އެއާޕޯޓް ތަރައްގީކުރުމަށް އަނެއްކާވެސް 770 މިލިއަން ރުފިޔާގެ ލޯނެއް     

Loading

Facebook
Twitter
WhatsApp

 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ބޮޑުކުރުމުގެ ޕްރޮޖެކްޓަށް ކުވައިތު ފަންޑުން އަނެއްކާވެސް 771 މިލިއަން ރުފިޔާގެ (15 މިލިއަން ކުވައިތު ދީނާރު)ގެ  ލޯނު އެއްބަސް ވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އަމީރެވެ. އަދި ކުވައިތު ފަންޑުގެ ފަރާތުން ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ފޯ ފައިނޭންސް އެންޑް އެޑްމިން ނިދަރަލް އަލް އޮލަޔާނެއެވެ.

އެއާޕޯޓު ތަރައްގީ ކޮށް ބޮޑުކުރުމުގެ ޕްރޮޖެކްޓަށް މީގެ ކުރިން 2016 ވަނަ އަހަރު ވެސް ކުވައިތު ފަންޑުން 770 މިލިއަންރުފިޔާގެ ލޯނެއް ނަގާފައިވެއެވެ. އެއީ 20 އަހަރު ދުވަހުން އަބުރާ ދައްކާގޮތަށް ދިން ލޯނެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކޮށް ތަރައްގީކުރުމަށް  800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ހަރަދުކުރަން ހަމަޖެހިފައިވެ އެވެ. މި ޕްރޮޖެކްޓްގެ މަސައްކަތްކުރަނީ ސައުދީގެ ބިންލާދިން ކުންފުންޏާ ހަވާލުކޮށްގެންނެވެ.

މި ޕްރޮޖެކްޓްގެ ދަށުން އާ ރަންވޭ އާއި ފިއުލް ފާމެއް، ޕެސެންޖާ ޓާމިނަލް، ސީ ޕްލޭން ޓާމިނަލް އަދި ކާގޯ ކޮމްޕްލެކްސްއެއް ހަދުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން ބައެއް ތަންތަނުގެ މަސައްކަތް މިހާރުވަނީ ނިމިފައި ވާއިރު ބައެއް މަސައްކަތްތައް މިހާރުވެސް ދަނީ ކުރިއަށެވެ.

އެގޮތުން ވީއައިއޭގައި 3،400 މީޓަރު ދިގު، 60 މީޓަރު ފުޅާ އާ ރަންވޭގެ މަސައްކަތް ނިންމައިފަ އެވެ.

އަދި ފިއުލް ފާމާއި ސީ ޕްލޭން ޓާމިނަލް އާއި އާ ޓާމިނަލް އާއި ކާގޯ ކޮމްޕްލެކްސްގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް