ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްތަކަށް ނޭރޭނެ

Loading

Facebook
Twitter
WhatsApp

 

 

ދެކުނު އޭޝިއާއިން ރާއްޖެ އަންނަ ފަތުރުވެރިނަށް މީހުން ދިރިއުޅޭ ރަށްރަށަށް ނުގެންދެވޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) ބުނެފި އެވެ.

އެޗްޕީއޭއިން  މިއަދު ނެރުނު ބަޔާނުގައި ވަނީ ވަކިގޮތެއް އަންގަންދެން ސައުތު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ޗެކްއިން ނުވެވޭނެ ކަމަށެވެ.

ނަމަވެސް މާލޭގައި  ޓްރާންސިޓްވާން ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ އުސޫލުގެ މަތިން އެ މިނިސްޓްރީން ކަނޑައަޅާ ގެސްޓްހައުސްތަކުގައި ތިބޭ ތިބުން އިސްތިސްނާ ވާނެ ކަމަށްއެޗްޕީއޭންބުނެއެވެ.

އިންޑިއާގައި ކޮވިޑް ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް އިންޑިއާއިންނާއި އަދި ޕާކިސްތާނުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނާތީ އެކަމާ ހިތްހަމަނުޖެހި ސަރުކާރަށް ކުރިމަތި ކުރުވި ޕްރެޝަރާ ގުޅިގެން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެއިން ވިސާ ދޫކުރުން މެދުކަނޑާލީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ލުއިދީ އަންނަ ބުރާސްފަތި ދުވަހުން ފެށީގެން އަލުން ވިސާ ދޫކުރާނެ ކަން ސަރުކާރުން އިއުލާންކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް