ގާޒީ ހާފިޒާގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

 

ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރުގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހުށަހަޅައިފިއެވެ.

ގާޒީ ހާފިޒާގެ ސެކްޝަންގައި ހިނގަމުންދާ މައްސަލަތަކެއް ލަސް ކުރަމުންދާ ކަމަށް ތުހުމަތުކޮށް އޭނާގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާފައިވަނީ ދަ ލިޓިގަންޓްސް ލޯ ފާމުންނެވެ.

ދަ ލިޓިގަންޓްސް ލޯ ފާމުން ޖޭއެސްސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އަށް ފޮނުވި ސިޓީގައިވަނީ އެ ސެކްޝަންގައި ހިނގާ މައްސަލަތައް ލަސްކަމަށާ، މައްސަލަ ތައް ލަސްވަމުންދާތީ އެ ކަމާ ގުޅިގެން ފޮނުވި ސިޓީތަކަށް ވެސް ޖަވާބުދީފައި ނުވާކަމަށެވެ.

ލިގިޓަންޓްސްގެ ގާނޫނީ ވަކީލު ނާޒިމް ސައްތާރު ސޮއިކުރައްވައި ފޮނުވި ސިޓީގައިވާ ގޮތުން އޭޕްރީލް 2021 ގެ ފަހުން އޭނާ ފޮނުއްވި އެއްވެސް ސިޓީއަކަށް ވެސް ޖަވާބު ދެއްވާފައި ނުވާތީ ގާޒީގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން އެދިވަޑައިގަންނަވާ ކަމަށް ލިޔެފައި ވެއެވެ.

އެ ސިޓީގައި ނާޒިމް ވަކާލާތު ކުރައްވާ ބައެއް މައްސަލަތަކުގައި އަޑުއެހުން އެންމެ ފަހުން ބޭއްވި ތާރީޚްއާއި، މައްސަލަ މިހާރު އޮތް ހިސާބާއި، އަޑުއެހުންތައް ނުބާއްވާ ދިގުދެމިގެންދާ ތާރީހްތައް ވެސް ހިމަނާފައިވެއެވެ.

މީގެ ތެރޭގައި ހަތް މައްސަލައެއް ފާހަގަކޮށްފައިވެއެވެ. އެއީ ޖީސީއައިއާއި ޑީބްލޫގެ ކުންފުނިތަކަށް ނާޒިމް ވަކާލާތު ކޮށްދެއްވާ މައްސަލަތަކެވެ.

ޖޭއެސްސީން ގެންދަނީ ފަހަކަށް އައިސް ފަޑިޔާރުންގެ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. އެކަމާ ގުޅިގެން ބައެއް ފަޑިޔާރުންގެ ނުރުހުން ޖޭއެސްސީއަށް ވަނީ އަމާޒުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް