އީރާނުން އިޒްރޭލު ކުށްވެރިކޮށް ބަޔާނެއް ނެރެފި
އީރާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާސް މިހަފުތާގައި އިޒްރޭލުގެ ޔަހޫދީން ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ. އެ ބަޔާނުގައި އިރާނުން ވަނީ 1989 ވަނަ އަހަރު ލުބުނާންގައި އިރާނުގެ ހަތަރު ސިޔާސީ ލީޑަރުން ހައްޔަރުކުރި މައްސަލައިގައި އިޒްރޭލުގެ ޔަހޫދީންގެ ނުފޫޒު ވާކަމަށް ތުހުމަތުކޮށްފައެވެ. ފޮރިން މިނިސްޓްރީން މި ބަޔާން ނެރެފައި ވަނީ މި ހާދިސާ ހިނގިތާ 39 އަހަރު ފާއިތުވުން ފާހަގަކުރުމުގެ ގޮތުންނެވެ. ލުބުނާން ވަނީ 1989 ވަނަ އަހަރު ވަރަށް ބޮޑަށް އިޒުރޭލުގެ ނުފޫޒުގެ ދަށުގައި ކަމަށް […]
ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
ބ. ތުޅާދޫގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އެއްގައި ގެ އަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި އަލިފާނުގެ ހާދިސާގައި އެގޭގެ ފަރުނީޗަރުތަކާއި ހިފާ ގެންގުޅޭ ތަކެތި އަނދައިގެން ގޮސްފައިވާއިރު ގޭގެ އިމާރާތަށް ވެސް ވަނީ ބޮޑެތި ގެއްލުން ވެފައެވެ. ތުޅާދޫ ކައުސިލުން މައުލޫމާތު ދިން ގޮތުގައި އެ ގެއަކީ ދެމަފިރިއަކާއި އެ މީހުންގެ ދެ ދަރިން ދިރިއުޅޭ މިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެއް ވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. އަލިފާން ރޯވި ވަގުތު […]
ފުލުހުންގެ ބައެއް މަގާމުތަކަށް ބަދަލު ގެނެސްފި
ފުލުހުންގެ އިދާރީ ހިންގުމުގައި ހިމެނޭ ބައެއް މަގާމުތަކަށް ބަދަލު ގެނެސްފިއެވެ. ފުލުހުން ބުނީ ބަދަލު ގެނެސްފައިވަނީ ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓާއި، ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑްގެ އިތުރުން ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ އިސް މަގާމުތަކަށް ކަމަށެވެ. ހެޑް އޮފް ޓްރެއިނިން އެންޑް ޑިވެލޮޕްމެންޓްގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް އިސްމާއިލްލް ނަވީންއެވެ. އޭނާ ކުރިން ހުންނެވީ ހެޑް އޮފް ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ މަގާމުގައެވެ. ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ ޕްރޮފެޝަނަލް […]
ތިނަދޫގައި ދޫކޮށްފައިވާ ހައުސް ހޯލްޑް ޕާމިޓްތައް ކެންސަލްކޮށް ފިޔަވަޅުތައް ހަރުކަށިކޮށްފި
ގދ. ތިނަދޫގައި ކޮވިޑް-19 ބަލި އިންތިހާއަށް ގިނަވުމާއި ގުޅިގެން މި ބަލި ކޮންޓްރޯލްކުރުމަށް ގޭބީސީތަކަށް ދޫކޮށްފައިވާ ހައުސް ހޯލްޑް ޕާމިޓްތައް ކެންސަލްކޮށް ފިޔަވަޅުތައް ހަރުކަށިކޮށްފިއެވެ. ތިނަދޫގައި މިދިޔަ މަހުފަހުކޮޅުން ފެށިގެން އަމަލުކުރަމުން އައި 24 ގަޑިއިރުގެ ކާއިފިއުގެ މުއްދަތު އިތުރުކޮށްފައިވާއިރު، ކުރިން އަމަލުކުރަމުން އައީ ހައުސްހޯލްޑު ޕާމިޓުގެ ދަށުން ކޮންމެ ގެއަކަށް ހަފްތާއަކު އެއް ދުވަހު އެއްގަޑިއިރަށް އެކަކަށް ބޭރަށް ދެވޭނެ އުސޫލެކެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު އެއްވެސް ގެއަކުން ހައުސްހޯލްޑް ޕާމިޓްގެ ދަށުން […]
ބިދޭސީން ކަރަންޓީނު ވާނެ ތަންތަން ހޯދަން އިއުލާނުކޮށްފި
ވަޒީފާ އަދާކުރަން ރާއްޖެއަށް އަންނަ ބިދޭސީން ކަރަންޓީނުވުމަށް ހޮޓެލް، ގެސްޓް ހައުސް ފަދަ ތަންތަން ހަމަޖައްސަން ބޭނުންވާތީ އެކަމަށް ޝައުގުވެރިވާ މީހުން ހޯދުމަށް އިއުލާނުކޮށްފި އެވެ. ހެލްތު މިނިސްޓްރީން ބުނީ ރާއްޖެ އިން ބޭރުން އަންނަ މީހުން ކަރަންޓީނުކުރުމަށް ބޭނުންވާ ތަންތަން ހަމަޖެއްސުމަށް ޝައުގުވެރިވާ މީހުންނަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 2:00 އާ ދެމެދު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށް މާދަމާއިން ފެށިގެން ޕްރޮޕޯސަލް […]
އަމިއްލަ ފަރާތަކުން ހަދިޔާ ކުރި ވެކްސިނާއި އެކު ކޮވިޝީލްޑުގެ ދެ ވަނަ ޑޯޒަށް ހުޅުވާލައިފި!
ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ފެށީ ހެޔޮ އެދޭ ފަރާތަކުން ހަދިޔާކުރި ވެކްސިނުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ. ކޮވިޝީލްޑު ވެކްސިން އަމިއްލަ ފަރާތަކުން ހަދިޔާ ކޮށްފައިވަނީ އިއްޔަގެ ވަގުތެއްގައެވެ. މިއާއެކު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން 2 ވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް އެޕޮއިންޓްމަންޓް ދީގެން ވެކްސިން ޖަހަން މިއަދުން ފަށައިގެން ކުރިއަށް ގެންދެވޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން […]
އެޕޮއިންޓްމަންޓެއް ނެތި ވެކްސިން ޖަހަން ދިޔައަސް ވެކްސިނެއް ނުޖެހޭނެ
ވެކްސިންގެ ދެވަނަ ޑޯޒް މިއަދުން ފެށިގެން ޖަހަމުންދާއިރު ކުރީބައިގައި އެޕޮއިންޓްމަންޓް ނުހަދާ ވެކްސިން ޖަހަން ދިޔައަސް ވެކްސިން ނުޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭން މިހާރު ހަމަޖެހިފައިވާ އުސޫލަކީ އެޕޮއިންޓްމަންޓް އުސޫލުކަމަށް ނިންމާފައިވާކަމަށެވެ. ”ކޮވިޝީލްޑްގެ ދެވަނަ ޑޯޒް މިފަހަރު ދޭން ހަމަޖެހިފައިވަނީ ހަމައެކަނި އެޕޮއިންޓްމަންޓް ހަދައިގެން ކަމުގައި މައުލޫމާތަށްޓަކައި ދެންނެވީމެވެ,“ ވެކްސިން ދިނުމާގުޅިގެން އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އެޗްޕީއޭއިން ބުނި ގޮތުގައި ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް […]
ތުރުކީވިލާތުން ފާއިތުވި ޖޫން މަހު މުދާ އެކްސްޕޯޓްކުރި މިންވަރު ރެކޯޑް އަދަދަކަށް އިތުރުވެއްޖެ
ތުރުކީ ވިލާތުގެ ޓްރޭޑް މިނިސްޓަރ ނޫސްވެރިންނާ ބައްދަލު ކުރައްވަވައި މައުލޫމާތު ދެއްވަމުން އެ ގައުމުގެ އެކްސްޕޯޓް ކުރެވުނު މުދަލުގެ ނިސްބަތް ރެކޯޑް އަދަދަކަށް ފާއިތުވި ޖޫން މަހު އަރާފައިވާކަން ވަނީ އުފަލާއެކު ހުކުރު ދުވަހު ފާހަގަ ކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި ޖޫން މަހު އެކްސްޕޯޓު ކުރެވުނު މުދަލުގެ އަގު 19.8 ބިލިޔަން ޑޮލަރާއި ކައިރި ކުރާކަމަށެވެ. މިއީ ފާއިތުވެ ދިޔަ އަހަރާއި އަޅާ ބަލާއިރު 47 އިންސައްތައިގެ އިތުރުވުމެކެވެ. ތުރުކީ ވިލާތުގެ އިގްތިސާދު ވަނީ 2021 […]
ކެނެޑާއިން ފެނުނީ ބިރުވެރި ހޯދުމެއް
ދާދި ފަހުން ކެނަޑާއިން ފެނިފައިވާ ބިރުވެރި އަދި ހިތާމަވެރި ހޯދުމުން މުޅި ދުނިޔެ ސިއްސުވާލިއެވެ. ކެނެޑާގެ ހުޅަނގުގެ ސަރަހައްދެއްގައި ކުރިން ހުރި ބޯޑިންގް ސްކޫލްތަކެއް ކައިރިން މިދިޔަ މަހު 182 ގަބުރު ފެނުމާއެކު މުޅިގައުމަށް ވަނީ ނާމާން ކަމާއި ބިރުވެރިކަން ފެތުރިފައެވެ. 1800ގެ އަހަރުތަކުން ފެށިގެން 1990 އާ ހަމަހަޔަށް ކެނެޑާގައި އޮތީ ރެސިޑެންޝަލް ސްކޫލް ސިސްޓަމްއެވެ. މި ސްކޫލުތައް ހިންގުމާއި ހަވާލުވެގެން ތިބީ ރޫމީންގެ ކެތޮލިކް ފައްޅިތަކުގެ ފާދިރީންނެވެ. އެމީހުންގެ ބެލުމުގެ ދަށުން ގާތްގަނޑަކަށް 139 […]
އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި
ދިވެހި ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކޮށްފައިވާ މައްސަލައަކާ ގުޅިގެން މިރޭ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މި މައްސަލައާގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާ އޭނާ ހައްޔަރުކުރީ އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ކުރި ޓްވީޓް ކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓުއަމުރެއްގެ ދަށުންކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މުހައްމަދު އިނާދު ކިޔާ މީހެކެވެ. ފުލުހުން ބުނީ މި މައްސަލަ […]