އައިޕީޔޫ އަށް ހޮވިވަޑައިގެންނެވި ފުރަތަމަ ދިވެހި މެންބަރަކަށް ޖީހާން

Loading

Facebook
Twitter
WhatsApp

 

އިންޓަރ ޕާލިމެންޓްރީ ޔޫނިއަންގެ (އައިޕީޔޫ)ގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމެޓީގެ މެމްބަރުކަމަށް ފުރަތަމަ ފަހަރަށް ހޮވުނު ދިވެއްސެއްގެ ގޮތުގައި ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު، އަދި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީގެ މުޤައްރިރުކަންވެސް ކުރައްވާ ޖީހާން މަހްމޫދު ހޮވިވަޑައިގެންފިއެވެ.

ޤާނުނު ހަދާ މަޖިލިސްތައް ތަމްސީލު ކުރާ ދުނިޔޭގެ ޖަމިއްޔާ (އައިޕީޔޫ)ގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމެޓީއަކީ ޑިމޮކްރެސީއާއި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މަސައްކަތްކުރުމަށް އައިޕީޔޫގައި އެކުލަވާލާފައިވާ ކޮމެޓީއެވެ.

މި ކޮމިޓީން ޑިމޮކްރެސީއާއި ހިއުމަން ރައިޓްސް އަށް ހުރި ގޮންޖެހުންތައްދެނެގަނެ، ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ގާނޫނު ހަދާ މަޖިލިސްތަކުން ކުރަންޖެހޭ ކަންތައްތަކުގެ ގޮތުގައި ހުށަހެޅުމުން، މުޅި އައިޕީޔޫގެ މެމްބަރުންގެ މެދުގައި ގަރާރުތަކެއްގެ ގޮތުގައި އެކަންކަން ފާސްކުރެއެވެ.

ޖީހާން މަހްމޫދު އައިޕީޔޫގެ މަގާމަށް ހޮވިވަޑައިގަތުމުން އެކަމަށް މަޖިލީހުން ވަނީ މަރުހާބާ ކިޔާފައެވެ.

އަދި ޖިހާން އައިޕީޔޫގެ މަގާމަށް ހޮވިވަޑައިގަތުމުން އެކަން ފާހަގަކުރައްވާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސްވަނީ ރާއްޖޭގެ މަޖިލިސް މެމްބަރުން މިފަދަ މަގާމުތަކުން ފެނިގެންދިއުމަކީ އުފާކުރައްވާކަމެއްކަމަށް ވިދާޅުވެ ޖީހާނަށް މަރުހަބާ ފޮނުއްވާފައެވެ.

ހާއްސަކޮށް މިފަދަ އިސްރޯލްތަކުން އަންހެން މެމްބަރުން ފެނިވަޑައިގަތުމުން އެކަމާއި ފަހްރުވެރިވެޑައިގަންނަވާކަމަށް ވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ދުނިޔޭގެ ގާނޫނު ހަދާ މަޖިލިސްތައް ހިމެނޭ އައިޕީޔޫގައި 150 ވުރެ ގިނަ ގައުމުގެ މަޖިލިސްތައް ތަމްސީލުކުރެއެވެ.

ރާއްޖެއިން ބައިނަލް އަޤްވާމީ ޖަމިއްޔާތަކާއި ގުޅުން ބަދަހިކޮށް އެފަދަ ޖަމިއްޔާތަކުގައި ރާއްޖޭއިން އަދާކުރާ ރޯލު އަންނަނީ ފުޅާކޮށް ބޮޑުކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް