ތިނަދޫގައި ދޫކޮށްފައިވާ ހައުސް ހޯލްޑް ޕާމިޓްތައް ކެންސަލްކޮށް ފިޔަވަޅުތައް ހަރުކަށިކޮށްފި

Loading

Facebook
Twitter
WhatsApp

 

ގދ. ތިނަދޫގައި ކޮވިޑް-19 ބަލި އިންތިހާއަށް ގިނަވުމާއި ގުޅިގެން މި ބަލި ކޮންޓްރޯލްކުރުމަށް ގޭބީސީތަކަށް ދޫކޮށްފައިވާ ހައުސް ހޯލްޑް ޕާމިޓްތައް ކެންސަލްކޮށް ފިޔަވަޅުތައް ހަރުކަށިކޮށްފިއެވެ.

ތިނަދޫގައި މިދިޔަ މަހުފަހުކޮޅުން ފެށިގެން އަމަލުކުރަމުން އައި 24 ގަޑިއިރުގެ ކާއިފިއުގެ މުއްދަތު އިތުރުކޮށްފައިވާއިރު، ކުރިން އަމަލުކުރަމުން އައީ ހައުސްހޯލްޑު ޕާމިޓުގެ ދަށުން ކޮންމެ ގެއަކަށް ހަފްތާއަކު އެއް ދުވަހު އެއްގަޑިއިރަށް އެކަކަށް ބޭރަށް ދެވޭނެ އުސޫލެކެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު އެއްވެސް ގެއަކުން ހައުސްހޯލްޑް ޕާމިޓްގެ ދަށުން ބޭރަށް ނުދެވޭނެއެވެ.

ތިނަދޫ ކައުންސިލުންބުނީ ކޮވިޑް-19އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން ނިންމީ އެ ފިޔަޅުތަކާ އެކުވެސް ތިނަދޫގައި ބަލިފެތުރުން ހިފެހެއްޓިފައި ނުވާތީކަމަށެވެ.

އެހެންކަމުން 24 ގަޑިއިރު ހިންގާ ކާފިއުގެ ވަގުތު އަނެއްކާ ވެސް ހަތް ދުވަހުގެ މުއްދަތަށް ވަނީ އިތުރުކޮށްފަ އެވެ.

ހައުސް ހޯލްޑް ޕާމިޓްގެ އިތުރުން ތިނަދޫގައި އަޅާފައިވާ ފިޔަވަޅުތައް:

1. ކަސްރަތު ކުރުމަށް ކުރިން ދީފައިވާ ގަޑިތައް ހުއްޓާލުން

  1. އެޗްޕީއޭއިން އަންގާފައިވާ ގޮތަށް ސަރުކާރު އިދާރާތަކުންދޭ ޒަރޫރީ ބޭނުންތަކަށް އޮފީސްތަކަށް ދުރުވާންޖެހޭ އެންމެ މަދު މުވައްޒަފުން ބޭނުންކޮށްގެން ހިދުތްދިނުން.
  2. އަމިއްލަ ކާރުތަކުގެ ދަތުރުތައް ހުއްޓާލުން
  3. ފުލުހުންދޭ ޓައިމް ބައުންޑް ޕާމިޓް ނެތް ފަރާތްތަކަށް ޓެކްސީގެ ހިދުމަތްދޭ ކާރުތަކުން ހިދުމަތް ނުދިނުން. އަދި އެފަދަ ހުއްދަނެތި ހިދުމަތް ދޭ ޓެކްސީތަކުގެ ހުއްދަ އެއް ހަފްތާގެ މުއްދަތަށް ހިފެހެއްޓުން
  4. ފިހާރަތަތަކުގެ ހިދުމަތް ހެނދުނު 08:00 އިން ރޭގަނޑު 21:00 އަށް ޑެލިވަރީއަށް ބަދަލުކުރުމާއި ކަސްޓަމަރުން ވައްދައިގެން ހިދުމަތްދިނުން ހުއްޓާލުން. އަދި ކަސްޓަމަރުން ވައްދައިގެން ހިދުމަތްދޭ ތަންތަނުގެ ހުއްދަތައް އެއް ހަފްތާ މުއްދަތަށް ހިފަހެއްޓުން. އަދި ޑެލިވަރީ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި ޑެލިވަރީ ފާސް ބޭނުންކޮށްގެން ބޭރުގައި އުޅޭފަރާތްތަކުގެ ފާސްތައް ކެންސަލް ކުރުން.
  5. ހޮޓާ އަދި ރެސްޓޯރަންޓް ތަކުގެ ހިދުމަތް ހެނދުނު 08:00 އިން ރޭގަނޑު 22:00 އަށް ޑެލިވަރީއަށް ބަދަލުކުރުމާއި ކަސްޓަމަރުން ވައްދައިގެން ހިދުމަތްދިނުން ހުއްޓާލުން. އަދި ކަސްޓަމަރުން ވައްދައިގެން ހިދުމަތްދޭ ތަންތަނުގެ ހުއްދަތައް އެއް ހަފްތާ މުއްދަތަށް ހިފަހެއްޓުން. އަދި ޑެލިވަރީ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި ޑެލިވަރީ ފާސް ބޭނުންކޮށްގެން ބޭރުގައި އުޅޭފަރާތްތަކުގެ ފާސްތައް ކެންސަލް ކުރުން.
  6. ކަނޑު މަސްވެރިކަން ކުރާ ދޯނިފަހަރުތައް މަހަށް ފުރުމަށްފަހު އެބުރި ރަށަށްއައިނަމަވެސް ރަށަށް ނުފޭބުން. އަދި އެނޫން މަސްވެރިކަން އެއް ހަފްތާ މުއްދަތަށް ހުއްޓާލުން
  7. ސަރުކާރުން ހުއްދަ ދީފައިނުވާ އެންމެހާ މަސައްކަތްތައް އެއް ހަފްތާ މުއްދަތަށް ހުއްޓާލުން.

ތިނަދޫގައި ކޮވިޑް ޖެހިގެން މިހާތަނަށް ދެ މީހުން މަރުވެފައިވާ އިރު 746 މީހުންނަށް މި ބަލި ޖެހިފައި ވެއެވެ. އަދި މިހާރުވެސް ކޮވިޑް ޖެހިފައިތިބި 267 މީހުން އެރަށުގައި އެބަތިއްބެވެ.

ކޮވިޑް ކޮންޓްރޯލުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް ތިނަދޫއަށް ދިމާވެފައިވާ ކޮވިޑްގެ ހާލަތުން އަރައިގަތުމަށް އާންމުންގެ އެއްބާރުލުން ކުރިއަށްވުރެ ބޮޑަށް ދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް