އަމިއްލަ ފަރާތަކުން ހަދިޔާ ކުރި ވެކްސިނާއި އެކު ކޮވިޝީލްޑުގެ ދެ ވަނަ ޑޯޒަށް ހުޅުވާލައިފި!

Loading

Facebook
Twitter
WhatsApp

ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ފެށީ ހެޔޮ އެދޭ ފަރާތަކުން ހަދިޔާކުރި ވެކްސިނުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ކޮވިޝީލްޑު ވެކްސިން އަމިއްލަ ފަރާތަކުން ހަދިޔާ ކޮށްފައިވަނީ އިއްޔަގެ ވަގުތެއްގައެވެ. މިއާއެކު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން 2 ވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް އެޕޮއިންޓްމަންޓް ދީގެން ވެކްސިން ޖަހަން މިއަދުން ފަށައިގެން ކުރިއަށް ގެންދެވޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދޭނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަންދީގެންނެވެ.

ރާއްޖޭގައި ކޮވިޑް19 ވެކްސިނޭޝަން ޕްރޮގްރާމް ފެބްރުއަރީ އެއްވަނަ ދުވަހު ފަށާފައިވަނީ އިންޑިއާއިން ފޯރުކޮށްދިން ކޮވިޝީލްޑު ވެކްސިންގެ ޑޯޒްތަކާއިއެކުގައެވެ. ނަމަވެސް އިންޑިއާގެ ކޮވިޑް-19ގެ ހާލަތު ގޯސްވެ ވެކްސިންގެ ޑޯޒްތައް އެގައުމުން އެކްސްޕޯޓްކުރުން މެދުކަނޑާލުމާގުޅިގެން މާލޭގައި ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުން މެދުކަނޑާލާފައި ވަނީ މެއި ދެ ވަނަ ދުވަހުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް