ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

376

 

ބ. ތުޅާދޫގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އެއްގައި ގެ އަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި އަލިފާނުގެ ހާދިސާގައި އެގޭގެ ފަރުނީޗަރުތަކާއި ހިފާ ގެންގުޅޭ ތަކެތި އަނދައިގެން ގޮސްފައިވާއިރު ގޭގެ އިމާރާތަށް ވެސް ވަނީ ބޮޑެތި ގެއްލުން ވެފައެވެ.

ތުޅާދޫ ކައުސިލުން މައުލޫމާތު ދިން ގޮތުގައި އެ ގެއަކީ ދެމަފިރިއަކާއި އެ މީހުންގެ ދެ ދަރިން ދިރިއުޅޭ މިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެއް ވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. އަލިފާން ރޯވި ވަގުތު އެއްވެސް މީހަކު ގޭގައި ނޫޅޭކަމަށް ކައުސިލުން ބުނެއެވެ.

މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި އަނދައިގެން ގޮސްފައި ވަނީ އެ ރަށު ގުލްޝަނީހިޔާ ނަމަކަށް ކިޔާ ގެއެއްގައެވެ.

އެ ގޭގައި ރޯވި އަލިފާންގަނޑު ނިއްވައިލީ އެ ރަށުގެ ރައްޔިތުން ނުކުމެއެވެ.

ކައުންސިލުން ބުނީ އެގޭގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓް ސޯޓެއް ވެގެންކަމަށް މިހާތަނަށް ބެލި ބެލުމުން ލަފާކުރެވޭކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިގޭގެ ވެރިން ދިރިއުޅެނީ މާލޭގައެވެ. އަލިފާނުގެ ހާދިސާ ހިނގިއިރު އެގޭގައި ދިރިއުޅުނު އާއިލާއަކީ އެގޭގެ ވެރިންނެއް ނޫނެވެ.  މި ހާދިސާއަށްފަހު އެގޭގައި ދިރިއުޅުނު އާއިލާ މިހާރުވަނީ އާއިލާގެ ގެއަކަށް ބަދަލުވެފައެވ.

ކައުންސިލުން ބުނީ އެ އާއިލާއަށް ދެވޭނީ ކޮންއެހީތެރިކަމެއްތޯ ބަލައި އެހީތެރިވުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ފުލުހުން އަންނަނީ މި އަލިފާނުގެ ހާދިސާ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ