މަމްސް އެކްސްޕޯ ފަށައިފި

Loading

Facebook
Twitter
WhatsApp

 

އަންހެނުންނަށް ހާއްސަ ކޮށްގެން ބާއްވާ ”މަމްސް އެކްސްޕޯ “ މަމްސް ޖަމިއްޔާއިން ފަށައިފި އެވެ.

އަންހެނުންނާއި ކުޑަކުދިންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މަމްސް ޖަމިއްޔާއިން ބުނީ ފަންޑް ރައިޒްކުރުމުގެ މަގުސަދުގައި ބާއްވާ މި ހަރަކާތަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުންދާކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ މި އަހަރުގެ އެކްސްޕޯގައި ސަތޭކައަށް ވުރެ ގިނަ ވިޔަފާރިތަކުގެ އުފެއްދުންތައް ފެންނާނެ ކަމަށެވެ. އަދި މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް މި އެކްސްޕޯ ކުރިއަށް ދާނެކަމަށް އެޖަމިއްޔާއިން ބުނެއެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މި އަހަރުގެ އެކްސްޕޯ ބާއްވަނީ އޮންލައިންކޮށް ފޭސްބުކް ޒަރީއާއިންނެވެ.

މަމްސް އިން އަންނަނީ އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ ޕްރޮޑަކްތައް ވީހާވެސް ގިނަ މީހުންނަށް ފެންނާނެގޮތް ހެދުމަށް ބޫސްޓް ވެސް ކުރަމުނެވެ.

މި އީ އެ ޖަމިއްޔާއިން މަމްސް އެކްސްޕޯ ބާއްވާ ތިން ވަނަ އަހަރެވެ. މިދިޔަ އަހަރުވެސް މި އެކްސްޕޯ ބޭއްވީ އޮންލައިންކޮށެވެ.

2019 ވަނަ އަހަރު ރަޖިސްޓްރީ ކުރި މި ޖަމިއްޔާ އަންނަނީ މައިންނާއި ދަރިންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް