ވެލިދޫ އީދު ހަދިޔާ އެއްގެ ގޮތުން ތިމާވެއްޓާ ރައްޓެހި ކޮތަޅު

Loading

Facebook
Twitter
WhatsApp

 

ނ. ވެލިދޫގެ ޒުވާނުންގެ ގުރޫޕަކުން އީދު ހަދިޔާއެއްގެ ގޮތުން ތިމާވެއްޓާރައްޓެހި ފޮތި ކޮތަޅު ބަހައިފި އެވެ.

މި ކޮތަޅުތައް ބަހާފައިވަނީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރާ ދެކޮޅަށް މަސައްކަތް ކުރާ، ކަންމަތި ނިއު ޖެނެރޭޝަން (ކޭއެންޖީ) ގުރޫޕުން ނެވެ.

މި ގްރޫޕުން ވަނީ އީދުގެ ހަދިޔާއެއްގެ ގޮތުގައި ރަށުގެ ހުރިހާ ގެއަކަށް 400 ފޮތި ކޮތަޅު ހަދިޔާކޮށްފައި ކަމަށް އެ ފްރޫޕުން ބުނެއެވެ.

އެ ޖަމިއްޔާއިން ބުނީ މިއީ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަދު ކުރުމަށް ބާރު އެޅުމުގެ ގޮތުން ބަހާފައިވާ އީދު ހަދިޔާ އެއްކަމަށެވެ. އާއްމުކޮށް ބާޒާރު ކުރަން ގެންދާ ސައިޒްގެ މި ކޮތަޅު އަހަރަކަށް ވުރެ ގިނަ ދުވަހު ބޭނުން ކުރެވޭނެ ކަމަށް އެ ގްރޫޕުން ބުނެއެވެ.

އެ ގްރޫޕުން އަންނަނީ ތިމާވެއްޓާ މެދު ރައްޔިތުން ހޭލުންތެރިކުރުމަށް އެކި ޕްރޮގްރާމްތައްވެސް ރާވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް