ހިންދޫންގެ ދީނީ އެއްވުމެއް ބޭއްވުމުން އިންޑިއާގައި ކޮވިޑް ފެތުރުން އިތުރުވެދާނެ ކަމުގެ ބިރު
ކޮވިޑް-19ގެ ތިންވަނަ ރާޅެއް އަތުވެދާނެކަމުގެ ބިރުވެރިކަން އިންޑިޔާގައި ފެތުރިފައިވަނިކޮށް އެ ގައުމުގެ ސަރުކާރުން ހިންދޫންގެ ދީނީ ރަސްމިއްޔާތެއް ބޭއްވުމުގެ ހުއްދަ ދީފިއެވެ. ކެންވަރް ޔާތުރާ ނަމަކަށް ކިޔާ މި ރަސްމިއްޔާތަކީ ހިންދޫންގެ ގިނަ ބަޔަކު އެއްވެގެން އަޅުކަން ކުރުމަށް ބާއްވާ ރަސްމިއްޔާތެކެވެ. މިކަމާ ގުޅިގެން އިންޑިޔާގެ ހައިކޯޓުން ވަނީ ސަރުކާރުން މިކަމަށް ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ބުނެފައެވެ. އިންޑިޔާގެ އެންމެ ކާރުބާރުބޮޑު އެއް ސްޓޭޓް ކަމުގައިވާ އުއްތަރްޕްރަދޭޝްއިން ވަނީ މިދިޔަ އަންގާރަ ދުވަހު ހިންދޫން އެ ރަސްމިއްޔާތު […]
ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި
އެސްޓީއޯއިން ރާއްޖޭގައި ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި އެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާކުރިކުރާ ކުންފުނި އެސްޓީއޯއިން ބުނީ އަގަށް ބަދަލުގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެންކަމަށެވެ. އެސްޓީއޯ އިން ބުނީ މި ފަހަރު ތެލުގެ އަގު ބޮޑު ކުރުމާއެކު އެ ކުންފުނިން ރާއްޖޭގެ އެކި ހިސާބުތަކަށް ތެޔޮ ފޯރުކޮށްދޭ ސަބްސިޑަރީ ކުންފުނި ފިއުލް ސަލްޕައި މޯލްޑިވްސް އިން ވެސް ތެލުގެ އަގަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. […]
އަމްރު ގޯއްޗެއް ބައްލަވައިގަތް ގޮތް ތަފްސީލުކޮށްދެއްވައިފި
ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު މުހައްމަދު ރަޝާދު މާލެއިން ގޯއްޗެއް ބައްލަވައިގަތް ގޮތް ތަފްސީލް ކޮށްދެއްވައިފިއެވެ. މާލޭގެ ގ. ވައިލެޓް އަބީރު، އަމްރު ވަނީ 8.4 މިލިއަން ރުފިޔާ އަށް ގަނެފައެވެ. މި ގޯތި ގަތުމާއި ގުޅިގެން ގިނަ ފަރާތްތަކުން އެކަމާ ގުޅިގެން އެކިކަހަލަ ތުހުމަތުތައް ކުރަމުން ދާތީ އެއަށް ރައްދު ދެއްވައި އަމްރު ވަނީ އޮންލައިން އެކަމާ ގުޅިގެން ޓްވީޓް ކުރައްވާފައެވެ. އޭނާ ވިދާޅުވީ ގެ ގަތުމުގެ […]
ޝަރުތު ހަމަނުވާ ކަމަށް ބުނެ، އަބްދުﷲ ކަމާލިއްދީން އަށް ޕާޓީ އުފައްދަން ހުއްދަ ނުދިން
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި އަދި ރައީސް ޔާމިންގެ ސަރުކާރާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އަބްދުﷲ ކަމާލުއްދީން (އޭކޭ) އިސްވެ ހުންނަވައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ފޯމު ބާތިލުކޮށްފިއެވެ. އިލެކްޝަން ކޮމިޝަނުން ބުނީ އަބްދުﷲ ކަމާލުއްދީން ޕާޓީއެއް އުފައްދަން ހުށަހަޅާފައި ވަނިކޮށް އެ ފޯމް ބާތިލް ކުރީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ ކަމަށެވެ. އިލެކްޝަން […]
ޝެއިހް ޖައުފަރު ފާއިޒު އަވަހާރަވެއްޖެ
މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިހް ޖައުފަރު ފާއިޒު އަވަހާރަވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި އާލާސްކަންފުޅާ އުޅުއްވާތީ ޝެއިހް ޖައުފަރު ހޮސްޕިޓަލްގައި އެޑްކޮށްގެން ފަރުވާދެމުން އަންނަތާ މަހަކާ ގާތްވެއްޖެ އެވެ. އައްޑޫ ސިޓީ މީދުއަށް ނިސްބަތްވާ ޝެއިހް ޖައުފަރު އަވަހާރަވި އިރު އުމުރުފުޅަކީ 65 އަހަރުފުޅެވެ. ޝެއިހްގެ ޖަނާޒާ މިއަދު މެންދުރުނަމާދަށްފަހު މަސްޖިދުއް ފުރުގާންގައި އޮންނާނެއެވެ. ޝެއިހް ޖައުފަރު ކޮވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މީގެކުރިން ފަރުވާދީފައިވެ އެވެ. އޭގެފަހުން ހާލު […]
އަބްﷲ ގާޒީގެ ސުލޫކީ މައްސަލަ ސާބިތެއްނުވި
ފެމިލީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އާއި ބެހޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް އެ ކޮމިޝަނުން ނިންމައިފިއެވެ. ގާޒީ އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައި މައްސަލަ ބަލަން ފަށާފައިވަނީ ފެބުރުއަރީ މަހުގެ ތެރޭގައެވެ. ޖޭއެސްސީ އަށް ހުށަހަޅާފައިވާ އަބްދުﷲ ގާޒީގެ މައްސަލަ، އެ ކޮމިޝަނުގެ 53 ވަނަ ބައްދަލުވުމުގައި ނިންމުމަށް ފަހު ބުނެފައި ވަނީ އެ މައްސަލަ […]
”އަތޮޅު ދުވުން 2021“ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އުރީދޫ މޯލްޑިވްސް އިން ”އަތޮޅު ދުވުން 2021“ ގެ ނަމުގައި ބާއްވާ ދުވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މި އަހަރުގެ އުރީދޫ މޯލްޑިވްސްގެ 16 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހާއްސަ ހަރަކާތް ތަކުގެ ތެރޭގައި ބާއްވަން ހަމަޖައްސާފައިވާ ހާއްސަ ހަރަކާތެއްކަމަށްއުރީދޫން އިން ބުނެއެވެ. މި ދުވުމުގައި ފަސް ކިލޯމީޓަރުގެ އިތުރުން އަލަށް ތައާރަފް ކުރެވުނު 10 ކިލޯމީޓަރުގެ ކެޓެގަރީ އަށް ރަޖިސްޓާވުމުގެ ފުރުސަތު ވެސް ވަނީ މިހާރު […]
ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަންފަށައިފި
ހިޔާ މަޝްރޫގެ ދަށުން ހުޅުމާލޭ ހުޅުމާލޭ ދެވެނަ ފިޔަވަހީގައި އިމާރަތްކޮށްފައިވާ ފްލެޓްތައް ލިބުނު ފަރާތްކާ އެކު އެގްރިމެންޓުގައި ސޮއި ކުރަން ފަށައިފި އެވެ. ހިޔާ ފްލެޓްގެ އެއްބަސްވުމުގައި މިއަދު ހެނދުނު ސޮއިކުރަން ފަށާފައިވާއިރު 118 ފަރާތަކަށް މިއަދު ހިޔާ ފްލެޓްތައް ހަވާލުކުރެވޭނެކަމަށް އެޗްޑީސީން ބުނެއެވެ. މިއަދު ސޮއި ކުރަނީ ހިޔާ ޓަވަރު H9 އިން ފްލެޓް ލިބިފައިވާ 118 ފަރާތަކުންނެވެ. ސޮއި ކުރަން މިއަދަށް ތާވަލު ކޮށްފައި ވަނީ އެއްބަސްވުން ތައްޔާރު ކުރަން މައުލޫމާތު […]
ހަރުކަށި ފިކުރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަށް މީހެއްގެ ބަންދު ދަމަހައްޓައިފި
ތ.އަތޮޅު ތިމަރަފުށިން ހަރުކަށި ފިކުރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަށް މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ދަމަހައްޓައިފިއެވެ. މި މީހުންނަކީ ފުލުހުން އެރަށުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންނެވެ. ފުލުހުން ބުނީމި އޮޕަރޭޝަން ހިންގީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ހުރާސަން ޕްރޮވިންސްގެ ފަރާތުން އަމީރެއްގެ ގޮތުގައި ތ. ތިމަރަފުށި / ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް އައްޔަންކޮށްފައިވާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އަދި މީގެ އިތުރުން […]
ދިރާގުން ސިއްހީދާއިރާއަށް ޓެބްލެޓް ހަދިޔާ ކޮށްފި
ދިރާގާއި ސެމްސަންގް ގުޅިގެން ރާއްޖޭގެ ސިއްހީދާއިރާއަށް ޓެބްލެޓް ހަދިޔާ ކޮށްފި އެވެ. ދިރާގުން ބުނީ މިއީ ރާއްޖޭގެ ސިއްހީ ނިޒާމް ޑިޖިޓަލް ކުރުމަށް ކުރާ މަސައްކަތަށް އެހީތެރިވެ ފަސޭހަކަމާއެކު މަސައްކަތްކުރުމުގެ މާހައުލެއް ގާއިމުކުރުމަށް އެހީތެރިވުމުގެ ގޮތުން ހަދިޔާ ކުރި ޓެބްލެޓްތަކެއް ކަމަށެވެ. އަދި ކޮވިޑް-19 ބަލިމަޑުކަމުގައި ސިއްހީ ދާއިރާގައި ކުރަންޖެހޭ މަސައްކަތްތަކަށް މި ޓެބްލެޓްތަކުގެ ސަބަބުން ލުޔެއް ލިބި ދިނުމަކީވެސްއެއްމަގުސަދުކަމަށެވެ. މި ޓެބްލެޓްތަކުގެ ސަބަބުން ވެކްސިން ޕްރޮގްރާމަށް ގިނަ ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް […]