޓްގައި އާދަމް ޝަރީފު […]
މާލެ ސަރަހައްދުގައި ސެލްފް ސާވިސް ޕެޓްރޯލްޝެޑެއް ގާއިމްކުރަނީ
މާލެ ސަރަހައްދުގައި ސެލްފް ސާވިސް ޕެޓްރޯލް ޝެޑެއް ގާއިމުކުރުމަށް ނިންމާފައިވާކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ބުނެފިއެވެ. އެފްއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ގަސަމް ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މި އަހަރުތެރޭ މާލެ ސަރަހައްދުގައި ސެލްފް ސާވިސް ޕެޓްރޯލް ޝެޑެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. “ އަޅުގަނޑުމެން އެބަ މަސައްކަތްކުރަން އަމިއްލައަށް ހިދުމަތް ހޯދައިގަނެ، އެއްވެސް ސްޓާފެއްގެ އެހީތެރިކަމަކާއި ނުލާ، އަމިއްލައަށް ފައިސާ ދެއްކިގެން އަމިއްލައަށް ތެޔޮ […]
ޖަމާލް ޚަޝޯގީ މަރުވުމުގެ ކުރިން އޭނާގެ އަންހެނުންނަށް ސްޕައިވެއާރގެ ހަމަލާއަކާ ކުރިމަތިލާން ޖެހުނު
ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލާގައި ހެދި ޑިޖިޓަލް ފޮރެންސިކް އެނަލަސިސްއިން ހާމަވެފައިވާ ގޮތުގައި އޭނާ މަރާލުމުގެ ކުރިން އޭނާ އާއި އެންމެ ގާތްކޮށް އުޅުނު ދެ އަންހެނުންގެ ފޯނަށް އަމާޒުކޮށް ބަޔަކުމީހުން ވަނީ ސްޕައިވެއާރ އެޓޭކްއެއް ދީފައެވެ. މިކަމަށް ބޭނުންކޮށްފައިވަނީ އެން.އެސް.އޯ ޕެގަސަސް ގްރޫޕްގެ ސްޕައިވެއާރއެކެވެ. ކަޝޯގީގެ އަންހެނުން، ހަނާން އެލަޓާ ގެންގުޅުނު އެންޑްރޮއިޑް ފޯނު ވަނީ ޖަމާލް ޚަޝޯގީ މަރާލުމުގެ ހަ މަސް ކުރިން ޕެގަސަސް ސްޕައިވެއާރ ބޭނުންކޮށްގެން ހެކްކުރުމަށް ކޮންމެވެސް މީހަކު މަސައްކަތްކޮށްފައެވެ. މި […]
އަފްޣާނިސްތާނުގައި ޠާލިބާނުން ކުރަމުންދާ އަނިޔާ ހުއްޓުމަށް އުރްދުޣާން ގޮވާލައްވައިފި
އިސްތަންބޫލްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ތުރުކީވިލާތުގެ ރައީސް، ރަޖެބް ޠައްޔިބް އުރްދުޣާން ވަނީ ޠާލިބާނުން އަފްޣާނިސްތާނުގައި ހިންގަމުންދާ އަމަލުތަކަކީ އެއް މުސްލިމަކު އަނެއް މުސްލިމަކާ ދޭތެރޭ އަމަލުކުރަން އެކަށީގެންވާ ގޮތެއް ނޫންކަމުގައި ވިދާޅުވެފައެވެ. އަދި އޭނާ ވަނީ ޠާލިބާނުންނަށް އެމީހުންގެ މުސްލިމް އަޚުން ކަމުގައިވާ އަފްޣާނިސްތާނުގެ ރައްޔިތުންގެ ބިންތައް ދޫކޮށްލުމަށް ގޮވާލައްވާފައެވެ. އުރްދުޣާން ވިދާޅުވެފައިވާ ގޮތުގައި ތުރުކީވިލާތުން މިހާރު ދަނީ ޠާލިބާނުންނާ އެކު ސުލްހައިގެ މަޝްވަރާތައް ކުރުމަށް ތައްޔާރުވަމުންނެވެ. މި ވާހަކަތަކުގެ ތެރޭގައި އެ ޖަމާއަތުން ކާބުލް އެއާރޕޯޓް […]
ވަޒަންތަކެއް ފެނިގެން ހައްޔަރުކުރި މީހާ ޑީޕޯޓް ކޮށްލަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ފުރަން ގޮސް ހުއްޓައި ވަޒަންތަކެއް ފެނިގެން ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައި ޑިޕޯޓު ކުރަން ނިންމައިފި އެވެ. އޭނާ ޑިޕޯޓު ކުރަން އިމިގްރޭޝަން އާ މިހާރުވަނީ ހަވާލުކޮށްފައެވެ. ނަމިބިއާއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ މި ފިރިހެން މީހާ ހައްޔަރުކުރީ މި މަހު 10 ވަނަދުވަހުއެވެ. އެ ފަތުރުވެރިޔާ އަތުން ވަޒަންތަކެއް ފެނުނީ ފުރަން ވީއައިއޭއަށް ގޮސް ހުއްޓައި ފުރުމުގެ ކުރިން ޗެކް ކުރުމުގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީ […]
ވެލިދޫ އީދު ހަދިޔާ އެއްގެ ގޮތުން ތިމާވެއްޓާ ރައްޓެހި ކޮތަޅު
ނ. ވެލިދޫގެ ޒުވާނުންގެ ގުރޫޕަކުން އީދު ހަދިޔާއެއްގެ ގޮތުން ތިމާވެއްޓާރައްޓެހި ފޮތި ކޮތަޅު ބަހައިފި އެވެ. މި ކޮތަޅުތައް ބަހާފައިވަނީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރާ ދެކޮޅަށް މަސައްކަތް ކުރާ، ކަންމަތި ނިއު ޖެނެރޭޝަން (ކޭއެންޖީ) ގުރޫޕުން ނެވެ. މި ގްރޫޕުން ވަނީ އީދުގެ ހަދިޔާއެއްގެ ގޮތުގައި ރަށުގެ ހުރިހާ ގެއަކަށް 400 ފޮތި ކޮތަޅު ހަދިޔާކޮށްފައި ކަމަށް އެ ފްރޫޕުން ބުނެއެވެ. އެ ޖަމިއްޔާއިން ބުނީ މިއީ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަދު […]