އެސްޑީއެފްސީގެ އޮފީސް ފަޅާލައިފި

Loading

Facebook
Twitter
WhatsApp

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް މި ސަރުކާރުން އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން  (އެސްޑީއެފްސީ)ގެ އޮފީސް ފަޅާލައިފި އެވެ.

ފުލުހުންބުނީ އެސްޑީއެފްސީގެ އޮފީސް ފަޅާލައި ވައްކަންކޮށްފައިވާ މައްސަލައެއް މިއަދު ހެނދުނު 8:56 އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށާ، އެކަމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާކަމަށެވެ.

މ. ކަނީރުވިލާގެ ދެވަނަ ފްލޯގައި ހިންގަމުން ގެންދާ އެސްޑީއެފްސީގެ އޮފީސް ތެރޭގައި ފުލުހުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

މި މައްސަލައާގުޅިގެން އިތުރު ތަފްސީލެއް ފުލުން ނެދެއްވައެވެ. އެސްޑީއެފްސީން ވެސް މި ކަމަކާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އަދި ނުދެއެވެ.
އެސްޑީއެފްސީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކޮށް ދިނުމަށް ލޯން ދޫކުރުމަށް މި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް