ކަނޑުގައި އޮޔާދާ ހުސް އޮނަކާއި މި ސަރުކާރުގެ ސިޔާސަތާއި އެއްވެސް ތަފާތެއް ނެތް

Loading

Facebook
Twitter
WhatsApp

 

ކަނޑުގައި އޮޔާދާ ހުސް އޮނަކާއި މި ސަރުކާރުގެ ސިޔާސަތާ އެއްވެސް ތަފާތެއްނެތްކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އޮޔާދާ އޮނަކާއި މި ސަރުކާރާއި އެއްފަދަ ކުރައްވައި ސައީދުވަނީ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓް އޭނާ ކުރެއްވީ އޮންލައިން ނޫހެއްގައި ޖަހާފައިވާ ދެ ހަބަރެއްގެ ސްކްރީން ޝޮޓަކާއެކުއެވެ.

އޭގެއިން އެއް ހަބަރަކީ ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންގެ މުސާރަ ބޮޑުކުރުމާއި ގުޅިގެން ލިޔެފައިވާ ހަބަރެކެވެ. އަނެއް ހަބަރަކީ ހުޅުލޭގައި ހުންނަ ހުޅުލޭ އައިލެންޑް ހޮޓެލް ( އެޗްއައިއެޗް) އިން ގިނަ އަދަދެއްގެ މުއައްޒަފުންތަކެއް ކަނޑާލުމާއި ގުޅިގެން ލިޔެފައިވާ ހަބަރެކެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ންގެ މުސާރަ ވަނީ ބޮޑުކޮށްފައެވެ. ސަރުކާރު ކުންފުނިތަކުގެ އެންމެ ދަށް ކެޓަގަރީގެ ކުންފުންޏެއްގެ އެމްޑީގެ މިހާރުގެ މުސާރަ އަށް އެވްރެޖުކޮށް 10،000ރުފިޔާ  އާއި 15،000 ގެ އިތުރުވުމެއް ވަނީ ގެނެސްފައެވެ.

އަދި އެޗައައިއެޗްގައި ވަޒީފާ އަދާކުރަމުން ދިޔަ  30 ހަކަށް މުއައްޒަފުން ނޯޕޭ ލީވްގައި ތިއްބާ މިދިޔަ ހަފްތާގައިވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

މިކަމަށް ފާޑުކިއުވައި ސައީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖޭގެ އިކޮނޮމީ ގޯސްވެއްޖެ ކަމަށާ، ވެރިންގެ މުސާރަބޮޑުވެ، މުއައްޒަފުންގެ މުސާރަ ދަށްވެއްޖެކަމަށެވެ.

“ ކަނޑުގައި އޮޔާދާ ހުސް އޮނަކާއި ރ. ސޯލިހު ސަރުކާރުގެ ސިޔާސަތާއި އެއްވެސް ތަފާތެއްނެތް. އިކޮނޮމީ ވަނީ ގޯސް، ވެރިންގެ މުސާރަ ވަނީ ބޮޑު، މުއައްޒަފުންގެ މުސާރަވީ 50 އިންސައްތަ ދަށް“ ސައީދު ޓްވީޓްގައި ވިދާޅުވިއެވެ.

އަދި މުސާރަ ކުޑަކުރި ގިނަ ކުންފުނިތަކަށް ދިނީ ޓެކްސް ލުއި ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް