ބިދޭސީން ކަރަންޓީނު ވާނެ ތަންތަން ހޯދަން އިއުލާނުކޮށްފި

Loading

Facebook
Twitter
WhatsApp

 

ވަޒީފާ އަދާކުރަން ރާއްޖެއަށް އަންނަ ބިދޭސީން ކަރަންޓީނުވުމަށް ހޮޓެލް، ގެސްޓް ހައުސް ފަދަ ތަންތަން ހަމަޖައްސަން ބޭނުންވާތީ އެކަމަށް ޝައުގުވެރިވާ މީހުން ހޯދުމަށް އިއުލާނުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ރާއްޖެ އިން ބޭރުން އަންނަ މީހުން ކަރަންޓީނުކުރުމަށް ބޭނުންވާ ތަންތަން ހަމަޖެއްސުމަށް ޝައުގުވެރިވާ މީހުންނަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 2:00 އާ ދެމެދު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށް މާދަމާއިން ފެށިގެން ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ މިކަމާ ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުން ނަމަ، [email protected] އަށް މެއިލްކުރުމުން ޖަވާބު ލިބޭނެކަމަށެވެ.

އެކި ފަހަރު މަތިން ރާއްޖެ އިން ބޭރުން އަންނަ މީހުން ކަރަންޓީނުވުމަށް ބޭނުންވާ ތަންތަން ހޯދުމަށް ކުރިން ވެސް ހެލްތު މިނިސްޓްރީން އިއުލާނުކޮށްފައިވެ އެވެ.

އެޗްޕީއޭއިން މިހާރު ހަމަޖައްސާފައިވާ ގޮތުން ބޭރުން އަންނަ ދިވެހިންނާއި މަސައްކަތް ކުރަން ރާއްޖެ އަށް އަންނަ ބިދޭސީން ކަރަންޓީނުވާން ޖެހެ އެވެ. ނަމަވެސް މިހާރު އޮންނަ ގޮތުން، ޓޫރިސްޓުން ކަރަންޓީނުވާން ނުޖެހެހެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް