ފުލުހުންގެ އިދާރީ ހިންގުމުގައި ހިމެނޭ ބައެއް މަގާމުތަކަށް ބަދަލު ގެނެސްފިއެވެ.
ފުލުހުން ބުނީ ބަދަލު ގެނެސްފައިވަނީ ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓާއި، ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑްގެ އިތުރުން ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ އިސް މަގާމުތަކަށް ކަމަށެވެ.
ހެޑް އޮފް ޓްރެއިނިން އެންޑް ޑިވެލޮޕްމެންޓްގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް އިސްމާއިލްލް ނަވީންއެވެ. އޭނާ ކުރިން ހުންނެވީ ހެޑް އޮފް ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ މަގާމުގައެވެ.
ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ހެޑްގެ މަގާމުގައި ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.
އޭގެ އިތުރުން ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ހެޑަކަށް އަންޔަނު ކުރައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަބްދުއްރަހްމާންއެވެ. އަހްމަދު އަބްދުއްރަހްމާން ކުރިން ހުންނެވީ ހެޑް އޮފް ޓްރެއިނިންގ އެންޑް ޑިވެލޮޕްމެންޓްގެ މަގާމުގައެވެ.