އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދުމުގެ ސުންގަޑި އަކީ މި މަހު 17

Loading

Facebook
Twitter
WhatsApp

 

 

ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް) އިން ދޫކުރަމުން އަންނަ ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ ސުންގަޑި މި މަހުގެ 17ވަނަ ދުވަހު ހަމަވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ ވަކި އަދަދެއް ކަޑައަޅާފައިވާ އެ ލޯން ދޫކުރަމުން އަންނަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން އެންމެ ފުރަތަމަ ހުށަހަޅާ ފަރާތްތަކަށް އިސްކަން ދީގެން ކަމަށެވެ.

މީގެ އިތުރުން މިހާތަނަށް ބޭންކުން ބަލައިގެންފައިވާ ލޯން އެޕްލިކޭޝަންތަކުގެ އަދަދު ވެސް ލޯން ސްކީމަށް ކަނޑައަޅާފައިވާ ލިމިޓަށްވުރެ އިތުރު ކަމަށް ވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ.

ބީއެމްއެލް އިން ބުނީ ލޯނަށް އެދި އެހާތަނަށް ބޭންކަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމަށްފަހު، އެފަންޑުގައި ބާކީ ފައިސާ ހުރެއްޖެނަމަ އަލުން ލޯނަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް