ސައުދީގައި އަންހެނުންގެ ހައްގުތަކުގެ ދިފާއުގައި އަޑުއުފުލި ދެ އަންހެނުން ޖަލުން ދޫކޮށްލައިފި

ޖަލުގައި ތިބި އަންހެން ދެ އެކްޓިވިސްޓުން އާދީއްތަ ދުވަހުގެ ވަގުތެއްގައި ސައުދީން ދޫކޮށްލައިފިއެވެ. ލަންޑަން ބޭސްޑް ރައިޓްސް ގްރޫޕެއް ކަމުގައިވާ އޭ.އެލް.ކިއު.އެސް.ޓީން މިކަމާ ގުޅިގެން ކޮށްފައިވާ ޓްވީޓެއްގައި ލިޔެފައިވާ ގޮތުގައި މި ދެ އެކްޓިވިސްޓުން ދޫކޮށްލާފައިވަނީ ބަންދުގައި ތިބޭތާ ތިން އަހަރު ދުވަސް ފަހުންނެވެ. ސާމަރް ބަދަވީ އާއި ނަސީމާ އަލް ސަޢުދާ އަކީ ސައުދީގައި އަންހެނުންގެ ހައްގުތަކުގެ ދިފާއުގައި އަޑުއުފުލި ދެ މީހުންނެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ގައުމީ ސަލާމަތަށް ނުރައްކާތެރިވާ ފަދަ އަމަލުތައް ކުރިކަމުގެ ތުހުމަތުގައެވެ. […]

ސައެންސުގެ ހޯދުންތަކާމެދު ކީރިތިގުރުއާނުގެ އަލީގައި ވިސްނާލުން ކީއްހެއްޔެވެ.؟

ސައެންސުގެ ހޯދުންތަކަކީ މައުލޫމާތުގެ ޚަޒާނާއިން އިންސާނުންނަށް ޙާސިލުކުރެވެމުންދާ ވަރަށްބޮޑު ކުރިއެރުމެކެވެ. ބޭސްފަރުވާއާއި ދަތުރުފަތުރާއި މުވާސަލާތު އަދި ކާއިނާތުގެތެރޭގައި ހިނގަމުންދާ ކަންތައްތަކާއި މިހެންގޮސް އެތަށް ބައިވަރު ހޯދުންތަކެވެ. އެހޯދުންތަކުގެ ވަސީލަތުން މުޅިއިންސާނިއްޔަތަށް ބޮޑެތި ފައިދާތަކެއް ކުރެއެވެ. ހަމަ އެއާއެކު އެ ހޯދުންތަކުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރުމުން މުޅި އިންސާނިއްޔަތަށް ހަމައެހާމެ ބޮޑުގެއްލުންވެސް ވެއެވެ. މިއިން ކޮންމެ ހޯދުމަކީ ކީރިތިގުރުއާނާއި މާތް ނަބިއްޔާގެ ބަސްފުޅުތަކުން އިސްލާމުންނަށް އިރުޝާދާއި އުފާވެރިކަމާއި އިންޒާރުގެ ޚަބަރު ދީފައިވާކަންތައްތަކެވެ. ދާދިފަހުން އަޅުގަނޑު ދަސްކުރި ފިލާވަޅެއްގައި ކާއިނާތު […]

ރައްޔިތުންނަށް ހައްގު ހޯދައި ދޭން އުޅޭނީ ކޮންބައެއް؟

ރާއްޖޭގައި މުޒާހަރާ ތަކުގައި ބައިވެރިވި ބައެއް ފަރާތްތަކަށާއި ސަރުކާރަށް ފާޑު ކިޔައިހެދި ބައެއް މީހުންނަށާއި ސަރުކާރުގެ އަނިޔާވެރި ޚުދު މުޚުތާރު ޢަމަލުތަކުގެ ވާހަކަ ނޫސްތަކުގައާއި މަޖައްލާ ތަކުގައި ޝާއިޢު ކުރި ފަރާތްތައް ޖަލަށްލައި ޖިސްމާނީގޮތުންނާއި މާއްދީގޮތުން ބޮޑެތި އަނިޔާތައް ދީފައި ވެއެވެ. އޭގެ ސަބަބުން ޢާއިލާތައް ރޫޅި ދިރިއުޅުމަށްޓަކާ ކުރަމުން ދިޔަ މަސައްކަތް ބަރުބާދު ވެފައިވެއެވެ. އިގުތިސާދީ ގޮތުންނާއި އިޖްތިމާޢީގޮތުން ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އެގޮތުން ”ހުކުރު“ މަޖައްލާ، ”ސަންދާނު“ މަޖައްލާ، ”މިނިވަން“ ނޫހުގެ […]

އިންޑިއަން ހައިކޮމިޝަން ގޮއްވާލަަން ދިން އިންޒާރާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

  ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ބަންދުގެ މުއްދަތަށް އިތުރު ތިން ދުވަސް އިއްޔެ ދީފި އެވެ. ފޭކް އެކައުންޓެއްގެ ގޮތުގައި ހިންގާ، ”ރޯޔަލް ހުސެއިން ތަކުރު“ ކިޔާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިންޑިއާ ހައިކޮމިޝަން ގޮއްވާލަން އާރްޑީއެކްސްއެއް ބޭނުންވާ ކަމަށާއި އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށެވެ. މި ޓްވީޓާއި ގުޅިގެން ފުލުހުން ހައްޔަރުކުރީ މުހައްމަދު އިނާދު ނަމަކަށް ކިޔާ އުމުރުން […]

އެއާޕޯޓް ތަރައްގީކުރުމަށް އަނެއްކާވެސް 770 މިލިއަން ރުފިޔާގެ ލޯނެއް     

  ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ބޮޑުކުރުމުގެ ޕްރޮޖެކްޓަށް ކުވައިތު ފަންޑުން އަނެއްކާވެސް 771 މިލިއަން ރުފިޔާގެ (15 މިލިއަން ކުވައިތު ދީނާރު)ގެ  ލޯނު އެއްބަސް ވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އަމީރެވެ. އަދި ކުވައިތު ފަންޑުގެ ފަރާތުން ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ފޯ ފައިނޭންސް އެންޑް އެޑްމިން ނިދަރަލް އަލް އޮލަޔާނެއެވެ. އެއާޕޯޓު ތަރައްގީ ކޮށް ބޮޑުކުރުމުގެ ޕްރޮޖެކްޓަށް މީގެ ކުރިން 2016 ވަނަ […]

މަމްސް އެކްސްޕޯ ފަށައިފި

  އަންހެނުންނަށް ހާއްސަ ކޮށްގެން ބާއްވާ ”މަމްސް އެކްސްޕޯ “ މަމްސް ޖަމިއްޔާއިން ފަށައިފި އެވެ. އަންހެނުންނާއި ކުޑަކުދިންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މަމްސް ޖަމިއްޔާއިން ބުނީ ފަންޑް ރައިޒްކުރުމުގެ މަގުސަދުގައި ބާއްވާ މި ހަރަކާތަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުންދާކަމަށެވެ. އެ ޖަމިއްޔާއިން ބުނީ މި އަހަރުގެ އެކްސްޕޯގައި ސަތޭކައަށް ވުރެ ގިނަ ވިޔަފާރިތަކުގެ އުފެއްދުންތައް ފެންނާނެ ކަމަށެވެ. އަދި މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް މި އެކްސްޕޯ ކުރިއަށް ދާނެކަމަށް […]

ކަނޑުގައި އޮޔާދާ ހުސް އޮނަކާއި މި ސަރުކާރުގެ ސިޔާސަތާއި އެއްވެސް ތަފާތެއް ނެތް

  ކަނޑުގައި އޮޔާދާ ހުސް އޮނަކާއި މި ސަރުކާރުގެ ސިޔާސަތާ އެއްވެސް ތަފާތެއްނެތްކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. އޮޔާދާ އޮނަކާއި މި ސަރުކާރާއި އެއްފަދަ ކުރައްވައި ސައީދުވަނީ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓް އޭނާ ކުރެއްވީ އޮންލައިން ނޫހެއްގައި ޖަހާފައިވާ ދެ ހަބަރެއްގެ ސްކްރީން ޝޮޓަކާއެކުއެވެ. އޭގެއިން އެއް ހަބަރަކީ ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންގެ މުސާރަ ބޮޑުކުރުމާއި […]

އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދުމުގެ ސުންގަޑި އަކީ މި މަހު 17

    ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް) އިން ދޫކުރަމުން އަންނަ ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ ސުންގަޑި މި މަހުގެ 17ވަނަ ދުވަހު ހަމަވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ. ބީއެމްއެލް އިން ބުނީ ވަކި އަދަދެއް ކަޑައަޅާފައިވާ އެ ލޯން ދޫކުރަމުން އަންނަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން އެންމެ ފުރަތަމަ ހުށަހަޅާ ފަރާތްތަކަށް އިސްކަން ދީގެން ކަމަށެވެ. މީގެ އިތުރުން މިހާތަނަށް ބޭންކުން ބަލައިގެންފައިވާ ލޯން އެޕްލިކޭޝަންތަކުގެ އަދަދު […]

މިރޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް: ތާރީޚުގައި ފުރަތަމަ ފަހަރަށް ތަށީގައި އަތްލުމުގެ ފުރުސަތު އިނގިރޭސީންނަށް

ދުނިޔޭގައި ކުޅޭ ދެވަނައަށް އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ، ޔޫރަޕިއަން ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލް މެޗު މިރޭ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި މެންދަމު 12.00ގައި ފަށާނެއެވެ. ބައްދަލު ކުރާނީ އިނގިރޭސި ވިލާތާއި އިޓަލީއެވެ. ޔޫރަޕްގެ ގައުމުތަކުގެ މެދުގައި 1960 ވަނަ އަހަރު ބާއްވަންފެށި ޔުއެފާ، ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ދެ ގައުމަކީ ޖަރުމަނީއާއި ސްޕޭނެވެ. އެ ދެގައުމުން ވެސް ވަނީ ތިން ފަހަރު މުބާރާތުގެ ތަށި […]

އައިޕީޔޫ އަށް ހޮވިވަޑައިގެންނެވި ފުރަތަމަ ދިވެހި މެންބަރަކަށް ޖީހާން

  އިންޓަރ ޕާލިމެންޓްރީ ޔޫނިއަންގެ (އައިޕީޔޫ)ގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމެޓީގެ މެމްބަރުކަމަށް ފުރަތަމަ ފަހަރަށް ހޮވުނު ދިވެއްސެއްގެ ގޮތުގައި ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު، އަދި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީގެ މުޤައްރިރުކަންވެސް ކުރައްވާ ޖީހާން މަހްމޫދު ހޮވިވަޑައިގެންފިއެވެ. ޤާނުނު ހަދާ މަޖިލިސްތައް ތަމްސީލު ކުރާ ދުނިޔޭގެ ޖަމިއްޔާ (އައިޕީޔޫ)ގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމެޓީއަކީ ޑިމޮކްރެސީއާއި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މަސައްކަތްކުރުމަށް އައިޕީޔޫގައި އެކުލަވާލާފައިވާ ކޮމެޓީއެވެ. މި ކޮމިޓީން ޑިމޮކްރެސީއާއި […]