އެޕޮއިންޓްމަންޓެއް ނެތި ވެކްސިން ޖަހަން ދިޔައަސް ވެކްސިނެއް ނުޖެހޭނެ

Loading

Facebook
Twitter
WhatsApp

 

ވެކްސިންގެ ދެވަނަ ޑޯޒް މިއަދުން ފެށިގެން ޖަހަމުންދާއިރު ކުރީބައިގައި އެޕޮއިންޓްމަންޓް ނުހަދާ ވެކްސިން ޖަހަން ދިޔައަސް ވެކްސިން ނުޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭން މިހާރު ހަމަޖެހިފައިވާ އުސޫލަކީ  އެޕޮއިންޓްމަންޓް އުސޫލުކަމަށް ނިންމާފައިވާކަމަށެވެ.

”ކޮވިޝީލްޑްގެ ދެވަނަ ޑޯޒް މިފަހަރު ދޭން ހަމަޖެހިފައިވަނީ ހަމައެކަނި އެޕޮއިންޓްމަންޓް ހަދައިގެން ކަމުގައި މައުލޫމާތަށްޓަކައި ދެންނެވީމެވެ,“ ވެކްސިން ދިނުމާގުޅިގެން އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ދެވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް އެޕޮއިންޓްމެންޓް ދީގެން ވެކްސިން ޖެހުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށް ދާނެއެވެ.

އަދި ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދެމުން ގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން, ކުރިން ވެކްސިން ޖެހި މީހުންނަށް އިސްކަން ދީގެން ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ ފެބްރުއަރީ މަހުގެ ތެރޭގައި ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް މާޑަމާ ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެދުމަށް އެޗްޕީއޭއިން ގުޅާމުން ދާނެ ކަމަށެވެ. އަދި އެޕޮއިންޓްމަންޓް ލިބުމުން ކަނޑައެޅިފައިވާ ވަގުތުގައި ކަނޑައެޅިފައިވާ ތަނަށް އައުމަށް ސަމާލުކަން ދިނުމަށްވެސް އެ ވެކްސިން ޖަހަން ދާ އިރު އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމަށާއި ވެކްސިން ކާޑު ގެނައުމަށް އެޗްޕީއޭއިން ހަނދާންކޮށްދެއެވެ.

އަވައްޓެރި އިންޑިއާއިން އުފައްދާ ކޮވިޝީލްޑަކީ ރާޢްޖޭގައި މިހާތަނަށް ރާއްޖޭގައި އެންމެ ގިނަމީހުންޖަހައިފައިވާ އަދި ކޮވިޑް-19 އާއި ގުޅިގެން އެންމެ ފުރަތަމަތް ރާއްޖޭގައި ޖަހަންފެށި ވެކްސިނެވެ.

ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ރާއްޖޭގައި ޖެހި އެންމެންނަށް ދެވަނަ ޑޯޒް ޖަހާވަރަށް ވެކްސިން ނުލިބުމުގެ ސަބަބުން ގިނައަދަދެއްގެ ބަޔަކު ދެ ވަނަ ޑޯޒް ނުޖެހިފައި އެބަތިއްބެވެ.

ރާއްޖޭގައި މިވަގުތު ޖަހައިދެމުން ދަނީ ސިނޮފާމް ވެކްސިނެވެ. އަދި ހާއްސަ ހާލަތްތަކުގައި ހާއްސަ ފައިޒާ ވެކްސިން ޖަހަމުން ދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް