އެސްޑީއެފްސީގެ އޮފީސް ފަޅާލައިފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް މި ސަރުކާރުން އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން  (އެސްޑީއެފްސީ)ގެ އޮފީސް ފަޅާލައިފި އެވެ. ފުލުހުންބުނީ އެސްޑީއެފްސީގެ އޮފީސް ފަޅާލައި ވައްކަންކޮށްފައިވާ މައްސަލައެއް މިއަދު ހެނދުނު 8:56 އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށާ، އެކަމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާކަމަށެވެ. މ. ކަނީރުވިލާގެ ދެވަނަ ފްލޯގައި ހިންގަމުން ގެންދާ އެސްޑީއެފްސީގެ އޮފީސް ތެރޭގައި ފުލުހުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. މި މައްސަލައާގުޅިގެން އިތުރު ތަފްސީލެއް ފުލުން […]

ކެނެރީގޭ ނަޝީދު: ”މަނިކުފާނު މޮޔަފުޅު ވީތޯ؟“

ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމް ކުރީގެ ރައީސް ކެނެރީގޭ މުޙައްމަދު ނަޝީދާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެއްފަހަރަކު ސުއާލު ކުރެއްވިއެވެ. ”މަނިކުފާނު މޮޔަފުޅު ވީތޯ؟“ ރައީސް ނަޝީދުގެ ސަރުކާރުގެ ސަލާމަތީ ބާރުތަކުން ޢަބްދުﷲ ގާޒީ ވަގަށް ނަގައި ހައްޔަރުކޮށް ބަންދުކުރުމުން އެކަމާ ދެކޮޅަށް ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތައް ގުޅިގެން ކުރަމުން ދިޔަ މުޒާހަރާތަކުގައި ވާހަކަފުޅުދައްކަވަމުން މަޝްހޫރު ސަންދާން އަޙްމަދު ދީދީ ނަޝީދަކީ ”މޮޔަ ކުއްޖެއް“ކަމުގައި އެތައް ރެއަކު، އެތައް ފަހަރަކު، ވިދާޅުވެފައިވެއެވެ. އެއީ އެތަކެއް އަހަރު […]

ގިނައަދަދެއްގެ ބަނގުރާއާ އެކު މީހަކު ހައްޔަރުކޮށްފި

  މާލެސިޓީން ގިނަ އަދަދެއްގެ ބަނގުރާ އާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސައިގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ހައްޔަރުކުރީ ގާނޫނާއި ގަވާއިދާ ހިލާފަށް މާލެއަށް ބަނގުރާ އެތެރެކޮށް ބަނގުރާގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށްފުލުހުންބުނެއެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި މާލޭގެ ގެ އަކާއި ގަރާޖެއް ބަލައި ފާސްކުރިއިރު 732 ދަޅު ބިޔަރު ފެނިފައިވާކަމަށެވެ. ފުލުހުން އަންނަނީ މި މައްސަލަ […]

ނިހާންގެ ޝާރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

  މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ހިޔާނާތާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތުގައި، އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ މައްސަލަ ކްރިމިނަލް ކޯޓުގައި މިއަދު ތާވަލު ކުރުމަށް ފަހު ކެންސަލް ކޮށްފި އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ނިހާނުގެ މައްޗަށް ވަނީ ހަ ދައުވާއެއް އުފުލައިފައެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއާއި، ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއެއްގެ އިތުރުން […]

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްތަކަށް ނޭރޭނެ

    ދެކުނު އޭޝިއާއިން ރާއްޖެ އަންނަ ފަތުރުވެރިނަށް މީހުން ދިރިއުޅޭ ރަށްރަށަށް ނުގެންދެވޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) ބުނެފި އެވެ. އެޗްޕީއޭއިން  މިއަދު ނެރުނު ބަޔާނުގައި ވަނީ ވަކިގޮތެއް އަންގަންދެން ސައުތު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ޗެކްއިން ނުވެވޭނެ ކަމަށެވެ. ނަމަވެސް މާލޭގައި  ޓްރާންސިޓްވާން ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ އުސޫލުގެ މަތިން އެ މިނިސްޓްރީން ކަނޑައަޅާ ގެސްޓްހައުސްތަކުގައި ތިބޭ ތިބުން އިސްތިސްނާ […]

ރައީސް ޔާމިންގެ ބަޔާނެއް ނަގަން އުޅެނީ ރައްޔިތުންގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލަން: އިނދިކޮޅު ކޯލިޝަން

  ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްގެން ބަޔާން ނަގަން އުޅެނީ ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކާ ހެދި ރައްޔިތުންގެ ވިސްނުން އެހެން ދިމާލަކަށް އަނބުރާލުމުގެ ބޭނުމުގައި ކަމަށް ޕީޕީއެމް، ޕީއެންސީން ބުނެފި އެވެ. ރައީސް ޔާމިނާ ސުވާލުކޮށް ބަޔާން ނަގުމަށް އާދީއްތަ ދުވަހާއި އިއްޔެ ވެސް އެމަނިކުފާނު ވަނީ ފުލުހުންގެ އިދާރާއަށް ހާޒުރުކޮށްފައެވެ. ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަމުން ދަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ވ. އާރަށް […]

ގާޒީ ހާފިޒާގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިފި

  ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރުގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހުށަހަޅައިފިއެވެ. ގާޒީ ހާފިޒާގެ ސެކްޝަންގައި ހިނގަމުންދާ މައްސަލަތަކެއް ލަސް ކުރަމުންދާ ކަމަށް ތުހުމަތުކޮށް އޭނާގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާފައިވަނީ ދަ ލިޓިގަންޓްސް ލޯ ފާމުންނެވެ. ދަ ލިޓިގަންޓްސް ލޯ ފާމުން ޖޭއެސްސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އަށް ފޮނުވި ސިޓީގައިވަނީ އެ ސެކްޝަންގައި ހިނގާ މައްސަލަތައް ލަސްކަމަށާ، މައްސަލަ […]

ރަހީނުކޮށް ކުއްޖާ މަރާލުން: ކުއްޖާގެ ހަށިގަނޑު ވަޅުލައިފި

  ރަހީނުކޮށް މަރާލުމަށްފަހު އެއްލާލި އުމުރުން 13 އަހަރުގެ ފިހެންކުއްޖާގެ ހަށިގަނޑު ރޭ ވަޅުލައިފި އެވެ. މިކުއްޖާ އަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނަންހުރިއިރު އެ ކުއްޖާ ވަޅުލާފައިވަނީ މަރުގެ ހަގީގަތްހޯދުމަށް އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު ރާއްޖެ ގެނެސް އެވެ. މި މަހު ފަސް ވަނަ ދުވަހު އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާގެ ޓްރެވެންޑަމަށް ފުނުވުމަށް ފަހު އަނބުރާ ގެނައީ އިއްޔެގައެވެ. ކުއްޖާ ވަޅުލާފައިވާއިރު ޕޯސްޓްމޯޓަމް ގެ […]

ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ދެ މީހަކަށް ދައުވާކުރަނީ

  ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި ދެ  މީހެއްގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް ހުށަހަޅައިފިއެވެ. ޕްރޮސިކިއުޓަރ ޖެނަރަލް އޮފީހުން ބުނީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް އެމީހާއަށް ބިރުދައްކައި މާރާމާރީ ހިންގި މައްސަލާގައި ހދ. ކުޅުދުއްފުށި، މާތުނޑި، މުއާޒް އަލީއާއި، ހަމަ އެރަށު ސެޓެލައިޓް، މުހައްމަދު އާދަމްގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވާކަމަށެވެ. މި ދެ މީހުންގެ މަށްޗަށް ދައުވާ ކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް […]

ތުރުކީވިލާތުގައި ޖަނަވާރުތަކަށް ޚާއްޞަ އެމްބިއުލެންސްގެ ޚިދުމަތް ފަށައިފި

ކެމްބިއުލާންސް ޚިދުމަތުގެ ނަމުގައި ތުރުކީވިލާތުގައި ޖަނަވާރުތަކަށް ޚާއްޞަކޮށް އެމްބިއުލެންސްގެ ޚިދުމަތް ފަހިކޮށްދޭން ފަށައިފިއެވެ. ޓާކިޝް މުނިސިޕަލްޓީ އޮފް ކެންޔާއިން އިސްނަގައިގެން މި ޚިދުމަތް ދޭން ފަށާފައި ވަނީ އެ ގައުމުގެ މަގުތަކުގައި އުޅޭ ޖަނަވާރުތައް ސަލާމަތް ކުރުމުގެ ގޮތުންނެވެ. އެކްސިޑެންޓް ތަކުގައި އަނިޔާވާ ޖަނަވާރުތަކަށް ފުރަތަމަ އެހީ ދެވޭގޮތަށް މި އެމްބިއުލެންސް ވަނީ ފަރުމާ ކުރެވިފައެވެ. މި އެމްބިއުލެންސްގައި ޑީފައިބްރެލޭޓަރަކާއި އޮކްސިޖެން ވެކިއުމް ސިސްޓެމެއް ހުންނާނެއެވެ. އަދި މީގެ އިތުރުން މެކޭނިކަލް ވެންޓިލޭޝަން ސާރވިސްއަކާއި، އެސްޕިރޭޝަން ޑިވައިސްއަކާއި، […]