މަސްވެރިން ސިޔާސީ ޕާޓީއެއް އުފައްދަނީ

Loading

Facebook
Twitter
WhatsApp

 

މަސްވެރިންތަކެއް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.

މި ސިޔާސީ ޕާޓީ އުފެއްދުމުގެ އިސްކޮށް ހަރަކާތްތެރިވަނީ މާލެއަށް ނިސްބަތްވާ ކެޔޮޅު އަބްދުﷲ ރަޝީދެވެ.

”ހަމްދު-6“ ދޯނީގެ ކައްޕި އަބްދުﷲ ރަޝީދު ހާމަކުރާ ގޮތުގައި މި ސިޔާސީ ޕާޓީ ރަޖިސްޓަރކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މި ޕާޓީއަށް ކިޔާނެ ނަމެއް އަދި ހާމަކޮށްފައި ނުވެއެވެ.

އަންނަ ސެޕްޓެމްބަރު ހިސާބު މި ޕާޓީ އުފެއްދުމަށް އަމާޒުކޮށްގެން މަސައްކަތްކުރަމުން އަންނަ އަބްދުﷲ ރަޝީދު ވަނީ މި ޕާޓީގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މީހަކުނެރުމަށް ވެސް ނިންމާފައެެވެ.

ގޮތުން އެ ޕާޓީގެ ފަރާތުން އެ އިންތިހާބުގައި ވާދަކުރާނީ ތައުލީމީ ގާބިލް މީހެއްކަމަށް އޭނާ ބުނެއެވެ.

މަސްވެރިންތަކެއް އިސްނަގައިގެން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދުމުގެ މަސައްކަތް އަންނަނީ ކުރައްވަމުންނެވެ.

އަދި އެމްއާރުއެމްގެ ކުރީގެ މެންބަރުންގެ ތެރެއިން “ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ”ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިހާރުވެސް ރާއްޖޭގެ ރެޖިސްޓާ ކޮށްގެން ހިންގާ ޖުމްލަ 10 ސިޔާސީ ޕާޓީއެއް އޮވެއެވެ.

Loading

One Response

  1. ތީ ސަޅި ކަމެއް. ނަމުން ވަރަށް ކަމެއް ވެދާނެހެން ހީވޭ. އެހެނަސް ނަމުން ކަމެއް ނުވާނޭވެސް ހިތައްއަރާ. އެއީނަމުން ސަޅި ލޭބަރ ޕާޓީވެސް. އަދާލަތު ޕާޓީވެސް. ނަން އިވިލީމާ ހީވާ ގޮތެއްނޫން ޕާޓީގެ ޢަމަލުތަކުން. އެ ނަމަކަށް ދާން ބޭނުން މީހުން ކޮޅެއް އުންމީދެއްގައި ސޮއިކޮށްފާނެ. ޕާޓީވެސް ވުޖޫދަށް އަތުވެދާނެ. ދެން ޕާޓީ ބޮޑުކޮޅު ކޯލިޝަނެއްގައި ބައިވެރިވާނީ. އެ ބޮޑުންނަށް ވަޒީފާ ކޮޅެއް ކޯލިޝަންގެ ރައީސް ދިނީމާ އެ ވިކި ހުސްވީ. ފެންނަ މަންޒަރު ހަމަ ބުނެލީ ދެން ހެޔޮ ހިތަކައިގެން މަސްވެރިންގެ ޕާޓީއަށް ވާ ގޮތެއް ބަލަނީއެވެ. ޝުކުރިއްޔާ. ކުރިއަށް ބާރަށް ކުރިއަށް.
    ސޭ ނޯ ޓު ސިޔާސީ ކަލްޓް!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް