ވަޒަންތަކެއް ފެނިގެން ހައްޔަރުކުރި މީހާ ޑީޕޯޓް ކޮށްލަނީ

Loading

Facebook
Twitter
WhatsApp

 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ފުރަން ގޮސް ހުއްޓައި ވަޒަންތަކެއް ފެނިގެން ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައި ޑިޕޯޓު ކުރަން ނިންމައިފި އެވެ.

އޭނާ ޑިޕޯޓު ކުރަން އިމިގްރޭޝަން އާ މިހާރުވަނީ ހަވާލުކޮށްފައެވެ.

ނަމިބިއާއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ މި ފިރިހެން މީހާ ހައްޔަރުކުރީ މި މަހު 10 ވަނަދުވަހުއެވެ.

އެ ފަތުރުވެރިޔާ އަތުން ވަޒަންތަކެއް ފެނުނީ ފުރަން ވީއައިއޭއަށް ގޮސް ހުއްޓައި ފުރުމުގެ ކުރިން ޗެކް ކުރުމުގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށެވެ.

އޭނާ ފުލުހުންނާ ހަވާލުކޮށް ފުލުހުން އޭނާގެ ބަންދު ޖަހަން ކޯޓަށް ގެންދިޔުމުން ބަންދަށް ކޯޓުން ތިން ދުވަސް ޖެހި އެވެ.

އެ މީހާގެ ބަންދަށް އެންމެ ފަހުން ޖެހި ތިން ދުވަހުގެ މުއްދަތު މި މަހުގެ 14 ވަނަ ދުވަހު ހަމަވުމުން، އޭނާ ބަންދު އިތުރު ކުރަން ކޯޓަށް ނުގެންގޮސް އޭނާ ދޫކޮށްލާ ޑީޕޯޓް ކުރަން ނިންމީއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް